ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ފަހު ސެމީގައި މިރޭ ވާދަވެރި ކުޅުމަކަށް ފަހު 3-2 ސެޓުން ހުރާ ކޮމިއުނިޓީ ކްލަބް ބަލިކޮށް، ޗެމްޕިއަން ވެމްކޯ ފައިނަލްގެ ފަހު ޖާގަ ހޯދައިފި އެވެ.
ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ފަހު ސެމީގައި މިރޭ ވާދަވެރި ކުޅުމަކަށް ފަހު 3-2 ސެޓުން ހުރާ ކޮމިއުނިޓީ ކްލަބް ބަލިކޮށް، ޗެމްޕިއަން ވެމްކޯ ފައިނަލްގެ ފަހު ޖާގަ ހޯދައިފި އެވެ.
މިރޭ ކުޅުނު ފޯރި ގަދަ މެޗުގެ ފުރަތަމަ ސެޓް 25-18 އިން ގެންދިޔައީ ހުރާ އެވެ. ދެވަނަ ސެޓު ވެމްކޯ 25-18 އިން ގެންދިޔަ ނަމަވެސް ހުރާ ވަނީ ހިތްވަރު ކޮށްގެން 26-24 އިން ތިންވަނަ ސެޓު ގެންގޮސް ލީޑު ނަގައިފަ އެވެ.
ފަސްވަނަ ސެޓަކަށް ދިޔައީ ހަތަރުވަނަ ސެޓުގައި 26-24 އިން ވެމްކޯ ކުރި ހޯދުމުންނެވެ. ފައިނަލްގެ ޖާގަ ވެމްކޯ ކަށަވަރު ކުރީ ފަހު ސެޓު 15-10 އިން ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ނޮކްޔޫން ޕައޮވާނާ އެވެ.
އެސޯސިއޭޝަން ކަޕްގެ ތިންވަނަ ހޯދި ހުރާ ކޮމިއުނިޓީ ކްލަބް.-- ފޮޓޯ: ވީއޭއެމް
ހުރާ މިފަހަރުގެ ސެމީއަށް ދަތުރު ކުރީ ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ފަހު ސެމީ އަށް ހުރާ ހޮވުނީ، ފުރަތަމަ ސެމީގައި ފްލެކްސާ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ.
މެޗަށް ފަހު ހުރާ އަށް ވަނީ އެސޯސިއޭޝަން ކަޕްގެ ތިންވަނަ ޓީމަށް ދޭ ބްރޯންޒް މެޑަލް ވެސް ހަވާލު ކޮށްފަ އެވެ.
ވެމްކޯ އަކީ ފާއިތުވި ހަތަރު އަހަރުގެ އެސޯސިއޭޝަން ކަޕް ޗެމްޕިއަނުންނެވެ. އެޓީމު ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ހޯދައިފަ އެވެ. ފުރަތަމަ ސެމީގައި ޕޮލިސް ކްލަބް އަތުން ބަލިވި ނަމަވެސް ދެވަނަ ސެމީގެ ކާމިޔާބާ އެކު އެޓީމު މިވަނީ ފައިނަލަށް ދަތުރު ކޮށްފަ އެވެ.
ފައިނަލްގައި ވެމްކޯ ބައްދަލުކުރާނީ ފާއިތުވި ހަތަރު އަހަރު ވެސް އެޓީމުން ފައިނަލްގައި ބަލިކުރި ޕޮލިސް ކްލަބާ އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުޅޭ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މާދަމާ ރޭ 8:30ގަ އެވެ.
ވެމްކޯ ފަސްވަނަ ފަހަރަށް ވީއޭއެމް ކަޕް ހޯދައިފި
ވެމްކޯ ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ޕޮލިހަށް
ވެމްކޯ އާއި ޕޮލިސް ވެސް އެއް ވަނައިގައި ސެމީ އަށް
ވެމްކޯ އާއި ޕޮލިސް އެސޯސިއޭޝަން ކަޕް ފެށީ މޮޅަކުން
ވީއޭއެމް ކަޕް ހަތަރު ވަނަ ފަހަރަށް ވެމްކޯއަށް
އެސޯސިއޭޝަން ކަޕުގެ ފުރަތަމަ މެޗަށް ޓީމު ހާޒިރެއް ނުވި
ހިރިލަންދޫ ޒުވާނުން ޑޮމިނޭޓްކުރި ސިޓީއަށް ޗެމްޕިއަން
ވެމްކޯއިން ވޮލީބޯޅަ އެސޯސިއޭޝަން ކަޕް މިލްކު ކޮށްފި
ވާދަވެރި މެޗުގައި އާބަންކޯ ބަލިކޮށް ވެމްކޯ ފައިނަލަށް
ޗެމްޕިއަން ސިޓީ ކަޓައިފި، އަލަށް ކުޅޭ ސިޓީ ފަައިނަލަށް