19 މާޗް 2017
ބޭރުގެ ފަރާތްތަކަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރީ ވަކި ބަޔަކަށް އޭގެ މަންފާ ލިބޭ ގޮތް ހެދުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އޭރު އަންގާފައި ނެތް ކަމަށް މަޑުއްވަރީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު އަމީތު މިއަދު ވިދާޅުވެއްޖެ އެވެ.
ބޭރުގެ ފަރާތްތަކަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރީ ވަކި ބަޔަކަށް އޭގެ މަންފާ ލިބޭ ގޮތް ހެދުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އޭރު އަންގާފައި ނެތް ކަމަށް މަޑުއްވަރީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު އަމީތު މިއަދު ވިދާޅުވެއްޖެ އެވެ.
ފ. އަތޮޅުގެ ބައެއްގައި ސައޫދީ އަރަބިއާގެ ޝާހީ އާއިލާ އިން ބޮޑު މަޝްރޫއެއް ހިންގަން ނިންމާފައި ވަނިކޮށް، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން އެކަމާ ބެހޭގޮތުން ވާހަކަ ދައްކަވާ އޯޑިއޯއެއް ވަނީ ލީކުވެފަ އެވެ. އެ އޯޑިއޯގައި ނިހާން ވިދާޅުވާ ގޮތުން ބޭރުގެ ފަރާތްތަކަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތަށް 2015 ގައި ގާނޫނުއަސާސީ އިސްލާހުކުރީ ސައޫދީގެ ޝާހީ އާއިލާ އިން ބޭނުންވެގެންނެވެ. އެކަމަކު އެކަން ސިއްރެއްގެ ގޮތުގައި ބާއްވަން ޝާހީ އާއިލާ އިން އެދުނު ކަމަށް މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ލީކްކުރި އޯޑިއޯގައި ނިހާން ވިދާޅުވެ އެވެ.
މި އޯޑިއޯއާ ގުޅޭ ނިހާން މީޑިއާގައި ވާހަކަ ދައްކަވާކަށް ބޭނުމެއް ނުވި އެވެ.
ބިދޭސީންނަށް ރާއްޖެ އިން މިލްކު ކުރެވޭ އިސްލާހާ ގުޅިގެން، އަމީތު ކުރެއްވި ޓްވީޓެއްގައި ވަނީ ގާނޫނުއަސާސީ އެގޮތަށް އިސްލާހުކުރީ ވަކި ބަޔަކަށް ވަކި ތަނެއް ދިނުމަށް ކަމެއް އޭރު މެމްބަރުންނާ ހިއްސާ ނުކުރާ ކަމަށެވެ. އެކަން ހިނގީ އެގޮތަށް ނަމަ އެއީ އޮޅުވާލުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. .
ބިދޭސީންނަށް ބިން މިލްކު ކުރެވޭ އިސްލާހާ ދެކޮޅަށް މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވެސް އަމީތު ވަނީ ވާހަކަ ދައްކަވައިފަ އެވެ. އޭނާ އޭރު ވިދާޅުވީ "ލިބިދާނެ މާލީ ފައިދާއަކަށް ގައުމުގެ އިސްތިގުލާލު ގުރުބާން ވެދާނެ ކަމެއް ކޮށްގެން ނުވާނެ" ކަމަށެވެ. އަދި މިއީ ސަރުކާރާ ދެކޮޅަށް އަމީތު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރު ވެސް މެ އެވެ.
އަމީތަކީ ވެސް ބިދޭސީންނަށް ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހާ އެއްކޮޅަށް ވޯޓު ދެއްވި މެމްބަރެކެވެ.
ނިހާންގެ އޯޑިިއޯގައިވާ ގޮތުން ރާއްޖޭގެ ބިމެއް ބޭރުގެ ފަރާތްތަކަށް ދެވޭނީ 99 އަހަރަށް ކަމަށް ގާނޫނުއަސާސީގައި އޮތުމުން، ރާއްޖޭގައި އިންވެސްޓް ކުރަން ސައޫދީގެ ޝާހީ އާއިލާ އިން ދެކޮޅު ހެދި އެވެ. ގާނޫނުއަސާސީ އަށް ބަދަލު ގެނައީ އެހެންވެގެން ކަމަށާއި އެކަމަކު އެކަން ކުރީ ޝާހީ އާއިލާ އިން ބޭނުންވެގެން ކަން ސިއްރުކުރަން އެ އާއިލާ އިން ބޭނުންވީ ކަމަށް އެ އޯޑިއޯގައި ނިހާން ވިދާޅުވެފައިވެ އެވެ.
ސައޫދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު އިއްޔެ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނިކޮށް، ކުއްލި ގޮތަކަށް ވަނީ އެ ދަތުރުފުޅު ކެންސަލްކޮށްފަ އެވެ. އެ ދަތުރުފުޅުގައި އިގްތިސާދީ މުހިންމު އެއްބަސްވުންތަކެއްގައި ސައުދީ އާއި ރާއްޖެއިން ސޮއިކުރާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.
ނިހާނާއި ޑރ. ޝަހީދާ ދެމެދު ބަހުގެ ހޫނު ހަމަލަތަކެއް
ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީ މެމްބަރުންގެ ތާއީދު
ކުރިއަށް ދާނީ ފ. އަތޮޅުން ދެއްކި މިސާލުން: އަމީތު
ފ. މަޝްރޫއު ނުހުއްޓޭ، މަޝްރޫއު ގެންނާނެ:އަލީ އާރިފް
ފ. މަޝްރޫއު ހުއްޓިފައިވާ ކަމުގެ އިޝާރާތެއް
މައްސަލައަކީ ކޮބައިތޯ؟
"ޑީލް ސިއްރު ކުރަން ސައުދީ ޝާހީ އާއިލާއިން ބޭނުންވޭ"
ފ. ގެ މައްސަލާގައި ބިރުދެއްކުން ހުއްޓާލަން ގޮވާލައިފި
ފ. އަތޮޅު މަޝްރޫއާ ބެހޭ މައުލޫމާތު މަޖިލީހަށް ނުލިބޭ
ސައޫދީ އެމްބަސީގެ ބަޔާނުން ފަހުމުވީ ކޮން އެއްޗެއް؟