ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ މިހާރުވެސް މަޝްވަރާކުރިއަށް ދިޔަ ކަމުގައި ވިޔަސް ހުރިހާ ބާރަކާ އެކު ޣައްޒައަށް ވަންނަން ސިފައިން ތައްޔާރުވަމުންދާ ކަމަށާއި މިއީ "އޮޕަރޭޝަން ނިންމަން" ވަންނަ ވަނުމެއް ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.
ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ މިހާރުވެސް މަޝްވަރާކުރިއަށް ދިޔަ ކަމުގައި ވިޔަސް ހުރިހާ ބާރަކާ އެކު ޣައްޒައަށް ވަންނަން ސިފައިން ތައްޔާރުވަމުންދާ ކަމަށާއި މިއީ "އޮޕަރޭޝަން ނިންމަން" ވަންނަ ވަނުމެއް ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.
"ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭ، އޮޕަރޭޝަން ނިންމަން ހުރިހާ ބާރަކާ އެކު ޣައްޒާއަށް ވަންނާނަން،" ނަތަންޔާހޫއާ ހަވާލާދީ އޭނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
"[އޮޕަރޭޝަން] ފުރިހަމަކުރުމުގެ މާނަ އަކީ ހަމާސް ބަލިކުރުން. އޭގެ މާނަ އަކީ ހަމާސްގެ ދުވަސް ދުއްވާލުން،" ނަތަންޔާހޫ ބުނެފައިވެ އެވެ.
"ހަނގުރާމަ ހުއްޓާލާނެ އެއްވެސް ހާލަތެއް ނާންނާނެ. ވަގުތީ ގޮތުން މެދުކަނޑާލުމެއް އަތުވެދާނެ. އެކަމަކު ހުރިހާ ކަމެއް ވެސް ކުރާނަން."
ނަތަންޔާހޫ މިހެން ބުނެފައި މި ވަނީ ޣައްޒާގައި ހަމާސް އިން ރަހީނުކޮށްފައިވާ ހުރި، އެމެރިކާގެ ރަށްވެހިކަން އޮންނަ އިޒްރޭލު ސިފައިންގެ މީހަކު މިނިވަންކުރުމާ ދިމާކޮށެވެ. އުމުރުން 21 އަހަރުގެ އެ މީހާ އަކީ ހަމާސް އިން އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ދިން ހަމަލާގައި ރަހީނުކުރި މީހުންގެ ތެރެއިން އެމެރިކާގެ ރަށްވެހިކަން އޮތް މީހުންގެ ތެރެއިން މިހާރު ހުރި ހަމައެކަނި މީހާ އެވެ.
މި މީހާ މިނިވަންކުރީ އެމެރިކާ އާއި ހަމާސް އިން ކުރި މަޝްވަރާތަކެއްގެ ތެރެއިން ކަމަށް ވިޔަސް ނަތަންޔާހޫ ވަނީ މިއީ އިޒްރޭލުގެ އަސްކަރީ ޕްރެޝަރުގެ ސަބަބުން މިނިވަންވި މީހެއް ކަމަށް ބުނެ އެކަމުގެ ކްރެޑިޓް ނަގަން ވާހަކަ ދައްކައިފަ އެވެ. ނަމަވެސް ހަމާސް އިން ވަނީ ނަތަންޔާހޫގެ ވާހަކައަށް ރައްދު ދީފަ އެވެ.
"އީޑަން އެލެގްޒެންޑާ މިނިވަންވުމަކީ، އެމެރިކާގެ ސަރުކާރާއި މެދުވެރިއެއްގެ ދައުރު އަދާކުރާ ގައުމުތަކާ އެކު ބޭއްވި ސީރިއަސް މަޝްވަރާތަކުގެ ނަތީޖާ. އެއީ އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ނުވަތަ އަސްކަރީ ޕްރެޝަރުގެ ނަތީޖާއެއް ނޫން،" ހަމާސް އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ހަމާސް އިން އިޒްރޭލަށް އޮކްޓޫބަރު 7، 2023 ގައި ހަމަލާ ދިނުމާ އެކު އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށީ ހަމާސް ނައްތާލަން ކަމަށް ބުނެ އެވެ. އެކަމަކު މިހާތަނަށް ޣައްޒާއިން ގާތްގަނޑަކަށް 53،000 މީހުން ޝަހީދުވެފައި ވާއިރު އޭގެ ތެރޭގައި ގިނައީ އާންމުންނެވެ. އޭގެ ތެރޭގައި ވެސް ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
އިޒްރޭލުން 15 މަސް ދުވަސް ފަހުން މިދިޔަ ޖެނުއަރީ މަހު ހަމަލާތައް މެދުކަނޑާލި އެވެ. ހަމާސް ޖަމާއަތާ އެކު ވީ އެއްބަސްވުމެއްގެ ދަށުން ހަމަލާތައް މެދުކަނޑާލުމަށް ފަހު މާޗް މަހުގެ 18 ވަނަ ދުވަހު އަލުން ހަމަލާތައް ފަށައި އެ މުއްދަތުގައި ވެސް ވަނީ 2،749 މީހަކު ޝަހީދުކޮށްލައިފަ އެވެ.
އިޒްރޭލުގެ ރަހީނުން މިނިވަންކުރަން އާ އެއްބަސްވުމެއް
އިޒްރޭލުން ފަލަސްތީނުގެ ގައިދީން މިނިވަނެއް ނުކުރި
އަލުން ހަމަލާތައް ފަށާނެކަމުގެ އިންޒާރު ނަތަންޔާހޫ ދީފި
ނަތަންޔާހޫ ޑިފެންސް މިނިސްޓަރު މަގާމުން ވަކިކޮށްފި
ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާ ލަސްކުރަނީ ނަތަންޔާހޫ
އެއްބަސްވުމަށް ހުރަހަކީ ނަތަންޔާހޫ: ހަމާސް
ޣައްޒާ މަޝްވަރާތަކަށް ހުރަސްއަޅަނީ ނަތަންޔާހޫ: ހަމާސް
ކޯޓުން އަމުރު ނެރުނަސް ޣައްޒާގައި ހަމަލާތައް ކުރިއަށް
ހަމާސްގެ ޝަރުތަށް ނަތަންޔާހޫ ދެކޮޅުހަދައިފި
ނަތަންޔާހޫ އެ އަޅަނީ އަލިފާނަށް އިތުރު ދަރު