16 މާޗް 2017
ރާއްޖޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ހުމުގެ ރޯގާ ޖެހޭ މީހުންނަށް ބޭނުންވާ އިންފްލުއެންޒާ ވެކްސިން އަދި ބޭސް ވެސް އެބަހުރި ކަމަށާއި އެކަމުގައި އެއްވެސް ދައްޗެއް ނެތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ހުމުގެ ރޯގާ ޖެހޭ މީހުންނަށް ބޭނުންވާ އިންފްލުއެންޒާ ވެކްސިން އަދި ބޭސް ވެސް އެބަހުރި ކަމަށާއި އެކަމުގައި އެއްވެސް ދައްޗެއް ނެތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ސްވައިން ފްލޫ ނުވަތަ އެޗް1އެން1 އާ ގުޅޭ ގޮތުން އެޗްޕީއޭ އިން މިދިޔަ ހޯމަދުވަހު ބޭއްވި ފުރަތަމަ ޕްރެސް ބްރީފިންގައި ޑޮކްޓަރުންގެ ޓީމުން ބުނެފައި ވަނީ ރާއްޖޭގައި ހުރީ އިންފްލުއެންޒާގެ "ލިމިޓެޑް ސްޓޮކް" އެއް ކަމަށެވެ.
ނަމަވެސް "މިހާރު" އާ އިއްޔެ ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ އެގޮތަށް ބުމުން، އާންމުންނަށް މާނަ ނެގޭ ގޮތް "ވަރަށް ބިރުވެރި ގޮތަކަށް" ވެދާނެ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އިންފްލުއެންޒާ ވެކްސިން އަކީ އާންމުކޮށް ރާއްޖޭގައި ހުންނަ ވެކްސިނެއް ނޫނެވެ. އިންފްލުއެންޒާ ވެކްސިން ރާއްޖެ އަށް އާންމުކޮށް ގެންނަނީ ހައްޖަށާއި އުމްރާ އަށް ދާ މީހުންނަށް ހާއްސަކޮށްގެންނެވެ. އެކަމަށް ބޭނުންވާ މިންވަރަށް އަބަދުވެސް ރާއްޖޭގައި އިންފްލުއެންޒާ ވެކްސިން ހުންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ޑޮކްޓަރުން ވިދާޅުވަނީ މި ވެކްސިނަކީ އަޅުގަނޑުމެން މިއަދު ބަލިވީމާ ވެކްސިން ޖަހައިގެން ރަނގަޅު ވާ ބައްޔެއް ނޫނޭ. މިއީ އެތައް ދުވަހެއް ކުރިން ޖަހަން ޖެހޭ ވެކްސިނެއް ނޫން. އަދި އަޅުގަނޑުމެންގެ ޕެކޭޖުގައި ވެސް ހިމެނޭ ވެކްސިނެއް ނޫން. އަޅުގަނޑުމެންގެ ރައްޔިތުން މި ވެކްސިން ޖަހާނީ ހައްޖަށާއި އުމްރާ އަށް ދާން އެކަނި. ބައެއް ގައުމުތަކުގައި ވިސާ ޖަހަން ވެސް މި ވެކްސިން ޖަހާ،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިވަގުތަށް ބޭނުންވާ މިންވަރަށް އިންފްލުއެންޒާ ވެކްސިން ރާއްޖޭގައި މިހާރު ވެސް އެބަހުއްޓެވެ. އަދި ގެނައުމުގެ މަގުމަތީގައި ވެސް ވެކްސިން އެބަހުރި ކަމަށް ނާޒިމް ވިދާޅުވި އެވެ.
"މިއީ ބަލްކްކޮށް ގެނެސް ބެހެއްޓޭނެ އެއްޗެއް ވެސް ނޫން. ބޭނުންވާ މިންވަރަކަށް ގެނެވޭ ވެކްސިނެއް މިއީ. މި އަންނަ ހަފުތާގައި ވެސް ވެކްސިން އަންނާނެ. [ވެކްސިން] ފޮނުވައިދޭން ވެސް މީސްމީހުން ތިބީ ތައްޔާރަށް. ވެކްސިން ހޯދުމުގެ ބިރުވެރިކަމެއް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.
"ޑަބްލިއުއެޗްއޯ އާއި ޔުނިސެފްގެ އެހީތެރިކަން ވެސް ވަރަށް އެބަލިބޭ. ވެކްސިން އަޅުގަނޑުމެންނަށް މި ފޮނުވައިދެނީ ޔުނިސެފުން. އެ ބޭފުޅުން ވެސް އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވެފައި ވަނީ. ކައިރީގެ އަވައްޓެރި ގައުމުތަކުގައި އެދުނަސް އަޅުގަނޑަށް ޔަގީން އެހީތެރިކަން ދެއްވާނެ."
ޑޮކްޓަރުންގެ ލަފާގެ މަތިން މިހާރު އިންފްލުއެންޒާ ވެކްސިން ޖަހަނީ، މިހާރު ފެތުރެމުންދާ ހުމުގެ ރޯގާއާ ގުޅިގެން، މާބަނޑު މީހުންނަށް އެކަންޏެވެ. ނާޒިމް ވިދާޅުވީ ކުޑަކުދިންނަށް ވެސް އެ ވެކްސިން ޖަހަން ޑޮކްޓަރުން ލަފާދީފި ނަމަ، އެކަން އެގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި މިހާރު ތިބި މާބަނޑު މީހުންނަށް ބޭނުންވާ މިންވަރަށް ވެކްސިން އެބަހުއްޓެވެ.
ނާޒިމް ވިދާޅުވީ ސްވައިން ފްލޫ ޖެހޭ މީހުންނަށް ހާއްސަ ބޭހުގެ ސްޓޮކް ވެސް ރާއްޖޭގައި އެބަހުއްޓެވެ. އަދި އިތުރަށް ބޭނުންވާ މިންވަރަށް ބޭހަށް ވެސް އޯޑަރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ހެލްތު މިނިސްޓަރު ނާޒިމް އިއްޔެ "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
"އެއީ ވަރަށް މަދު ހާލަތެއްގައި ޑޮކްޓަރުން ލިޔުއްވާ ބޭހެއް. ޑޮކްޓަރުންނާ އަޅުގަނޑު ވާހަކަ ދައްކާލީމާ ވިދާޅުވީ އެއީ މާ ބައިވަރު ބޭނުންވާ ބޭހެއް ނޫނޭ. ވަރަށް ސިވިއާ ކޭސްތަކުގައި ދޭ ބޭހެކޭ. އެހެން ނޫނިއްޔާ ޕެރެސެޓަމޯލް އޭ މިދެނީ. ދެން ގިނައިން ދިޔާ އެއްޗެހި ދިނުމާއި ނިދި ކޮންޓްރޯލް ކުރުމާއި އަރާމު ކުރުން ފަދަ ކަންތައް ކުރަން ޖެހެނީ. އެންމެ މުހިންމު ކަމަކީ ހުން ފެތުރުނަ ނުދިނުން،" ނާޒިމް ވިދާޅުވި އެވެ.
އެޗްޕީއޭއިން ރޭ އާންމު ކުރި ހިސާބުތައް ދައްކާ ގޮތުން އިއްޔެއާ ހަމަ އަށް 279 މީހަކު ވަނީ ސްވައިން ފްލޫ އަށް ޓެސްޓުކޮށްފަ އެވެ. އޭގެ ތެރެއިން 82 (29 ޕަސެންޓް) މީހުން ސްވައިން ފްލޫ އަށް ޕޮޒިޓިވް ވި އެވެ. ހާލު ބޮޑު ހަތަރު މީހަކަށް އައިޖީއެމްއެޗުން ފަރުވާ ދެމުން އަންނަ އިރު، އޭގެ ތެރެއިން ދެ މީހަކު ސްވައިން ފްލޫ އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެޗް1އެން1 ކޮންޓްރޯލް ކުރެވޭނެ ކަން ޔަގީން: ނާޒިމް
ސިއްރު ކުރަންޖެހޭ އެއްވެސް ކަމެއް ނޯންނާނެ: ނާޒިމް
ކުޑަކުދިންނަށް ވެކްސިން ޖެހުން އައިޖީއެމްއެޗުގައި
އެހެން ބަލިތަކުގެ މީހުންނަށް ވެސް ވެކްސިން ޖަހަނީ
ތެލެސީމިއާ މީހުންނަށް އާސަންދައިން ވެކްސިން ޖަހައިދެނީ
ރޯގާ ޖެހިގެން ދައްކާ މީހުން އަނެއްކާ ވެސް އިތުރުވެއްޖެ
އެޗް1އެން1 ގިނަ މީހުންގެ ފަރާތުން ނުފެނޭ: ނިޔާފް
އިންފްލުއެންޒާ ވެކްސިނާއި ބޭހާއި މާސްކް އަދި ޓެސްޓްތައް
ސްވައިންފްލޫ ފެތުރޭތީ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފި
ހިމަބިހި ނައްތާލުމުގެ ގައުމީ ކެމްޕޭން ފަށައިފި