Roadha Mihaaru

އިންޑިގޯ އިން އެއާބަސް އޭ350 ވައިޑްބޮޑީ 30 ބޯޓަށް އޯޑަރު ދީފި

އިންޑިއާގެ އިންޑިގޯ އެއާލައިނުން އެއާބަސް އޭ350-900 މަރުކާގެ 30 މަތިންދާބޯޓު ހޯދަން ކޮންޓްރެކްޓް ފައިނަލްކޮށް، ޔޫރަޕްގެ އެއާބަސްގެ ވައިޑްބޮޑީ މަތިންދާބޯޓުތަކުގެ ޖުމްލަ އޯޑަރު 60 އަށް އިއްޔެ އިތުރުކޮށްފި އެވެ.

އިންޑިގޯއަށް އޭ350 ވައިޑްބޮޑީ 30 ބޯޓު ހޯދަނީ

އިންޑިއާގެ އިންޑިގޯ އެއާލައިނުން އެއާބަސް އޭ350-900 މަރުކާގެ 30 މަތިންދާބޯޓު ހޯދަން ކޮންޓްރެކްޓް ފައިނަލްކޮށް، ޔޫރަޕްގެ އެއާބަސްގެ ވައިޑްބޮޑީ މަތިންދާބޯޓުތަކުގެ ޖުމްލަ އޯޑަރު 60 އަށް އިއްޔެ އިތުރުކޮށްފި އެވެ.

"އެއާބަސް އޭ350-900 މަރުކާގެ 30 ބޯޓަށް އޯޑަރު އެބަ ދެން،" އިންޑިގޯގެ ސީއީއޯ ޕިއޭޓާ އެލްބާސް ވިދާޅުވި އެވެ.

އިންޑިގޯއިން މި އޯޑަރު ދީފައި ވާއިރު 2006 ވަނަ އަހަރު އުފެއްދި އެ ކުންފުންޏަކީ މިހާރުވެސް ސިވިލް އޭވިއޭޝަންގެ ތާރީހުގައި ވެސް ވޮލިއުމްގެ ގޮތުން އެންމެ ބޮޑު ކޮންޓްރެކްޓް ހަދާފައިވާ ކުންފުންޏެވެ. އެއީ 2023 ވަނަ އަހަރު، ސިންގަލް އައިލް 500 އެއާބަސް އަށް ދިން އޯޑަރެވެ.

މާކެޓުގެ އެންމެ ބޮޑު ހިއްސާ އޮންނަ އިންޑިއާގެ އަގުހެޔޮ މި އެއާލައިން އަންނަނީ ދިގު ދަތުރުތަކުގެ މާކެޓުގައި ބާރު ގަދަކުރަމުންނެވެ.

"މި ސްޓްރެޓެޖިކް ފިޔަވަޅާ އެކު އިންޑިގޯގެ ފިޔަގަނޑު އިތުރަށް ފަތުރާލައި، ދިގު ރާސްތާގެ ބައިނަލްއަގުވާމީ ނެޓްވޯކް ފުޅާކުރެވޭނެ،" އެ ކުންފުނިން ބުންޏެވެ.

"މިއީ ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރުމަށް އެއާލައިނުން ގެންގުޅޭ ދުރުރާސްތާ ސްޓްރެޓެޖީގައި އެޅި އިތުރު އެޅުނު އިތުރު ފިޔަވަޅެއް."

އޭ350 މަރުކާގެ މަތިންދާބޯޓަކީ 15،000 ކިލޯމީޓަރު (9،300 މޭލު) ގެ ދުރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދަކަށް ވާތީ މި ބޯޓުތަކުގެ ސަބަބުން އެ ކުންފުނީގެ ނެޓްވޯކް އިތުރަށް ވަރުގަދަކުރަން މަގުފަހިވެގެންދާނެ އެވެ.

އެއާބަސްގެ އެންމެ ކާމިޔާބު މޮޑެލް ކަމަށްވާ އޭ320 އާއިލާގެ ގާތްގަނޑަކަށް 1،000 މަތިންދާބޯޓަށް އިންޑިގޯ އިން އޯޑަރުކޮށްފައިވާއިރު، މިއީ ސަލާމަތީ ގިނަ ކަންބޮޑުވުންތަކަކަށް ފަހު ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ބޮއިންގް 737 މެކްސް އާ ވާދަކުރާ މޮޑެލްއެކެވެ.

ފާއިތުވި ދިހަ ވަރަކަށް އަހަރުގެ ތެރޭގައި އިންޑިއާއިން ވަނީ އެއާޕޯޓުގެ އަދަދު 78 އިން 157 އަށް އިތުރުކޮށް، 2047 ވަނަ އަހަރުގެ ނިޔަލަށް އެ އަދަދު 400 އަށް އިތުރު ކުރުމަށް އަމާޒު ހިފައިފަ އެވެ. -- އޭއެފްޕީ