ހަމާސް އިން ޣައްޒާއަށް ކަނޑައަޅާފައިވާ ލީޑަރު ކަމަށް ބެލެވޭ، އެ ޖަމާއަތުގެ ކުރީގެ ލީޑަރު ޔަހްޔާ ސިންވާރުގެ ކޮއްކޮ މުހައްމަދު ސިންވާރު ވެސް އަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ބުނެފި އެވެ.
ހަމާސް އިން ޣައްޒާއަށް ކަނޑައަޅާފައިވާ ލީޑަރު ކަމަށް ބެލެވޭ، އެ ޖަމާއަތުގެ ކުރީގެ ލީޑަރު ޔަހްޔާ ސިންވާރުގެ ކޮއްކޮ މުހައްމަދު ސިންވާރު ވެސް އަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ބުނެފި އެވެ.
"އަހަރެމެން މުހައްމަދު ސިންވާރު މަރާލައިފިން،" ގާނޫނު ހަދާ މަޖިލިސް، ނެސެޓްގައި ވާހަކަ ދައްކަމުން ނަތަންޔާހޫ ބުންޏެވެ.
ނަތަންޔާހޫ މިކަން އިއުލާނުކުރުމުގެ މާ ކުރިން ވެސް މުހައްމަދު ސިންވާރު އަވަހާރަކޮށްލި ކަމުގެ ރިޕޯޓްއް ފެތުރިފައިވެ އެވެ.
އިޒްރޭލުގެ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ސިންވާރު އަވަހާރަކޮށްލީ މި މަހުގެ ކުރީކޮޅު އިޒްރޭލުން ޣައްޒާގެ ދެކުނުގައި ދިން ހަމަލާތަކެއްގަ އެވެ.
އިޒްރޭލުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސިންވާރު އަބަދު އުޅެމުން ދިޔައީ ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން ތިބޭ ތަންތަނުގަ އެވެ. އަދި އޭނާއަށް ހަމަލާދިނީ ރަހީނުން ނެތި ހަމާސްގެ ކޮމާންޑަރުންގެ ބަޔަކާ ބައްދަލުކުރެއްވި ވަގުތެއްގަ އެވެ.
އިޒްރޭލުގެ ޗެނަލް 12 އިން ބުނެފައިވާ ގޮތުގައި ސިންވާރަށް ހަމަލާ ދިނީ ޚާން ޔޫނިސްގެ ޓަނަލަކަށް މި މަހުގެ 13 ވަނަ ދުވަހު ދިން ވަރަށް ވަރުގަދަ ހަމަލާއެއްގަ އެވެ. އެ ޗެނަލުން ބުނި ގޮތުގައި އިޒްރޭލުގެ އިންޓެލިޖެންސުން މުހައްމަދު ސިންވާރަށް ފާރަލަމުން ގެންދާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެކަމަކު ސިންވާރަށް ހަމަލާ ނުދެވެނީ އޭނާ އަބަދުވެސް އުޅެނީ ރަހީނުން ބަންދުކޮށްގެން ގެންގުޅޭ ތަންތަނުގައި ކަމަށް ވާތީ ކަމަށް އެ ޗެނަލުން ބުންޏެވެ.
އެ ރިޕޯޓްގައި ބުނީ މުހައްމަދު ސިންވާރު، އިޒްރޭލުން އޭނާގެ ބޭބެ ޔަހްޔާ ސިންވާރު އަވަހާރަކޮށްލި ފަހުން ސަލާމަތީ ކަންކަމަށް ވަރަށް ބޮޑަށް ބަލާ ކަމަށެވެ.
ނަމަވެސް ކޮންމެވެސް ސަބަބުތަކާ ހުރެ ސިންވާރު މި މަހުގެ 13 ވަނަ ދުވަހު ހަމާސްގެ އަސްކަރީ ގޮފީގެ ރަފަހް ބްރިގޭޑްގެ ކޮމާންޑަރު މުހައްމަދު ޝަބާނާ އާއި އެހެން ސީނިއާ ކޮމާންޑަރުންނާ ބައްދަލުކުރެއްވީ ރަހީނުން ނެތި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. މިއީ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމާއި ރަހީނުން މިނިވަންކުރުމުގެ މަޝްވަރާއާ ގުޅޭ ބައްދަލުވުމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.
އިޒްރޭލުން ހަމަލާ ދިނީ މި ދަނޑިވަޅު ބަލާފައި ކަމަށް މީޑިއާގައި ވަނީ ރިޕޯޓްކޮށްފަ އެވެ.
"އޮޕަރޭޝަން ނިންމަން" ޣައްޒާއަށް ވަދެގަންނަނީ
އިޒްރޭލުގެ ރަހީނުން މިނިވަންކުރަން އާ އެއްބަސްވުމެއް
އިޒްރޭލުން ފަލަސްތީނުގެ ގައިދީން މިނިވަނެއް ނުކުރި
އަލުން ހަމަލާތައް ފަށާނެކަމުގެ އިންޒާރު ނަތަންޔާހޫ ދީފި
އިޒްރޭލުން ލުބްނާނަށް ހަމަލާ ދިނުން ހުއްޓާލައިފި
ނަތަންޔާހޫ ހައްޔަރުކުރަން އައިސީސީން އަމުރު ނެރެފި
ނަތަންޔާހޫ ޑިފެންސް މިނިސްޓަރު މަގާމުން ވަކިކޮށްފި
ސިންވާރު އޮންނެވީ އިޒްރޭލުން ބުނާހެން ބިންގަރާހަކު ނޫން
ހަމާސްގެ އާ ލީޑަރު ސިންވާރު އަވަހާރަކޮށްލައިފި
ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާ ލަސްކުރަނީ ނަތަންޔާހޫ