15 މާޗް 2017
ސްވައިން ފްލޫ އާއި ހުމުގެ ރޯގާ ރާއްޖޭގައި އިތުރަށް ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ހޯދުމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ސްވައިން ފްލޫ އާއި ހުމުގެ ރޯގާ ރާއްޖޭގައި އިތުރަށް ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ހޯދުމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލިހުގެ ކޮމެޓީ އަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ހަލުއިކަމާއެކު ފެތުރެމުންދާ ހުމާއި ރޯގާއާ އެކު ސްވައިން ފްލޫ ޖެހޭ މީހުންގެ އަދަދު ގިނަވަމުން ދާތީ އެކަން ހުއްޓުވުމަށް ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދޭތޯ ބަލައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ސްވައިންފްލޫ އިން ދިފާއުވުމަށް އެކަށީގެންވާ ވަރަށް ވެކްސިން ރާއްޖޭގައި ނެތް ކަމަށާއި އަދި ބައެއް ރަށްރަށުގައި މި ބައްޔަށް ދެވޭނެ ފަރުވާއެއް ނެތް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވެ އެވެ.
ނަމަވެސް އެ ވާހަކަތައް ހެލްތު މިނިސްޓްރީން ވަނީ ދޮގުކޮށްފަ އެވެ.
ރިޔާޒް ވިދާޅުވީ މަޖިލީހަކީ ރައްޔިތުން ތަމްސީލް ކުރަން ތިބޭ ރައްޔިތުންގެ ޙާދިމުން ކަމަށްވާއިރު، ރައްޔިތުން ކަންބޮޑުވާ ދަނޑިވަޅުތަކުގައި ސިޔާސީ ފިކުރަށް ވުރެ، ގައުމު އިސް ކުރަންޖެހެ އެވެ. އަދި މައްސަލަ ބަލައި ރައްޔިތުންގެ ރައްކާތެރި ކަމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމުގެ ޔަގީންކަން ދިނުމަށް ވެސް އޭނާ އެދިވަޑައިގެންފައި ވެ އެވެ.
އެޗް1އެން1 އަށް ޝައްކު ކުރެވިގެން މިހާތަނަށް ޓެސްޓްކުރި 251 މީހުންގެ ތެރެއިން 50 އަށް ވުރެ ގިނަ މީހުން އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ އިރު ބަލި ޖެހުނު އެކަކު މަރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ބުނެފަ އެވެ. ރާއްޖޭގައި ނުރައްކާތެރި މިންވަރަކަށް ހުން ފެތުރޭތީވެ ސްކޫލްތަކާއި ޔުނިވާސިޓީތަކުގެ ކިޔެވުން ވެސް ވަނީ މެދުކަނޑާލައިފަ އެވެ.
ޓާސްކް ފޯސް އެންގީ ކޮމެޓީއަށް ހާޒިރުވާން ދަތިވާ ކަމަށް
އެޗް1އެން1ގެ ޓާސްކް ފޯސް މަޖިލިހަށް ހާޒިރުކުރަނީ
ސްވައިން ފްލޫއަށް މާ ބޮޑު ހައްލެއް ނާދޭ: މެމްބަރުން
ކުޑަކުދިންނަށް ވެކްސިން ޖެހުން އައިޖީއެމްއެޗުގައި
އެޗް1އެން1 ގިނަ މީހުންގެ ފަރާތުން ނުފެނޭ: ނިޔާފް
މާބަނޑު މީހުންނަށް އިންފުލުއެންޒާ ވެކްސިން ދެނީ
އެޗް1އެން1 އޮތީ އާދައިގެ ހާލަތެއްގައި: އެޗްޕީއޭ
ރޯގާއާ ގުޅިގެން ބައެއް އޮޕަރޭޝަންތައް މެދުކަނޑާލައިފި
ރޭ މަރުވީ އެހެން ބައްޔަކަށް ފަރުވާ ހޯދާ މީހެއް
ސްވައިން ފްލޫ ޖެހިގެން އަންހެނަކު މަރުވެއްޖެ