Roadha Mihaaru
ކިލޯއެއްގެ މަސްތުވާތަކެއްޗާއެކު 7 މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ އިން ކިލޯއެއްގެ މަސްތުވާތަކެތި ހޯދައި ހަތް މީހަކު ހައްޔަރުކޮށްފި

18 ޖުލައި 2024

ހުޅުމާލޭގައި މިދިޔަ އަންގާރަ ދުވަހު ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި އެއް ކިލޯގެ މަސްތުވާތަކެއްޗާ އެކު، ހަތް މީހަކު ހައްޔަރު ކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހުޅުމާލޭގައި މިދިޔަ އަންގާރަ ދުވަހު ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި އެއް ކިލޯގެ މަސްތުވާތަކެއްޗާ އެކު، ހަތް މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ހުޅުމާލޭގައި ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ދެ އެޕާޓްމަންޓަކާއި ދެ ކާރު ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންގައި 1085.71 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަނުގައި ހައްޔަރުކުރީ އުމުރުން 18 އަހަރާއި 39 އަހަރާ ދެމެދުގެ ހަތް މީހުން ކަމަށް ފުލުހުން ބުންޏެވެ.

އެ އެންމެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގުގެ ބޭނުމަކަށް 10 ދުވަހަށް ބަންދުކުރަން އެ ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.