ބެއިޖިން (މާޗް 16) - ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް އޭޝިއާގެ ގައުމުތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ޗައިނާ އަށް ވަޑައިގެން ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން 65 ބިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ.
16 މާޗް 2017
ބެއިޖިން (މާޗް 16) - ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް އޭޝިއާގެ ގައުމުތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ޗައިނާ އަށް ވަޑައިގެން ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން 65 ބިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ.
ތެލަށް ބަރޯސާވުން ކުޑަކުރުމުގެ ގޮތުން ސައުދީން ފަށާފައިވާ އިގްތިސާދީ އިސްލާހީ ޕްރޮގްރާމުގެ ދަށުން ދުނިޔޭގެ އެކި ގައުމުތަކާ އެކު ވިޔަފާރީގެ އާ އެއްބަސްވުންތައް ގާއިމް ކުރަމުންދާ އިރު ޗައިނާ އަކީ ސައުދީގެ އިގްތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ގައުމެކެވެ. ޗައިނާ އަކީ ސައުދީގެ ތެޔޮ އެންމެ ގިނައިން އެތެރެކުރާ ގައުމެވެ. އަދި އެއީ ދުނިޔޭގެ ދެ ވަނަ އަށް އެންމެ ބޮޑު ތެލުގެ މާކެޓް އޮތް ގައުމެވެ. ރަސްގެފާނުގެ މި ދަތުރުފުޅުގައި ސައުދީ ސަރުކާރުގެ ކުންފުނި އަރާމްކޯގެ ހިއްސާ އަންނަ އަހަރު ވިއްކަން ތައްޔާރުވާ އިރު އެކަމުގެ މައުލޫމާގު ޗައިނާ ކުންފުނިތަކަށް ދިނުން ވެސް ހިމެނެ އެވެ.
"ސައުދީ ރަސްގެފާން ޗައިނާ އަށް ދަތުރުފުޅެއް ކުރެއްވުމަކީ ދެ ގައުމުގެ ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް،" ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވި އެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު ޒަން މިންގް ވިދާޅުވީ ދެ ގައުމުގެ މެދުގައި ސޮއިކުރި އެމްއޯޔޫތަކުގެ އަގު 65 ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ. ނަމަވެސް މި އެއްބަސްވުންތަކާ ގުޅޭ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ސައޫދީގައި އީރާންގެ އެމްބަސީ ހުޅުވައިފި
ޗައިނާ އިއްތިހާދުގައި ސައޫދީ ބައިވެރިވާނެ
ރައީސް ޝީގެ ސައޫދީ ދަތުރުފުޅު ނިންމަވާލައްވައިފި
އާ ގުޅުމެއްގެ އުންމީދުގައި ރައީސް ޝީ ސައޫދީ އަށް
އިންޑިއާއަށް އަދަބު ދޭން ޓްރަމްޕް ޖެއްސެވި ހިސާބު ގޯސް
އެސްސީއޯގެ ދައުރު ފުޅާކުރެވޭނެ ތަސައްވުރެއް ހުށަހަޅައިފި
އިންޑިއާ-ޗައިނާ، ވާދަވެރިކަން ދޫކޮށް ބައިވެރިންނަށް!
ޗައިނާ އާއި ރާއްޖޭގެ ގުޅުމަށް ރައީސްގެ ތައުރީފު
ރާއްޖޭގެ ގައުމީ ތަރައްގީއަށް ޗައިނާގެ އެހީގެ ޔަގީންކަން
ރައީސް ޗައިނާ އަށް ފުރާވަޑައިގެންފި