18 މާޗް 2017
އިސްލާމްދީނަށް ފުރައްސާރަކޮށް ފޭސްބުކްގައި ޕާކިސްތާންގެ ބައެއް މީހުން ދައުރުކުރާ އެއްޗެހި ހުއްޓުވައިދޭން ފޭސްބުކްގެ އެހީއަށް ސަރުކާރުން އެދިއްޖެ ކަމަށް، ސަރުކާރުން ބުނެފި އެވެ.
އިސްލާމްދީނަށް ފުރައްސާރަކޮށް ފޭސްބުކްގައި ޕާކިސްތާންގެ ބައެއް މީހުން ދައުރުކުރާ އެއްޗެހި ހުއްޓުވައިދޭން ފޭސްބުކްގެ އެހީއަށް ސަރުކާރުން އެދިއްޖެ ކަމަށް، ސަރުކާރުން ބުނެފި އެވެ.
އިންޓީރިއާ މިނިސްޓްރީއާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނި ގޮތުގައި ފޭސްބުކުން މިހާރު ވަނީ އެ ކުންފުނީގެ ޓީމެއް ޕާކިސްތާނަށް ފޮނުވަން އެއްބަސްވެފަ އެވެ.
އިސްލާމްދީނާ ދެކޮޅު އަދި ދީނަށް ފުރައްސާރަކުރާ މައްސަލަ ޕާކިސްތާނުގައި ބެލެވެނީ ވަރަށް ނާޒުކު ކަމެއްގެ ގޮތުގަ އެވެ. އެކަމަކު މި މައްސަލާގައި ޚިޔާލު ތަފާތު މީހުން ދެކެނީ ދީނަށް ފުރައްސާރަކުރުމާ ދެކޮޅަށް ބާރުގެ ބޭނުންކުރަނީ ވަކި ބައެއްގެ އަޑުކަނޑުވާލަން ކަމަށެވެ.
ސޯޝަލް މީޑިއާގައި ޕާކިސްތާންގެ ބައެއް މީހުން ފަތުރަމުން އަންނަ އިސްލާމްދީނާ އިދިކޮޅު ވާހަކަތައް ހުއްޓުވަން ޕާކިސްތާނުގައި މި ފަހުން ފެށި މަސައްކަތަށް ބޮޑުވަޒީރު ނަވާޒު ޝަރީފު ވެސް ވަނީ ތާއީދުކުރައްވައިފަ އެވެ.
އޭނާގެ ޕާޓީގެ ޓްވިޓާ އެކައުންޓްގައި ނަވާޒު ޝަރީފް ވިދާޅުވީ ދީނަށް ފުރައްސާރަކުރުމަކީ "މައާފުކުރެވޭނެ ކުށެއް ނޫން" ކަމަށެވެ.
މިދިއަ ބުރާސްފަތިދުވަހު އިންޓީރިއާ މިނިސްޓަރު ޗައުދަރީ ނިސާރު ވިދާޅުވީ އެ އަމަލްތައް ހުއްޓުވަން ކުރަން ޖެހުނު ކޮންމެ ކަމެއް ޕާކިސްތާން ސަރުކާރުން ކުރާނެ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ފަތުރާ ވާހަކަތައް ކޮންމެ ދުވަހަކު ވެސް ބަލަމުން ގެންދަން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އޭނާ ވަނީ އަންގަވައިފަ އެވެ.
"އެކަހަލަ އެއްޗެހި ފަތުރުމުގެ ފަހަތުގައި ތިބި މީހުންގެ ހުރިހާ މައުލޫމާތެއް ފޭސްބުކާއި އެހެން ފަރާތްތަކުން ހިއްސަކޮށްދޭން ޖެހޭނެ،" ޗައުދަރީ ވިދާޅުވި ކަމަށް ޑޯން ނޫހުގައި ލިއެފައިވެ އެވެ.
އިސްލާމްދީނާ އިދިކޮޅު ނުވަތަ ދީނަށް ފުރައްސާރަކުރާ އެއްޗެހީގެ ތެރޭގައި ކީރިތި ރަސޫލާ އަށް ނިސްބަތްކޮށް ހުންނަ ކުރެހުންތަކާއި ކީރިތި ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް ބޭނުންކުރުން ފަދަ އަމަލްތައް ހިމެނެ އެވެ. އެކަމަކު އެފަދަ އަމަލެއް ދީނާ ޚިލާފުވަނީ ކިހިނެއްތޯ އާންމުކޮށް އެނގޭ ފަދަ ގޮތަކަށް ސަރުކާރުން ތަފްސީލުކޮށްދީފައި ނުވާ ކަމަށް، ބައެއް ފަރާތްތަކުން ބުނެ އެވެ.
އިސްލާމް ދީނަށް ފުރައްސާރަކުރި ކްރިސްޓިއަނަކު ހޯދަނީ
އިމްރާންގެ މެންބަރުންނަށް ޕާކިސްތާނުގެ ބާރެއް ނުލިބުނު
ޕާކިސްތާނުގައި ސަރުކާރު ހަދަން އިއްތިހާދުވާނެ ބަޔަކުނެތް
އިމްރާނާއި ޕާޓީ ބަންދުކޮށްގެން ވެސް ބަދަލެއް ނުވި
ގިނައީ އިމްރާންގެ ކެންޑިޑޭޓުން، ބާރު ނަވާޒް ޝަރީފަށް
ނަވާޒް ޝަރީފަށް އިންތިހާބުގައި ވާދަކުރެވޭ ގޮތް ވެއްޖެ
ލިވާތުކުރުމަކީ ޖިނާއީ ބޮޑު ކުށަކަށް ހަދަން ފާހެއް ނުވި
ދީނަށް ފުރައްސާރަކުރިކަމަށް ބުނެ ލަންކާ މީހާ މަރާލައިފި
ޕާކިސްތާނުގެ ސެންސާޝިޕުން އިންޓަނެޓް ކުންފުނިތައް ދުރަށް
ބޭހަށް ފޮނުވި ނަވާޒް ޝަރީފް "ފިއްލައިފި": ޕާކިސްތާން