Roadha Mihaaru

ޗެމްޕިއަންސް ލީގުގައި ދަނޑަށް އެރުމުގެ ފުރުސަތު ހޯދުމުގެ މުއްދަތު ހަމަވަނީ

ޔޫއެފާ ޗެންޕިއަންސް ލީގުގައި ޓީމުތަކާ އެކު މެޗު ފަށަން ދަނޑަށް އަރާ ކުދިންގެ ތެރޭގައި، ދަނޑަށް އެރުމުގެ ފުރުސަތު ހޯދައިދިނުމަށް މިހާރު ކުރިއަށް ގެންދާ ޕްރޮމޯޝަން އަންނަ މަހުގެ ހަތް ވަނަ ދުވަހު ނިމޭނެ ކަމަށް ބީއެމްއެލްއިން ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގައި ދަނޑަށް އެރުމުގެ ފުރުސަތު ދެނީ
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

28 އެޕްރީލް 2024

ޔޫއެފާ ޗެންޕިއަންސް ލީގުގައި ޓީމުތަކާ އެކު މެޗު ފަށަން ދަނޑަށް އަރާ ކުދިންގެ ތެރޭގައި، ދަނޑަށް އެރުމުގެ ފުރުސަތު ހޯދައިދިނުމަށް މިހާރު ކުރިއަށް ގެންދާ ޕްރޮމޯޝަން އަންނަ މަހުގެ ހަތް ވަނަ ދުވަހު ނިމޭނެ ކަމަށް ބީއެމްއެލްއިން ބުނެފި އެވެ.

މި ޕްރޮމޯޝަނަކީ ޔޫއެފާ ޗެންޕިއަންސް ލީގުގައި ޓީމުތަކާ އެކު މެޗު ފެށުމަށް ޕްލޭޔަރުންނާ އެކު އެރުމަށް ކުޑަކުއްޖަކަށް ދޭ ފުރުސަތެކެވެ. މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ މީހަކަށް ކުޑަކުއްޖަކާ އެކު ހުރިހާ ހަރަދުތަކެއް ހިމެނޭ ގޮތަށް ލަންޑަންގައި ހަތަރު ދުވަހަށް ހުރުމުގެ ފުރުސަތު ލިބޭނެ އެވެ. އޭގެތެރޭގައި ލަންޑަން ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން، ޔޫއެފާ ޗެމްޕިއަންސް ލީގް ފައިނަލް މެޗުގެ ދެކޮޅު ޓިކެޓް، ޕްލޭޔަރު މެސްކޮޓް (ދަތުރުގައި ބައިވެރިވާ ކުއްޖާއަށް ފައިނަލް މެޗު ފަށަން ދަނޑަށް އަރާ ކުޅުންތެރިންނާއެކު ދަނޑަށް އެރުމުގެ ފުރުސަތު)، ޕޮކެޓް މަނީގެ އިތުރުން ވެލްކަމް ގިފްޓެއް ލިބޭނެ އެވެ.

މި ޕްރޮމޯޝަނަކީ ބީއެމްއެލްގެ މާސްޓާކާޑާއި ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ބޭރުގެ މުއާމަލާތްތައް ކޮށްގެން ބައިވެރިވެވޭ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަންގައި މާސްޓާކާޑު ޕްލޭޔަރު މެސްކޮޓް އެކްސްޕީރިއަންސްގެ ދަށުން، ފުޓްބޯޅަ އަށް ލޯބިކުރާ ކުދިންނަށް ޔޫއެފާ ފައިނަލް މެޗް ބަލާލެވި، ދުނިޔޭގެ އެންމެ މޮޅު ބައެއް ކުޅުންތެރިންނާ އެކު ދަނޑަށް އެރުމުގެ ރަނުގެ ފުރުސަތެއް ލިބެ އެވެ.

މާސްޓާކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެވެ. ބީއެމްއެލްއަކީ ރާއްޖޭގައި މާސްޓާކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލް އިން އަންނަނީ ރާއްޖޭގައި މާސްޓާކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.