30 ޖުލައި 2024
ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނެސް އިޒްރޭލުގެ ރަހީނުން މިނިވަންކުރުމުގެ މަޝްވަރާތަކަށް އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ އާ ޝަރުތުތައް ހުށަހަޅައި އެކަން ލަސްކުރަމުން ގެންދާ ކަމަށް ހަމާސް ޖަމާއަތުން ބުނެފި އެވެ.
ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނެސް އިޒްރޭލުގެ ރަހީނުން މިނިވަންކުރުމުގެ މަޝްވަރާތަކަށް އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ އާ ޝަރުތުތައް ހުށަހަޅައި އެކަން ލަސްކުރަމުން ގެންދާ ކަމަށް ހަމާސް ޖަމާއަތުން ބުނެފި އެވެ.
ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނީ ކުރިން ހުށަހެޅި ކަންކަން އަނބުރާ ގެންގޮސް ނަތަންޔާހޫގެ ފަރާތުން އާ ކަންކަން ކުރިމަތިކޮށްފައިވާ ކަމަށެވެ.
ހަމާސް އިން މިހެން ބުނީ ހަމާސް އާއި އިޒްރޭލާ ދެމެދު މެދުވެރިންގެ ދައުރު އަދާކުރާ މިސްރާއި ގަތަރާއި އެމެރިކާގެ އޮފިޝަލުން އިޓަލީގެ ވެރިރަށް ރޯމްގައި ބައްދަލުކުރައްވައި، ހަމަލާތައް ހުއްޓުމަކަށް ގެނައުމުގެ މަސައްކަތުގެ އާ މަޝްވަރާތަކެއް ފެށުމާ އެކުގަ އެވެ.
ނުވަ މަސްވީ ހަމަލާތައް ހުއްޓުމަކަށް ގެނައުމާ ބެހޭ ގޮތުން ދައްކަމުންދާ ވާހަކަތަކުން އެއްވެސް ނަތީޖާއެއް ނެރެވިދާނެ ކަމުގެ އިޝާރާތެއް ނެތް އިރު މީގެ ކުރިން ވެސް ހަމާސް އިން ވަނީ މަޝްވަރާތަކަށް ހުރަސްއެޅޭ ގޮތަށް އިޒްރޭލުން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.
"ރޯމްގައި ބޭއްވި ބައްދަލުވުމުގައި، ހަމަލާތައް ހުއްޓާލުމަށާއި އަސީރުން ބަދަލުކުރުމުގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާގެ މެދުވެރިން ދެއްކި ވާހަކަތައް ހަމާސް ޖަމާއަތުން ވާނީ އަހާފައި،" ހަމާސްގެ ބަޔާނުގައި ބުންޏެވެ.
"ނަތަންޔާހޫ ވަނީ އާ ޝަރުތުތައް ކޮށްގެން، އެއްބަސްވުމަކަށް އައުން ލަސްކުރުމާއި އެކަމަށް ހުރަސް އެޅުމުގެ ސިޔާސަތަށް އަނެއްކާވެސް އެނބުރި ގޮސްފައިކަން މެދުވެރިންގެ ވާހަކަތަކުން އެނގޭ."
އެ ޖަމާއަތުން ބުނި ގޮތުގައި މެދުވެރިންގެ ފަރާތުން ކުރިން ލިބުނު ހުށަހެޅުން މިހާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތް ވަނަ ދުވަހު އިޒްރޭލަށް ހަމާސް އިން ހަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލައި 250 އަށް ވުރެ ގިނަ މީހުން ރަހީނުކުރުމާ އެކު އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން ވަނީ 39،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. -- އޭއެފްޕީ
ނަތަންޔާހޫ ޑިފެންސް މިނިސްޓަރު މަގާމުން ވަކިކޮށްފި
އެއްބަސްވުމަށް ހުރަހަކީ ނަތަންޔާހޫ: ހަމާސް
ޣައްޒާ މަޝްވަރާތަކަށް ހުރަސްއަޅަނީ ނަތަންޔާހޫ: ހަމާސް
ކޯޓުން އަމުރު ނެރުނަސް ޣައްޒާގައި ހަމަލާތައް ކުރިއަށް
ހަމާސްގެ ޝަރުތަށް ނަތަންޔާހޫ ދެކޮޅުހަދައިފި
ނަތަންޔާހޫ އެ އަޅަނީ އަލިފާނަށް އިތުރު ދަރު
ހުޅަނގު އައްސޭރީގައި ވެސް ހަނގުރާމަ ފަށަން ޖެހިދާނެ
ރަހީނުން މިނިވަންކުރީ ހަމާސް އިން، އިޒްރޭލަކުން ނޫން
ސުލްހައިގެ މަޝްވަރާތަކުން އިޒްރޭލު ވަކިވެއްޖެ
ފަލަސްތީނުގެ އަސީރުން މެރުމުގެ ގާނޫނެއް ހަދަނީ