ފަސް މީހުންނާ އެކު ގދ. ގައްދޫން ފުރައިގެން ހުޅުމާލެ އަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.
28 އެޕްރީލް 2025
ފަސް މީހުންނާ އެކު ގދ. ގައްދޫން ފުރައިގެން ހުޅުމާލެ އަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިއްޔެ ރޭ 8:00 ހާއިރު ގައްދޫން ފުރައިގެން ހުޅުމާލެ އަށް ދަތުރުކުރި "ބްރިލިއަންޓް ކެރިއާ" ނަމަކަށް ކިޔާ ދޯންޏެއް ގެއްލިފައިވާ ކަމަށެވެ.
ގެއްލިގެން ހޯދަމުން އަންނަ "ބްރިލިއަންޓް ކެރިއާ" ދޯނި.-- ފޮޓޯ: ޕޮލިސް
އެ ދޯނީގައި ތިބީ ފަސް މީހުން ކަމަށާއި އެއީ ތިން ދިވެހިންނާއި ދެ ބިދޭސީން ކަމަށް ފުލުހުން ބުންޏެވެ.
ދޯނިފަހަރު ޓްރެކް ކުރާ "ފޮލޯ މީ" އެޕްއިން ދައްކާ ގޮތުގައި، އެ ބޯޓުގެ ޓްރެކިން ސިގްނަލް ކެނޑިފައި ވަނީ ގއ. އަތޮޅު ހުރަސްކޮށް، ހުވަދޫ ކަނޑުގެ ވަކި ހިސާބަކަށް ދިޔަ ފަހުންނެވެ. އެއީ ރޭ 8:04 ހާއިރެވެ.
ފުލުހުން މިރޭ ބުނީ އެ ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ ރޭގެ ދަންވަރު 2:40 ގައި ކަމަށެވެ.
"އެއިރު ކެޕްޓަން ވިދާޅުވެފައިވަނީ ހުވަދޫ ކަނޑަށް ނުކުތްތާ މާ ގިނަ އިރު ތަކެއް ނުވާ ކަމަށެވެ. އޭގެ ފަހުން ދޯންޏާ ގުޅިފައެއް ނުވެ އެވެ،" ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވެ އެވެ.
"މި މައްސަލަ މިއަދު ހަވީރު 6:00 ގައި ގައްދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓު ކުރެވި، އެމްއެންޑީއެފްގެ ސަދަން ރީޖަން ކޮމާންޑަށް ވަނީ މައުލޫމާތު ދީފަ އެވެ. ދޯނި ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ."
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، ދެ މީހަކަށް ފަރުވާދެނީ
މަހަށް ނުކުމެ އުޅުނު މީހުން ހޯދަން ޑްރޯން ބޭނުންކުރަނީ
ކެނޯގައި ގެއްލުނު ދެ މީހުން ފެނިއްޖެ
މަސްތުވެގެން ހުރެ ލޯންޗު ދުއްވި މީހަކު ވެސް ހައްޔަރު
މަސްތުވާތަކެއްޗާއެކު އެއްމާބަނޑުދެބެއިން ހައްޔަރުކޮށްފި
ހައިވޭގައި އެކްސިޑެންޓުވެ ކުއްޖަކާއި މީހަކު ޒަހަމްވެއްޖެ
ހުޅުމާލޭ ކެފޭއެއްގައި ދެ ބިދޭސީންގެ މާރާމާރީއެއް
ބަނގުރާ ހިފައިގެން ފިލަން ދުވި ބިދޭސީން ހައްޔަރުކޮށްފި
ބޯޓުގައި ރޯވީ ކަރަންޓު ޝޯޓަކުން، ހުޅުހިފީ 5 މިނެޓުން
ކަނޑަށް ބަންޑުން ޖަހާލި ދިގުރަށް ލޯންޗު ނަގައިފި