އިންޑިއާއާ ވާދަކޮށް ސެމީ ފައިނަލުގައި 3-0 އިން ބަލިވެ، މި އަހަރުގެ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ނިމިއްޖެ އެވެ.
16 މެއި 2025
އިންޑިއާއާ ވާދަކޮށް ސެމީ ފައިނަލުގައި 3-0 އިން ބަލިވެ، މި އަހަރުގެ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ނިމިއްޖެ އެވެ.
އިންޑިއާގެ ޔޫޕިއާގެ ގޯލްޑަން ޖުބިލީ ސްޓޭޑިއަމްގައި ބޯ ވާރޭ ތެރޭގައި މިރޭ ކުޅުނު މި މެޗުގައި އިންޑިއާ ވަނީ ފުރަތަމަ ހާފުގައި ދެ ގޯލު ޖަހައިފަ އެވެ. ފަހު ލަނޑު ޖެހީ ދެވަނަ ހާފުގެ ކުރީކޮޅެވެ.
އިންޑިއާ ގިނަ ހަމަލާތަކެއް ފޮނުވާލި މި މެޗުގައި ރާއްޖޭގެ ގޯލްކީޕަރު ޒަހްރާން ހަސަން ޒިޔާދު ވަނީ މުހިއްމު ސޭވްތަކެއް ވެސް ކޮށްފަ އެވެ. އަދި ޒުވާން ދިވެހި ޓީމުގެ ޑިފެންސުގައި ވެސް ކުޅުންތެރިން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ.
ގިނަ ގޮންޖެހުންތަކާ އެކު މުބާރާތަށް ތައްޔާރުވި ރާއްޖޭގެ ޒުވާން ޓީމު މި އަހަރުގެ ސެމީއަށް ރާއްޖެ ދިޔައީ ގުރޫޕް ސްޓޭޖުގެ ދެ މެޗުން ވެސް ޕޮއިންޓެއް ހޯދައިގެންނެވެ. ފުރަތަމަ މެޗުގައި ވަރުގަދަ ބަންގްލަދޭޝްއާ ދެކޮޅަށް ފަހު ހާފުގައިނއެއްވަރު ކުރި ިރު، ދެވަނަ މެޗުގައި ބޫޓާން އަތުން ވެސް ޕޮއިންޓެއް ހޯދި އެވެ.
މިއީ ސާފް ޗެމްޕިއަންޝިޕްގައި 19 އަހަރުން ދަށުގެ ކެޓެގަރީގައި ރާއްޖޭން ހޯދި އެންމެ ރަނގަޅު ނަތީޖާ އެވެ.
މީގެ ކުރިން 2019 ވަނަ އަހަރު 18 އަހަރުންދަށުގެ އުމުރުފުރާގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީގައި ރާއްޖެ ވާދަ ކުރި އެވެ. ސެމީގައި އިންޑިއާ އަތުން ބަލިވި ނަމަވެސް ތިންވަނަ ހޮވި މެޗުގައި ބޫޓާން ބަލިކޮށްގެން ވަނީ ބްރޯންޒް މެޑަލް ހޯދައިފަ އެވެ. އެއަށް ފަހު 2023 ވަނަ އަހަރު 16 އަހަރުން ދަށުގެ ކެޓެގަރީގެ ސެމީގައި ވެސް ވަނީ އިންޑިއާ އަތުން ބަލިވެފަ އެވެ.
އާދިއްތަ ދުވަހު ކުޅޭ ފައިނލްގައި އިންޑިއާ ވާދަ ކުރާނީ ބަންގްލަދޭޝްއާ އެވެ. ބަންގްލަދޭޝް ވަނީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލްގައި، 2-1 އިމް ނޭޕާލް ބަލިކޮށްފަ އެވެ.
ބޫޓާނާ ވެސް އެއްވަރުކޮށް ރާއްޖެ ސެމީ ފައިނަލަށް
ފަހު ހާފުގައި ރާއްޖެ ގަދަކޮށް ބަންގްލަދޭޝްއާ އެއްވަރު
ރާއްޖެއަށް އޮތް ފުރުސަތު ގެއްލުވާލައި ނޭޕާލް ސެމީއަށް
އަމިއްލަ ބާރު އޮތުމުން ސެމީގެ އުންމީދު ބޮޑު: ޝާކިއްޓޭ
ރާއްޖެ މޮޅުވާން ދަނިކޮށް ޕާކިސްތާނުން ހުއްޓުވައިފި
ދެ މުބާރާތުގައި ވެސް ރާއްޖެއާއި އިންޑިއާ ދެ ގުރޫޕަކަށް
ފަހު މިނިޓުގައި ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް
ރާއްޖެ ބަލިކޮށް ބަންގްލަދޭޝް ފައިނަލާ ގާތަށް
ޒުވާން ޓީމު ސާފަށް ފުރީ ފައިނަލް ކުޅުމުގެ އުއްމީދުގައި
ޖޫނިއާ ސާފް ޗެމްޕިއަންޝިޕް ފަށަނީ ރާއްޖެ އާއި ނޭޕާލް