ފުޓްބޯޅަ އަށް ލޯބިކުރާ ގިނަ ބަޔަކު މިހާރު އެންމެ ބޮޑަށް އިންތިޒާރުކުރަނީ އަންނަ ހޮނިހިރު ދުވަހުގެ ރެޔަށެވެ. ޔޫރަޕުގެ އެންމެ ޝަރަފްވެރި ކްލަބް މުބާރާތް ކަމަށްވާ، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އެރޭ އިޓަލީގެ އިންޓަ މިލާނާއި، ފްރާންސުގެ ޕީއެސްޖީ ބައްދަލުކުރާ މެޗަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓޭނެ އެވެ. އެ މެޗު ބަލަން ޖަރުމަނުގެ މިއުނިކުގައި ހުންނަ އެލިއަންޒް އެރީނާ ސްޓޭޑިއަމަށް ވަނުމުގެ ފުރުސަތު ލިބޭނީ ޔަގީނުން ވެސް ވަރަށް ނަސީބު ހުރެގެންނެވެ.
ފުޓްބޯޅަ އަށް ލޯބިކުރާ ގިނަ ބަޔަކު މިހާރު އެންމެ ބޮޑަށް އިންތިޒާރުކުރަނީ އަންނަ ހޮނިހިރު ދުވަހުގެ ރެޔަށެވެ. ޔޫރަޕުގެ އެންމެ ޝަރަފްވެރި ކްލަބް މުބާރާތް ކަމަށްވާ، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އެރޭ އިޓަލީގެ އިންޓަ މިލާނާއި، ފްރާންސުގެ ޕީއެސްޖީ ބައްދަލުކުރާ މެޗަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓޭނެ އެވެ. އެ މެޗު ބަލަން ޖަރުމަނުގެ މިއުނިކުގައި ހުންނަ އެލިއަންޒް އެރީނާ ސްޓޭޑިއަމަށް ވަނުމުގެ ފުރުސަތު ލިބޭނީ ޔަގީނުން ވެސް ވަރަށް ނަސީބު ހުރެގެންނެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިވަނީ، އެ ފުރުސަތު އެއަށް ވުރެ މާ ހާއްސަ ގޮތަކަށް ދިވެހި ކުއްޖަކަށް ހޯދައިދީފަ އެވެ. އެއީ ޕްލޭޔާ މެސްކޮޓެއްގެ ގޮތުގައި އެ މެޗުގައި ބައިވެރިވުމުގެ ފުރުސަތެވެ. މެޗު ފެށުމުގެ ކުރިން ދެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނޭ ކުޅުންތެރިން ދަނޑުގައި އެތުރިލައި، ޗެމްޕިއަންސް ލީގުގެ ލެޖެންޑަރީ އެންތެމް އަޑުއަހަމުންދާއިރު، އެތަނުން ކޮންމެވެސް ސުޕަސްޓާރަކާ އެކު ދިވެހި ކުއްޖަކު ހުންނާނެ އެވެ.
އެ ފުރުސަތު ލިބުނީ، ބީއެމްއެލް އިން ކުރިއަށް ގެންދިޔަ ނަސީބު ޕްރޮމޯޝަނުން ހޮވުނު، ސައާދު އިބްރާހީމްގެ ދަރިފުޅު ސުމައްޔާ ސައާދު އިބްރާހީމަށެވެ. ހަޔާތުގައި އެއް ފަހަރު ތަޖުރިބާކޮށްލަން ލިބޭނެ މި ރަނުގެ ފުރުސަތު ލިބުނު ސުމައްޔާ އާއި، އޭނާގެ ބައްޕަ ސައާދު، މިކަމުގައި ބައިވެރިވުމަށް މާދަމާ މިއުނިކަށް ފުރާނެވެ. ދަތުރުގެ ޓިކެޓުގެ އިތުރުން، އެކަމޮޑޭޝަން، އަދި މެޗު ޓިކެޓާއި، ޕޮކެޓްމަނީ އާއި ހާއްސަ ހަދިޔާއެއް ބީއެމްއެލް އިން ސައާދު އާއި ސުމައްޔާ އަށް ދޭނެ އެވެ.
ޕްލޭޔާ މެސްކޮޓުންގެ ތެރޭގައި ހިމެނިގެން ދަނޑަށް އެރުމަކީ، އަމުދުން މިފަދަ ޝަރަފްވެރި މެޗެއްގައި އެ ފުރުސަތު ލިބުމަކީ ދުނިޔޭގެ އެތައް ކުދިންނެއްގެ ހުވަފެނެކެވެ. އެ ފުރުސަތު، މި ކުޑަކުޑަ ރާއްޖޭގެ ކުއްޖަކަށް ލިބުމަކީ، ރާއްޖެ އަށް ވެސް ލިބޭ ޝަރަފެކެވެ.
މި ފުރުސަތު ދޭން ބީއެމްއެލް އިން ކުރިއަށް ގެންދިޔައީ އެ ބޭންކުގެ މާސްޓާކާޑް ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ބޭރުގެ މުއާމަލާތްތައް ކޮށްގެން ބައިވެރިވޭ ޕްރޮމޯޝަނެކެވެ. މާސްޓާކާޑަކީ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެވެ. ބީއެމްއެލްއަކީ ރާއްޖޭގައި މާސްޓާކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެރޭ ރާއްޖެ ގަޑިން މެންދަމު 12 ޖަހާއިރެވެ. އިންޓަ އިން ނުކުންނަނީ އެ ކްލަބުގެ ތާރީހުގައި ހަތަރު ވަނަ ފަހަރަށް މުބާރާތް ކާމިޔާބުކުރާށެވެ. ޕީއެސްޖީގެ އަމާޒަކީ އެ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް މި ތަށި ހޯދުމެވެ.
ލަންކާގެ ފެޝަން ވީކަށް ފޮނުވާ ނަސީބުވެރިޔާ ހޮވައިފި
ޗެމްޕިއަންސް ލީގުގައި ދަނޑަށް އެރުމުގެ ފުރުސަތު ދެނީ
ޗެންޕިއަންސް ލީގުގައި ދަނޑަށް އެރުމުގެ ފުރުސަތު
ޗެމްޕިއަންސް ލީގު ފައިނަލް ބަލަން ދެމީހުންނަށް ފުރުސަތު
އޮގަސްޓުން ފެށިގެން ބަހަށް ކޭޝް ކާޑުން ފައިސާ ދެއްކޭނެ
ބީއެމްއެލުން އާރުޓީއެލްގެ ދަތުރުކާޑު ދޫކުރަނީ
ބީއެމްއެލް އިސްލާމިކުން ވިޔަފާރިތަކަށް ޑެބިޓް ކާޑެއް
ރަޝިއާގައި ބީއެމްއެލް ކާޑުތައް ބޭނުން ނުކުރެވޭނެ
ފެރީ/ބަސް ދަތުރުތަކަށް ކާޑުން ފައިސާ ދެއްކޭގޮތް ހަދަނީ
ބީއެމްއެލް އިން މާސްޓަކާޑާއި އެމްޕޮސް ތައާރަފްކޮށްފި