20 މާޗް 2017
މިއުނިކް (މާޗް 20) - ފޯވާޑް ތޯމަސް މުލާ ޖަރުމަން ލީގުގައި މި އަހަރު ޖެހި ފުރަތަމަ ލަނޑާ އެކު ބޮރޫޝިއާ މޮންޗެންގްލަޑްބެކް އަތުން 1-0 އިން ބަޔާން މިއުނިކް ރޭ މޮޅުވެއްޖެ އެވެ.
މިއުނިކް (މާޗް 20) - ފޯވާޑް ތޯމަސް މުލާ ޖަރުމަން ލީގުގައި މި އަހަރު ޖެހި ފުރަތަމަ ލަނޑާ އެކު ބޮރޫޝިއާ މޮންޗެންގްލަޑްބެކް އަތުން 1-0 އިން ބަޔާން މިއުނިކް ރޭ މޮޅުވެއްޖެ އެވެ.
މި މޮޅާ އެކު ބަޔާން ވަނީ ލީގު އެއް ވަނައިގައި އަލުން 13 ޕޮއިންޓުގެ ލީޑު ނަގައިފަ އެވެ. ބަޔާން އެއް ވަނައިގައި އޮތީ 25 މެޗުން 62 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާރްބީ ލިޕްޒިގަށް ލިބިފައިވަނީ 25 މެޗުން 49 ޕޮއިންޓެވެ.
މުލާ ވަނީ މިދިޔަ ސީޒަނު ލީގުގައި 20 ލަނޑު ޖަހައިފަ އެވެ. އެހެން ނަމަވެސް މި ސީޒަނުގައި އޭނާގެ ފޯމު ވަނީ ދަށްވެފަ އެވެ. ރޭގެ މެޗުގައި ލަނޑު ޖެހުމުގެ ކުރިން އެންމެ ފަހުން މުލާ ލީގު މެޗެއްގައި ލަނޑު ޖެހީ މިިދިޔަ ޑިސެމްބަރު މަހުގަ އެވެ.
ރިޕޯޓްތައް ބުނާގޮތުން މުލާ ހޯދުމަށް އިނގިރޭސި ބައެއް ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ރޭގެ މެޗަށް ފަހު މުލާ ބުނީ ބަޔާން ނޫން ޓީމަކާ މެދު ނުވިސްނާ ކަމަށެވެ.
"އަހަރެންގެ ފޯމު ދަށްވުމަކީ އަހަރެން މި ކްލަބް ދޫކޮށްލަން ޖެހޭ ސަބަބެއް ނޫން. އެއީ މި ޓީމުގައި ތިބި ގިނަ މީހުންނަށް އަހަރެންގެ ފެންވަރު އެނގޭ. އެކަމަކު ކޮންމެ ކުޅުންތެރިއަކަށް ވެސް ފޯމުގެ މައްސަލަ ދިމާވާނެ. އަހަރެން މިހާރު މަސައްކަތް ކުރަނީ ކުރީގެ މޮޅު ކުޅުން ތަކުރާރު ކުރަން،" މުލާ ބުންޏެވެ.
ބަޔާންގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ލީގުގެ އުނދަގޫ މެޗުތަކުން މޮޅުވުމަކީ ދެން ހުރި މެޗުތަކަށް ލިބިގެންދާ ފަސޭހަތަކެއް ކަމަށެވެ.
"އަހަރެމެންނަށް އެނގޭ މޮންޗެންގްލަޑްބެކް ދަނޑުގައި މޮޅުވާން ފަސޭހަ ނުވާނެކަން. މި ހޯދުނީ ބޮޑު މޮޅެއް. މިއީ ކުރިއަށް ހުރި އެހެން މެޗުތަކަށް ލިބިގެންދިޔަ ފަސޭހައެއް،" އަންޗެލޮޓީ ބުންޏެވެ.
އޭނާ ބުނީ ޗެމްޕިއަންސް ލީގަށް ސަމާލުކަން ދިނުމުގެ ގޮތުން ލީގުގެ މެޗުތަކުގައި ފަރުވާ ކުޑަކޮށްލައިގެން ނުވާނެކަން ކުޅުންތެރިންނަށް އަބަދުވެސް ވިސްނައިދޭ ކަމަށެވެ.
މުލާގެ އަތުން ވަން ގޯލުން ބެޔާން އެއްވަރު ވެއްޖެ
ނިއު ނޯމަލްގައި ކުޅުން ވަރަށް އުނދަގޫ: މުލާ
ކޮމްޕެނީ އާއެކު ލީގުގައި ބެޔާނުގެ ފުރަތަމަ ބަލި
ބެޔާނުގެ ކޯޗަކަން ކޮމްޕެނީ އަށް ދެނީ
ބެޔާންގެ ވަޒީފާ ޒިދާނަށް ހުށަހަޅައިފި
ލީގު ހޯދަން ލެވަކޫސަނަށް ބޭނުން ވަނީ އެންމެ މޮޅެއް
މިހާރު އުންމީދެއް ނެތް، މަރުހަބާ ލެވަކޫސަން: ޓުޗެލް
ވާދަވެރިންނަށްވުރެ ލެވަކޫސަން 10 ޕޮއިންޓް ކުރިއަށް!
ކޭން ލަނޑެއް ޖެހި، އެކަމަކު ބެޔާން އަނެއްކާވެސް ބަލި
ބެޔާނުގައި ކޭން ހުރީ އުފަލަކުން ނޫން: ޓުޗެލް