ގާނޫނީ ދާއިރާގެ ތަޖުރިބާކާރަކަށްވެ ހުންނެވި ނަމަވެސް، އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަހްމަދު މުއިއްޒު އެ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދު ތަންފީޒު ނުކުރައްވާ ކަމަށް ވިދާޅުވެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއީލް (ސާޔާ) އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ.
19 މެއި 2025
ގާނޫނީ ދާއިރާގެ ތަޖުރިބާކާރަކަށްވެ ހުންނެވި ނަމަވެސް، އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަހްމަދު މުއިއްޒު އެ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދު ތަންފީޒު ނުކުރައްވާ ކަމަށް ވިދާޅުވެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއީލް (ސާޔާ) އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ.
ދާދި ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ގެނައި ބަދަލަކާ ގުޅޭގޮތުން މުއިއްޒު ދެއްކެވި ވާހަކައެއް ހިއްސާކުރައްވައި ޝާހު ވިދާޅުވީ އެފަދަ ކަންކަމަށް ފާޑުވިދާޅުވުމުގެ ކުރިން މުއިއްޒު ކުރައްވަން ޖެހޭ ކަމަކީ އެފްއޭއެމްގެ އަސާސީ ގަވާއިދު ތަންފީޒުކުރުން ކަމަށެވެ.
"މަނިކުފާނުގެ ބިޔަ ގާނޫނީ ތަޖުރިބާއިން އެފްއޭއެމްގެ އަސާސީ ގަވާއިދު ފުރިހަމަ ގޮތުގައި ތަންފީޒު ނުކުރެވިގެން ތިއުޅެނީ ކީއްވެތޯ؟،" ޝާހު ސުވާލުކުރެއްވެވި އެވެ.
ބިއްލޫރި ގެއެއްގައި އުޅޭ މީހާ، އެހެން މީހުންގެ ގޭގެއަށް ގާއުކައިގެން ނުވާނެ ކަމަށް ވިދާޅުވެ ޝާހު ވަނީ މުއިއްޒު އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޒިންމާ އަދާނުކުރައްވާ ހުންނަވައި އެހެން ކަންކަމަށް ފާޑުވިދާޅުވާތީ އެކަން ވެސް ފާހަގަކުރައްވައިފަ އެވެ.
ޝާހު އެ އިޝާރާތްކުރެއްވީ އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ރާއްޖޭގެ ނުވަ ޒޯނުގެ ޓީމުތަކަށް ކޮންގްރެސްއިން ފުރުސަތު ދޭން ޖެހޭކަމަށް އިނގިރޭސި އަސާސީ ގަވާއިދުގައި އޮންނަ އޮތުން އެފްއޭއެމުން ތަންފީޒުނުކުރާ ކުރުމަށެވެ.
އެފްއޭއެމާއި ރާއްޖޭގެ ފުޓްބޯޅަ ރިފޯމް ކުރުމަށް ކެމްޕޭން ކުރާ "ސޭވް އެފްއޭއެމް" ގްރޫޕުން މިދިޔަ މަހު ވަނީ މުއިއްޒުގެ ނޯމަލައިޒޭޝަން ކޮމިޓީއާ ބައްދަލުކޮށް އަސާސީ ގަވާއިދާ އެއްގޮތަށް އެކަން ތަންފީޒު ކުރުމަށް އިލްތިމާސް ކޮށްފަ އެވެ. ސޭވް އެފްއޭއެމްގެ ފަރާތުން އެ ބައްދަލުވުމުގައި ޝާހު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެ ބައްދަލުވުމަށް ފަހު ޝާހް "މިހާރު" އަށް ވިދާޅުވެފައި ވަނީ އެފްއޭއެމުން 2016 ގައި ފާސް ކުރި އަސާސީ ގަވާއިދުން 44 މަންދޫބުން ކޮންގްރެސްގައި ތަމްސީލު ކުރަން ޖެހޭ ކަމަށެވެ.
އެކަމަކު ޖުލައި 2020 ގައި ބޭއްވި ކޮންގްރެސްގައި އަސާސީ ގަވާއިދުގެ ދިވެހި ކޮޕީ އިސްލާހުކޮށް "އިންޓަރެސްޓް ގުރޫޕްތައް" އުފެއްދުމުގެ މާއްދާ އުވާލި އެވެ.
ޝާހު ވިދާޅުވެފައި ވަނީ ދިވެހި ގަވާއިދަށް ބަދަލު ގެނައި ނަމަވެސް ފީފާގެ ކުރިމަތީގައި ސައްހަ ގަވާއިދަކީ އިނގިރޭސި ގަވާއިދު ކަމަށެވެ.
"އަސާސީ ގަވާއިދުގެ އަށް ވަނަ މާއްދާގައި ބުނެފައި އޮންނާނެ މާނަ ކުރުމުގައި ތައާރުޒެއް އުފެދޭނެމަ ބަލަން ޖެހޭނީ އިނގިރޭސި ގަވާއިދަށް ކަމަށް،" ޝާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިނގިރޭސި ގަވާއިދުގައި ރާއްޖޭގެ ނުވަ ޒޯނަށް ފުރުސަތު ލިބޭ ގޮތަށް 44 ޑެލިގޭޓުން ކޮންގްރެސްގައި ތަމްސީލު ކުރަން ޖެހޭނެ ކަމަށް ލިޔެފައި އޮންނަ ކަމަށެވެ.
އެކަމަކު ނޯމަލައިޒޭޝަން ކޮމިޓީ ހަވާލުވެގެން މިހާތަނަށް ބޭއްވި ހަމައެކަނި ކޮންގްރެސް ވެސް ބޭއްވީ ހަމައެކަނި އެންމެ ޒޯނަކަށް ނިސްބަތްވާ ކްލަބްތައް ހިމަނައިގެންނެވެ.
އެފްއޭއެމްގެ ކޮންގްރެސް އަސާސީ ގަވައިދާ ހިލާފު: ޝާހް
އެފްއޭއެމްގެ އާ ޗެއާމަނަކަށް ކުރީގެ ޕީޖީ މުއިއްޒު
އެފްއޭއެމްގެ އިންތިހާބުގެ މަސައްކަތް ކޮންގްރެސްއަށް ފަހު
އެފްއޭގެ މެންބަރުކަން ދޭ އުސޫލު ގަވާއިދުގައި ހިމަނަނީ
އެންސީއަށް އެހީވާން 2800 ޑޮލަރުގެ މުސާރަލިބޭ މީހެއް
ހަ ޓީމާއެކު އެފްއޭއެމް ލީގު ކަޕް ބުރާސްފަތީގައި ފަށަނީ
ނުވަޒޯނަށް ކޮންގްރެސްގެ ޖާގަ ދޭންޖެހޭ: ސޭވް އެފްއޭއެމް
އެފްއޭއެމްގެ ކުރު މުބާރާތަށް ފީފާއިން ބައިލައްކަ ޑޮލަރު
އެފްއޭއެމް ގަވާއިދު އިސްލާހުކުރާ ކޮންގްރެސް އަންނަ މަހު
"ބައިވެރިނުވީ އަމާޒެއް ނެތް މުބާރާތަކަށް ވާތީ"