Roadha Mihaaru

މަސްތުވާތަކެއްޗާ އެކު، އެއްމާބަނޑުދެބެއިން ހައްޔަރުކޮށްފި

ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު އެއްމާބަނޑު ދެބެއިން ހައްޔަރުކޮށްފި އެވެ.

މަސްތުވާތަކެއްޗާއެކު އެއްމާބަނޑުދެބެއިން ހައްޔަރުކޮށްފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

18 އެޕްރީލް 2025

ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު އެއްމާބަނޑު ދެބެއިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އާއި ހުޅުމާލޭ ސްޕެޝަލް އެންފޯސްމަންޓް ޓީމާއި ހުޅުމާލެ 1 ގެ އިންވެސްޓިގޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެެވެ.

އެ މައްސަލާގައި ހައްޔަރުކުރީ އުމުރުން 28 އަހަރުގެ އެއްމާބަނޑުދެބެއިން ކަމަށްވާ، މ. އަލިހަވާ، ރާއިފު ޔޫސުފާއި ރާއިގު ޔޫސުފެވެ.

ފުލުހުން ބުނި ގޮތުގައި އެ ދެމީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން، އެ މީހުން ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރުމަށް ފަހު އެވެ.

އެތަނުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެެވެ. އޭގެ ތެރޭގައި ފްލޭވާ ފުޅިތަކާއި ވީޑް ގްރައިންޑަރާއި ވޭޕްތަކާއި ކަޓަރާއި މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓްތައް ފެނުނު ކަމަށް ފުލުހުން ބުންޏެެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތަކީ މުޖުތަމައުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަަވަރުކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށެވެ.