ރާއްޖޭގެ ގުދުރަތީ، ރީތިކަން ފެނި ވަރުބަލިވާނެ ހެއްޔެވެ؟
26 މެއި 2025
ރާއްޖޭގެ ގުދުރަތީ، ރީތިކަން ފެނި ވަރުބަލިވާނެ ހެއްޔެވެ؟
ޗައިނާގެ އާ ސަފީރު، ކޮންގް ޝިއަންހުއާ ރާއްޖެ ވަޑައިގެންނެވިތާ އިއްޔެއަށް މަހެއްވި އިރު މިއީ، އޭނާގެ ކޮންމެ ދުވަހެއްގެ ޝުއޫރެވެ. ސޯޝަލް މީޑިއާއަށް ހެނދުނާއި ހަވީރު ދޫކޮށްލާ ފޮޓޯތަކާ އެކު އޭނާ ރާއްޖެ ސިފަކުރައްވަނީ އުފާވެރި ތަނެއްގެ ގޮތުގަ އެވެ.
ސަފީރު އަބަދު ދައްކަވަނީ މި މާހައުލުން އޭނާ އަށް ލިބޭ ހިތްހަމަޖެހުމުގެ ވާހަކައެކެވެ. ހުޅުމާލެ ގޮނޑުދޮށުގައި، ފޮތެއް ކިޔާލަން އިންނެވި ވަގުތުކޮޅު ހިއްސާކުރައްވައި، އެ ހިތްހަމަޖެހުން ވެސް ހިއްސާކުރެއްވި އެވެ.
މީގެ ގާތްގަނޑަކަށް ދިހަ އަހަރު ކުރިން ރާއްޖެ ވަޑައިގެންނެވި ކޮންގަށް މި ގައުމަކީ އާ ތަނެއް ނޫނެވެ. އެކަމަކު ވެސް ސަފީރުކަމާ ހަވާލުވެވަޑައިގަތް ފަހުން ކޮންމެ ދުވަހަކު އޭނާ ގެންދަވަނީ "ގުޑް މޯނިން" މެސެޖަކާ އެކު ރާއްޖޭގެ ފޮޓޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލައްވަމުންނެވެ.
ރާއްޖެ ވަޑައިގެންނެވިތާ މަހެއް ވުމުން، އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވަނީ އޭނާ ދިރިއުޅުއްވާ ސަރަަހައްދުން ވޭތުވެދިޔަ 30 ދުވަހުގެ ތެރޭގައި ފެނިވަޑައިގަތް، ހިތްގައިމު މަންޒަރުތަކުގެ ލިސްޓަކާ އެކު ފޮޓޯތަކެއް އާންމު ކުރައްވައިފަ އެވެ.
ސަފީރު ވިދާޅުވީ ދެފުރޮޅުލީ އުޅަނދުތަކާއި ހަތަރު ފުރޮޅުލީ އުޅަނދުތައް ދުއްވާއިރު ވެސް، މަގުން ހިނގާ މީހުންނަށް ފުރުސަތު ދެ އެވެ. މާލޭގެ މަގުތަކަކީ އެހާ ފުޅާ މަގުތަކަކަށް ނުވިޔަސް މަގުގެ އެއް ފަޅިން ހިނގޭނެ ޖާގަ މަގުގައި ބާއްވާފައި އޮންނަ ކަމަށް ވިދާޅުވި އެވެ.
ހުޅުމާލޭގައި ދިރިއުޅުއްވާ ސަފީރަށް ކަމުދިޔަ އަނެއް ކަމަކީ، މަގުތަކުގައި ޑަސްބިން ބެހެއްޓުމާއި މަގުތައް ވެސް ސާފުކޮށް ބޭއްވުމެވެ.
ބްރިޖަށް އެންމެ ބާރުބޮޑުވާ ވަގުތުތައް ވެސް ސަފީރު ވަނީ ބައްލަވާލައްވައިފަ އެވެ.
އޭނާ ވިދާޅުވީ ހެނދުނު 8:00 ގެ ކުރިން މާލެ އާއި ހުޅުމާލަށް ވަޒީފާއަށްދާ މީހުން ބްރިޖުން ދަތުރުކުރާތީ އެންމެ ބޮޑަށް އެތަން ތޮއްޖެހެނީ އެވަގުތުގައި ކަމަށެވެ.
ސަފީރާއި ޗައިނާ އެމްބަސީގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން، ދުވުމެއްގައި ބައިވެރިވެފައި.
ރާއްޖޭގައި ހޭދަކުރެވުނު މަދު ދުވަސްކޮޅުގެ ތެރޭގައި ދެން ސަފީރަށް ފާހަގަކުރެވުނީ ދިވެހިންގެ މެދުގައި ކުޅިވަރަށް އޮންނަ ފޯރި އެވެ. ވަކި އުމުރެއް ނެތި ދިވެހިންގެ މެދުގައި ކުޅިވަރުގެ ޖޯޝު އޮންނަކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ގޮނޑުދޮށުގައި ގަހެއްގެ ހިޔާލުގައި އިނދެގެން ފޮތެއް ކިޔާލެވުމަކީ ވެސް ވަރަށް ސަޅި ކަމެކެވެ.
އާންމުކުރި ފޮޓޯތަކުގެ ތެރޭގައި ވެސް ހުޅުމާލޭ ގޮނޑުދޮށުގައި ފޮތެއް ކިޔަން އިންނަވާ މަންޒަރު ފެނެ އެވެ.
Today marks my first month of saty in the Maldives.
— Ambassador Kong Xianhua (@China_Amb_Mdv) May 25, 2025
Here are some of my preliminary obersavtions around my neighbourhood. If I am wrong, pls kindly point out:
1, motors give way to pedestrians, no matter two-wheelers or four-wheelers
2, even though streets are not very wide,… pic.twitter.com/2FP4DQ6SER
ހުޅުމާލޭގައި މި ފަހުން ބޭއްވި 10 ކިލޯމީޓަރުގެ ދުވުމެއްގައި ވެސް ސަފީރު ބައިވެރިވެޑައިގަތެވެ.
ސަފީރުގެ ވާހަކަތަކުން އެނގޭ ގޮތުގައި، އޭނާ މި ގައުމުގައި މިހާތަނަށް ހޭދަކުރެއްވި ކޮންމެ ދުވަހަކީ ވެސް އުފާވެރި ދުވަހެކެވެ. މަހެއް ފުރުމާ ދިމާކޮށް ފޮޓޯތަކާ އެކު ލިސްޓްކުރެއްވީ އެ ހިތްހަމަޖެހުމެވެ.
ޗައިނާގެ އެހީގައި 50 ކައުންސިލް އިމާރާތް އަޅަނީ
ޗައިނާއިން ރާއްޖެއަށް އާ ސަފީރެއް ކަނޑައަޅައިފި
ވިލިމާލެ ހޮސްޕިޓަލަކީ އެންމެ ބޮޑު ހޮސްޕިޓަލަށް ވާނެ
ދިވެހި ކިޔަވާ ޗައިނާގެ ޒުވާނުން ދިވެހި ހެދުމުގައި
ސިނަމާލެ ބްރިޖް އިންސްޕެކްޓްކޮށްފި: އަދިވެސް ބަރާބަރު!
ބެއިޖިންގެ ބަހާރުން، ޗޮންޗިންގެ ދެގުނަ އުފާވެރިކަމަށް
ޗައިނާއިން ރާއްޖެއަށް ދަނޑުވެރިކަމުގެ ސާމާނު ދީފި
އެފްޓީއޭގެ ދަށުން އެންސިސްގެ އުފެއްދުންތައް ޗައިނާއަށް
ޗައިނާގެ އެފްޓީއޭ އާއި ޑިއުޓީ ދަށްވުމާ ގުޅުމެއް ނެތް
ރާއްޖެ-ޗައިނާ އެފްޓީއޭއާ މެދު އިންޑިއާގެ ނުތަނަވަސްކަން