16 މާޗް 2017
ސްވައިން ފްލޫ ނުވަތަ އެޗް1އެން1 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް، އެ ބަލި ކޮންޓްރޯލް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހެލްތު މިނިސްޓަރު ނާޒިމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ސްވައިން ފްލޫ ނުވަތަ އެޗް1އެން1 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް، އެ ބަލި ކޮންޓްރޯލް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހެލްތު މިނިސްޓަރު ނާޒިމް އިއްޔެ ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ނާޒިމް އެހެން ވިދާޅުވިއިރު، އެޗްޕީއޭއިން މިއަދު އާންމު ކުރި ހިސާބުތައް ދައްކާ ގޮތުން އިއްޔެއާ ހަމަ އަށް 335 މީހަކު ވަނީ ސްވައިން ފްލޫ އަށް ޓެސްޓުކޮށްފަ އެވެ. އޭގެ ތެރެއިން 105 (33 ޕަސެންޓް) މީހުން ސްވައިން ފްލޫ އަށް ޕޮޒިޓިވް ވި އެވެ. ހާލު ބޮޑު ހަތަރު މީހަކަށް އައިޖީއެމްއެޗުން ފަރުވާ ދެމުން އަންނަ އިރު، އޭގެ ތެރެއިން ދެ މީހަކު ސްވައިން ފްލޫ އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. ދެ މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.
ހެލްތު މިނިސްޓަރު ވިދާޅުވީ ހުމުގެ ރޯގާ އާންމުވަމުންދާތީ، ސިއްހީ ހިދުމަތް ފަސޭހައިން ލިބޭނެ ނިޒާމު ގާއިމްކޮށްފައިވާ ކަމަށެވެ. އޭނާ އެ ފާހަގަކުރައްވަނީ އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލުން ފްލޫ ކްލިނިކްގެ ހިދުމަތް 24 ގަޑިއިރު ދޭ ކަމެވެ. އޭގެ އިތުރުން ވެކްސިނާއި ބޭސް ހުސްވުމެއް ނެތި ލިބެން ހުރުމެވެ.
ހެލްތު މިނިސްޓަރު ނާޒިމް އިއްޔެ "މިހާރު"އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
"ތިންވަނަ ކަމަކީ ހުރިހާ ހެލްތު ޕްރޮފެޝަނަލްސް މިކަމަށް ހުސްވެ ތިބުން. ހަތަރުވަނަ ކަމަކީ އިތުރަށް ބޭނުންވާ ބޭސް ގެނައުމުގެ ނިޒާމް މިހާރު ވަނީ ހަމަޖެހިފައި. އެ މީހުންނާ ގުޅުން އެބައޮތް،" ނާޒިމް ވިދާޅުވި އެވެ.
"ކޮމިއުނިކޭޓް ކުރުމާއި ފައިސާ ދައްކާ ކަމަށް ވަންޏާ ފައިސާ ދެއްކުމާއި ޝިޕްކުރުން ވެސް ކުރިއަށް ދޭ. މިއަދު އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުން ކަލްކިއުލޭޓް ކޮށްފި، މުޅި ރާއްޖޭގައި ތިބި ހުރިހާ މާބަނޑު މީހުންނާއި ކުޑަކުދިންނަށް ވެކްސިން ޖަހާ ކަމަށް ވަންޏާ ބޭނުންވާނެ ވަރު. އެއް ލައްކަ ޑޮލަރުގެ އެއްޗެހި ގެންނަން ބޭނުންވެއްޖެ ނަމަ އެކަން ކުރަން ވެސް މިތިބީ ތައްޔާރަށް."
ޑޮކްޓަރުންނާ ހަވާލާ ދެއްވައި ނާޒިމް ވިދާޅުވީ މިފަަދަ ރޯގާތައް އާންމު ގޮތެއްގައި 1-2 ހަފުތާ ތެރޭގައި ހަމަޔަކަށް އެޅޭނެ ކަމަށެވެ. ނަމަވެސް ބޮޑު ބައްޔެއްގައި އުޅޭ މީހުންނަށް ހުމުގެ ރޯގާ ޖެހިއްޖެ ނަމަ ސީރިއަސް ވާނެ ކަމަށް ޑޮކްޓަރުން ވިދާޅުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި މިވަގުތު ބޮޑަށް ބޭނުންވަނީ އެންމެ ބޭނުންވާ މީހުންނަށް ވެކްސިން ދިނުމެވެ.
އޭނާ ވިދާޅުވީ އެޗް1އެން1 އާ މެދު މިއަދު ދުނިޔޭގައި ދެކެނީ، ދޫނި ރޯގާ ފެތުރުނުއިރު އޮތް ފަދަ ބިރުވެރި ކަމެއް ނޫން ކަމަށެވެ.
ސިއްރު ކުރަންޖެހޭ އެއްވެސް ކަމެއް ނޯންނާނެ: ނާޒިމް
އިންފްލުއެންޒާ ވެކްސިން ލިބުމުގައި ދައްޗެއް ނެތް:ނާޒިމް
އައްޑޫގައި ޑެންގީ އިތުރުވަނީ، އެންމެ ގިނައީ ހިތަދޫގައި
ވަޒީފާގައި ތިބެގެން ނަރުހުންނަށް ކިޔެވޭނެމަގު ހޯދައިދެނީ
ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުން ފަސްކޮށްފި
ކުޅުދުއްފުށީ ހޮސްޕިޓަލަށް 50މިލިއަން ރުފިޔާ ހޭދަކުރަނީ
ހުޅުމާލޭގައި ފުލޫ ކްލިނިކެއް ހުޅުވައިފި
އައިބުތަކާ އެކު އުފަންވާ ކުދިންގެ އަދަދު އިތުރުވަނީ
ޓީބީ ނައްތާލުމުގެ ގައުމީ ކެމްޕެއިނެއް ފަށައިފި
ނަރުހުންގެ 50 ޕަސެންޓަކީ ބިދޭސީން، ދިވެހިން ބޭނުންވޭ