ނ. އަތޮޅު ރިސޯޓެއްގެ ނެރު ކައިރީ ފީނަން އުޅުނު މީހެއްގެ ގައިމަތިން ލޯންޗެއް ގޮސް، އެ މީހާގެ އަތް ބުރިވެއްޖެ އެވެ.
13 މެއި 2025
ނ. އަތޮޅު ރިސޯޓެއްގެ ނެރު ކައިރީ ފީނަން އުޅުނު މީހެއްގެ ގައިމަތިން ލޯންޗެއް ގޮސް، އެ މީހާގެ އަތް ބުރިވެއްޖެ އެވެ.
އެ ހާދިސާ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ ރޭ 10:30 ހާއިރު އެވެ.
ފުލުހުން ބުނީ އެ ހާދިސާގައި އަނިޔާ ވެފައި ވަނީ 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށް ކަމަށެވެ.
"އެ މީހާގެ ކަނާއަތު އުޅަނބޮއްޓާ ހިސާބުން ބުރިވެ، ބޮޑެތި އަނިޔާތަކެއް ވަނީ ވެފައި،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހާ މިހާރު މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏަސް، އެ ހާދިސާ ހިނގަން މެދުވެރިވި ގޮތެއް އަދި ނޭނގެ އެވެ.
މިދިޔަ އަހަރު ވަނީ އދ. އަތޮޅުގައި ލޯންޗު ދެ އެކްސިޑެންޓެއްގައި ދެ މީހަކު މަރުވެފަ އެވެ. އެތަނުން އެއް ހާދިސާއެއްގައި މަރުވީ އދ. އަތޮޅު ރިސޯޓެއް ކައިރީ މޫދަށް އެރި އުޅުނު ޓޫރިސްޓެކެވެ. އަދި އެ އަތޮޅުގެ ރަށެއް ކައިރީގައި މޫދަށް އެރި އުޅުނު އެހެން ބިދޭސީއަކު ވެސް ވަނީ ލޯންޗެއްގައި ޖެހި މަރުވެފަ އެވެ.
މަސްތުވެގެން ހުރެ ލޯންޗު ދުއްވި މީހަކު ވެސް ހައްޔަރު
ގެއްލުނު ސަޕްލައި ދޯނި ފެނިއްޖެ
ބޯޓުގައި ރޯވީ ކަރަންޓު ޝޯޓަކުން، ހުޅުހިފީ 5 މިނެޓުން
ކަނޑަށް ބަންޑުން ޖަހާލި ދިގުރަށް ލޯންޗު ނަގައިފި
ލޯންޗަށް ޖެހީ ރާޅެއް، ދިޔަވާތީ އެންމެން ފުންމާލީ!
މީހަކު މަރުވުމުން ލޯންޗް ކައްޕިންނަށް ދައުވާކުރަނީ
ޓޫރިސްޓެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެ
ސަފާރީއަކުން ކަނޑަށް ވެއްޓުނު ދިވެއްސަކު ހޯދަނީ
އުޅަނދެއްގައި ޖެހި އަނިޔާވި މީހާ މަރުވެއްޖެ
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، ދެ މީހަކަށް ފަރުވާދެނީ