17 މާޗް 2017
ފ. އަތޮޅުގައި ބޮޑު މަޝްރޫއެއް ހިންގަން އުޅޭ ކަން ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅުން ސިއްރު ކުރަން ބޭނުންވާ ކަމަށާއި އެ އާއިލާ އިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް އެ ބޭފުޅުންގެ މުދަލަކަށް ހަދަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ވިދާޅުވާ އޯޑިއޯއެއް ލީކްވެއްޖެ އެވެ.
ފ. އަތޮޅުގައި ބޮޑު މަޝްރޫއެއް ހިންގަން އުޅޭ ކަން ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅުން ސިއްރު ކުރަން ބޭނުންވާ ކަމަށާއި އެ އާއިލާ އިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް އެ ބޭފުޅުންގެ މުދަލަކަށް ހަދަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ވިދާޅުވާ އޯޑިއޯއެއް ލީކްވެއްޖެ އެވެ.
މިއީ ފ. އަތޮޅުގައި ސައޫދީން ހިންގަން އުޅޭ މަޝްރޫއާ ބެހޭ ގޮތުން މިހާ ތަފުސީލީ ވާހަކަތަކެއް، ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރެއްގެ ފަރާތުން ހާމަވި ފުރަތަމަ ފަހަރެވެ.
ސޯޝަލް މީޑިއާގައި ލީކުވެފައިވާ އޯޑިއޯގައި ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ވިދާޅުވި ގޮތުގައި ފ. އަތޮޅުން ބައެއްގައި އިންވެސްޓް ކުރައްވަން އުޅުއްވަނީ ސައޫދީގެ ވަލީއަހުދުގެ މަގާމުގައި ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ބިން އަބްދުލްއަޒީޒް އެވެ. އެކަމަކު 99 އަހަރަށް ބިން ކުއްޔަށް ދެވޭ ގޮތަށް ރާއްޖޭގެ ގާނޫނުތައް މީގެ ކުރިން އޮތުމުން، ވަލީއަހުދު ދެކޮޅު ހެއްދެވި ކަމަށް ނިހާން ވިދާޅުވި އެވެ.
"ތިމަންނަ މިކަން ހުއްޓާލާނިއްޔޭ. އެހެންވެއްޖިއްޔާ ސަރުކާރުން އަނބުރާ މީނަ އަށް ޕޭމަންޓް ވެސް ދޭން އެބަޖެހޭ. އަދި އެ ވާހަކަ ދައްކަމުން ދާ އާއިލާ އިން ބޭނުމެއް ނުވޭ ކުއްލިއަކަށް އެ މީހުންގެ ނަން މިގޮތަށް އަންނާކަށް. އެހެން ނަމަ އަހަރެމެން [ގާނޫނުއަސާސީގައި] ޖަހާނީ މީ މިވެނި މީހަކަށޭ،" ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހާ ގުޅޭ ގޮތުން ނިހާން ވިދާޅުވެފައިވެ އެވެ.
ވަލީއަހުދަކަށް ހުންނެވިއިރު ސައުދީގެ މިހާރުގެ ރަސްގެފާނު ސަލްމާން ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޔާމީނާ ސަލާމްކުރައްވަނީ: ސައުދީ ރަސްގެފާނު މާދަމާ ރާއްޖެ ވަޑައިގަންނަވާނެ.-- ފޮޓޯ: ރައީސް އޮފީސް
އޯޑިއޯގައި ނިހާނު މިވާހަކަތައް ކިޔައިދެއްވަމުން ގެންދެވީ ކޮން ބަޔަކަށްކަން ނޭނގުނަސް، ސައޫދީ ޝާހީ އާއިލާ އިން މިކަމުގައި ބައިވެރިވާކަން ގާނޫނުއަސާސީގައި ނުލިޔުމަށް އެދިވަޑައިގަތް ކަމަށް ވިދާޅުވެ އެވެ.
"އެކަމަކު އެހެން ޖެހޭކަށް ނޯންނާނެތާ. އޭނާ [ވަލީއަހުދު] ބޭނުމެއް ނުވާނެ މިވަރުގެ ހެއްވާ ކަމެއް ކުރާކަށް. މިއީ ގައުމެއްގެ ގާނޫނުއަސާސީ. މާނައަކީ ސައުދީ ރޯޔަލް ފެމިލީތޯ ނޫންތޯ ހާމަނުކޮށްދެއްޗޭ،" ބިން މިލްކު ކޮށްދޭ ބައެއްގެ ނަން ގާނޫނުގައި ނުހިމަނަން ސައޫދީގެ ޝާހީ އާއިލާ އިން ބޭނުން ނުވާކަން ހާމަކުރައްވަމުން ނިހްނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އިންވެސްޓް ކުރަން އެތައް ބަޔަކު ޝައުގުވެރިވެ އެވެ. ނަމަވެސް ކޮންމެ ބަޔަކަށް ބިން މިލްކުކޮށްދޭން ބޭނުން ނުވާ ކަމަށް ނިހާން ވިދާޅުވި އެވެ.
"ރަޝިއާގެ ބިލިއަނަރު ބޭނުން ވެދާނެ [ރާއްޖޭގެ ބިމެއް] ވަގުތުން. މިއަށް ވުރެ މާ ހަޑި ފައިސާ ހުންނާނެ. އެކަމަކު އަހަރުމެންނެއް ނުދޭ އެ މީހުންނަކަށް،" ނިހާން ވިދާޅުވެފައިވެ އެވެ.
ނިހާނު ވިދާޅުވީ ފ. އަތޮޅުން ބައެއް ވިއްކޭ ގޮތް ހަދަން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގާނޫނުގެ ތެރެއިން ވެސް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ ގާނޫނުއަސާސީއަށް ބަދަލު ގެނެސްގެން ކަމަށް ވާތީ މަޖިލީހަށް އިސްލާހެއް ހުށަހެޅުއްވީ ކަމަށް ވިދާޅުވި އެވެ.
ފ އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ހިމިތި ހިމެނޭ ސަރަހައްދު ހިއްކައިގެން ސައޫދީ ޝާހީ އާއިލާއިން ހިންގަން ބޭނުންވަނީ 16 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށާއި އެކަމަށްޓަކައި ދައްކަންޖެހޭ އިކުއިޒޭޝަން ފީ ވެސް ސަރުކާރަށް ދައްކާފައިވާ ކަމަށް ނިހާނު ވިދާޅުވި އެވެ.
ހިއްކާ ބިމުގެ 70 ޕަސަންޓަކީ ސައުދީ ޝާހީ އާއިލާގެ މުދަލަކަށް ވާނެ ކަމަށް ނިހާން ފާހަގަ ކުރެއްވި އެވެ. އަދި ދިވެހިންނަށް ލިބޭނީ އެ ބިމުން އެންމެ 30 ޕަސެންޓް ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެ އެވެ.
"ލަފާކުރެވޭ ގޮތުގައި އެމީހުންގެ ހޮލިޑޭ ހޯމްސްތައް، އެ ދެން އެކި ޕެޓާންތަކުން އެމީހުން އަޅާނީ، ދެން މިއީ އަލަށް ހިނގާކަމެއް ނޫން. ކޮންމެ ގައުމެއްގައި ވެސް މިކަން ކުރޭ،" އޯޑިއޯގައި ނިހާނު ވިދާޅުވި އެވެ.
ސައޫދީގެ ވަލީއަހުދު ރާއްޖޭގައި އިންވެސްޓް ކުރަން ޝައުގުވެރިވެވަޑައިގަތީ 2012 ގައި ރާއްޖެ އަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ކަމަށާއި އޭގެ ފަހުން 2013 ގައި ސައޫދީގެ މިހާރުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްއާ އެކު ރާއްޖެ ވަޑައިގެން އިންވެސްޓް ކުރަން މަސައްކަތްޕުޅު ކުރެއްވި ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. އެކަމަކު އެކަން ނުވީ ރާއްޖޭގެ ގާނޫނުތައް ހުރި ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑިޒައިންޑް ވަރަށް ޕްރޮޕާ ވަރަށް ޕްލޭންޑް. ދިވެހިންނަށް އެއްވެސް ގެއްލުމެއް ދީނީ ނަޒަރިއްޔާތަކުން ނުވާނެ ކަހަލަ އިންވެސްޓާއެއް މިއީ،" ނިހާނު ވިދާޅުވެފައިވެ އެވެ.
ފ. އަތޮޅުގެ މަޝްރޫއާ ގުޅޭ ގޮތުން ނިހާން ވާހަކަ ދެއްކެވީ އޯޑިއޯ އިން އެނގޭ ގޮތުގައި ގުރޫޕެއްގެ ބަޔަކާ އެވެ. މި އޯޑިއޯއާ ގުޅޭ ގޮތުން ނިހާންގެ ބަހެއް އަދި ނުލިބެ އެވެ.
ފ. އަތޮޅަށް ހަދަން އުޅޭ ގޮތަމާ މެދު އުފައްދާ ސުވާލުތަކާއި ކުރާ ތުހުމަތުތަކަށް ރައްދު ދެއްވައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ އެ އަތޮޅުގައި ހިންގާ މަޝްރޫއު ފަދަ، ބިޔަ މަޝްރޫއުތަކުގެ ތަފްސީލު ނުލިބިގެން އެއްވެސް މީހަކު ކަންބޮޑުވާން ނުޖެހޭ ކަމަށެވެ. އެ ތަފްސީލުތައް، މަޝްވަރާތައް ނިމި ހާމަކުރަން ޖެހޭ ހިސާބަށް ދިއުމުން ހާމަކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައި ވެ އެވެ. ރައީސް ވިދާޅުވި ގޮތުގައި މިހާތަނަށް ކުރެވުނު މަޝްވަރާތަކުގައި ފ. އަތޮޅަށް އަންނަން އޮތީ ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. ނަމަވެސް އެ މަޝްރޫއު ކުރިއަށް ގެންދަނީ ކޮން ބަޔަކާ އެކު ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ.
ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖޭގެ އެއްވެސް އަތޮޅެއް ނުވަތަ ބިމެއް ގަންނަން ނޫޅޭ ކަމަށާއި އެފަދަ ބޮޑު މަޝްރޫއަކަށް އިންވެސްޓް ކުރަން ވެސް ނިންމާފައި ނުވާ ކަމަށް ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީން ވަނީ ބުނެފަ އެވެ.
ނިހާނާއި ޑރ. ޝަހީދާ ދެމެދު ބަހުގެ ހޫނު ހަމަލަތަކެއް
ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީ މެމްބަރުންގެ ތާއީދު
ފ. މަޝްރޫއު ނުހުއްޓޭ، މަޝްރޫއު ގެންނާނެ:އަލީ އާރިފް
ފ. މަޝްރޫއު ހުއްޓިފައިވާ ކަމުގެ އިޝާރާތެއް
"ބިން ވިއްކޭ ގޮތް ހެދީ ވަކި ބަޔަކަށް ކަމެއް ނޭނގޭ"
ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރުމުން މަރުހަބާ ކިޔައިފި
ފ. އަތޮޅު މަޝްރޫއާ ބެހޭ މައުލޫމާތު މަޖިލީހަށް ނުލިބޭ
ސައޫދީ އެމްބަސީގެ ބަޔާނުން ފަހުމުވީ ކޮން އެއްޗެއް؟
"ސައޫދީ ސަރުކާރުން ރާއްޖޭގެ އަތޮޅެއް ގަންނާކަށް ނޫޅޭ"
ފ. އަތޮޅު ދީފި ނަމަ ހަރުކަށި ފިކުރު ފެތުރޭނެ