30 މާޗް 2017
ރާއްޖޭގައި ހަލުވިކަމާ އެކު ފެތެރެމުން ދާ އެޗް1އެން1ގެ ކަންކަން ބަލާ ޓާސްކް ފޯސް، ރައްޔިތުންގެ މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހާޒިރުވާން ދަތިވާ ކަމަށް އެންގުމުން ކޮމެޓީ ބައްދަލުވުން ރޭ ކެންސަލްކޮށްފި އެވެ.
ރާއްޖޭގައި ހަލުވިކަމާ އެކު ފެތެރެމުން ދާ އެޗް1އެން1ގެ ކަންކަން ބަލާ ޓާސްކް ފޯސް، ރައްޔިތުންގެ މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހާޒިރުވާން ދަތިވާ ކަމަށް އެންގުމުން ކޮމެޓީ ބައްދަލުވުން ރޭ ކެންސަލްކޮށްފި އެވެ.
ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެޖޯރިޓީ އޮންނަ ކޮމެޓީގެ މުގައްރިރު، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވީ ބައްދަލުވުން ކެންސަލް ކުރަން ޖެހުނީ ޓާސްކް ފޯސްގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނަށް ކޮމެޓީއަށް ހާޒިރުނުވެވޭނެ ކަމަށް އެންގުމުން ކަމަށެވެ.
"ޓާސްކް ފޯހުން އެންގީ ރޭގެ ބައްދަލުވުމަށް ހާޒިރުވާން ދަތިވާ ކަމަށް، އެހެން ދުވަހެއްގައި ބައްދަލުވުން ބާއްވައި ދިނުމަށް އެދުނު،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓާސްކް ފޯސްގެ މެމްބަރުންނާ ވާހަކަ ދައްކައިގެން، މެމްބަރުންނަށް ފަސޭހަ ގަޑިއެއްގައި ކޮމެޓީ ބައްދަލުވުން ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އަލުން ބާއްވާނެ ދުވަހެއް ރިޔާޒް ވިދާޅެއް ނުވެ އެވެ.
ސްވައިން ފްލޫ ނުވަތަ އެޗް1އެން1 ފެތުރުން ހުއްޓުވަން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ހޯދަން ކޮމެޓީއަށް ހުށަހެޅުއްވީ ކުރީގެ ޕޮލިސް ކޮމިޝަނަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އެޗް1އެން1އަށް ޓެސްޓްކުރި 600 އަށް ވުރެ ގިނަ މީހުންގެ ތެރެއިން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަަދަދު 222 އަށް ވަނީ އަރައިފަ އެވެ. އަދި އެޑްމިޓްކޮށްގެން 20 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އެޗް1އެން1 ޖެހިގެން މިހާތަނަށް ހަ މީހަކު ވަނީ މަރުވެފަ އެވެ.
އެޗް1އެން1ގެ ޓާސްކް ފޯސް މަޖިލިހަށް ހާޒިރުކުރަނީ
ސްވައިންފްލޫ ފެތުރޭތީ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފި
ސްވައިން ފްލޫއަށް މާ ބޮޑު ހައްލެއް ނާދޭ: މެމްބަރުން
މާބަނޑު މީހުންނަށް އިންފުލުއެންޒާ ވެކްސިން ދެނީ
އެޗް1އެން1 އޮތީ އާދައިގެ ހާލަތެއްގައި: އެޗްޕީއޭ
ކުޑަކުދިންނަށް ވެކްސިން ޖެހުން އައިޖީއެމްއެޗުގައި
ރޯގާއާ ގުޅިގެން ބައެއް އޮޕަރޭޝަންތައް މެދުކަނޑާލައިފި
އެޗް1އެން1 ގިނަ މީހުންގެ ފަރާތުން ނުފެނޭ: ނިޔާފް
ރޭ މަރުވީ އެހެން ބައްޔަކަށް ފަރުވާ ހޯދާ މީހެއް
ކޮވިޑާއެކު، ޑެންގީ އާއި ރޯގާ ވެސް އިތުރުވަނީ!