ހުޅުމާލެ 2 ގައި ހުންނަ ސޮނީ ސްޕޯޓްސް ލައިފްސްޓައިލް ފިހާރައިގައި ބޮޑެތި ޑިސްކައުންޓުތަކަކާ އެކު، ކުރިއަށް ގެންދާ "ފައްކާ ހަފްތާ" ސޭލް އަންނަ އާދިއްތަ ދުވަހު ފަށަން ނިންމައިފި އެވެ.
17 އެޕްރީލް 2025
ހުޅުމާލެ 2 ގައި ހުންނަ ސޮނީ ސްޕޯޓްސް ލައިފްސްޓައިލް ފިހާރައިގައި ބޮޑެތި ޑިސްކައުންޓުތަކަކާ އެކު، ކުރިއަށް ގެންދާ "ފައްކާ ހަފްތާ" ސޭލް އަންނަ އާދިއްތަ ދުވަހު ފަށަން ނިންމައިފި އެވެ.
ވިނަރެސް ފްލެޓް 4 ގައި ހުންނަ ސޮނީ ސްޕޯޓްސްގައި މި ސޭލް ކުރިއަށް ގެންދާނީ އާދިއްތަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށެވެ.
"ފައްކާ ހަފްތާ" ސޭލްގައި ސޮނީ ސްޕޯޓްސް އިން ވިއްކާ އެކި ބްރޭންޑުތަކުގެ ގިނަ ޕްރޮޑަކްޓުތަކަކުން 75 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. ޑިސްކައުންޓު އަގުތަކުގައި ފުޓްވެއާ 250ރ. އާއި 750ރ. އާ ދެމެދު ލިބެން ހުންނާނެ ކަމަށާއި ސްޕޯޓްސް އަދި ފެޝަން ކްލޯތިން 175ރ. އާއި 450ރ. އާ ދެމެދުގެ އަގުތަކުގައި ލިބޭނެ ކަމަށް ސޮނީ ސްޕޯޓްސް އިން ބުންޏެވެ.
ހުޅުމާލެ 2 ގައި ހުންނަ ސޮނީ ސްޕޯޓްސް ލައިފްސްޓައިލް ފިހާރައިގެ އެތެރެ.
އެ ފިހާރަ އިން ބުނީ. އެކި ދުވަސްވަރު "ފައްކާ ހަފްތާ"ގެ ނަމުގައި ބާއްވަމުން އަންނަ ސޭލް އަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށެވެ. އެ ސޭލް އަކީ ސޮނޯ ސްޕޯޓްސް އިން ވިއްކާ މަގުބޫލު، ކޮލިޓީ ރަނގަޅު ބްރޭންޑުތަކުގެ އޮތެންޓިކް ޕްރޮޑަކްޓުތައް ހެޔޮ އަގުގައި ގަތުމަށް ލިބޭނެ ފުރުސަތެއް ކަމަށް ވެސް ބުންޏެވެ. އެ ޕްރޮމޯޝަނުގައި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަ ސްޕޯޓްސް ބޫޓުން ފެށިގެން ސްޕޯޓްސްވެއާ އަދި ސްޓައިލިޝް ރީތި ހެދުންތަކަކުން ޑިސްކައުންޓު ލިބެން ހުންނާނެ ކަމަށް ވެސް ބުންޏެވެ.
ސޮނީ ސްޕޯޓްސްގައި އެޑިޑާސް، ނައިކީ، ކުއިކްސިލްވާ، ރޮކްސީ، ބިލަބޮންގް، ލީވާއި ފަދަ ގިނަ ބްރޭންޑުތަކެއްގެ ޕްރޮޑަކްޓުތައް ހުރެ އެވެ. ސޮނީ ސްޕޯޓްސް ލައިފްސްޓައިލް ފިހާރަ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން މެންދުރު 12 އަށް، މެންދުރު 2 އިން ހަވީރު 6 އަށް އަދި ރޭގަނޑު 8އިން 10 އަށް ހުޅުވާފައި ހުންނާނެ އެވެ.
ހުޅުމާލެ 2 ގައި ހުންނަ ސޮނީ ސްޕޯޓްސް ލައިފްސްޓައިލް ފިހާރައިގެ އެތެރެ.
މީގެ ކުރިން ވެސް ސޮނީ ސްޕޯޓްސް އިން "ފައްކާ ހަފްތާ" ގެ ނަމުގައި ވަނީ ގިނަ ޕްރޮޑަކްޓުތަކަކުން ޑިސްކައުންޓު ދީ، ސޭލް ބާއްވައިފަ އެވެ. އެ ސޭލްތަކަށް ސޮނީ ސްޕޯޓްސްގެ ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނެވެ.
ހުޅުމާލެ 2 ގެ ބޮޑު ބަޔަކުން ކަރަންޓު ކަނޑާލަނީ!
ހިޔާގެ 4 ޓަވަރެއްގެ ލިފްޓުތައް ނިންމައި ޓެސްޓުކުރަނީ
ލަގްޒަރީ ދިރިއުޅުމަކަށް ބޭނުންވާ ފެސިލިޓީތައް ބޭފެންސީގައި
ހުޅުމާލެ 2ގެ އާ ސްކޫލުގައި އަންނަ އަހަރު ކިޔަވައިދެނީ
ތޫނުއެއްޗަކުން މާރާމާރީ ހިންގި ދެ ކުއްޖަކު ހައްޔަރު
ހުޅުމާލޭ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
"4ޓަވަރެއްގައި ލިފްޓު ހަރުކޮށް އޭޕްރީލް މަހު ނިމޭނެ"
ހުޅުމާލެ 2 އަށް ވެލިގާ ހާޑްވެއާގެ ފިހާރައެއް
ހުޅުމާލެ 2ގެ ބަންދު ސަރަހައްދަށް ނުވަންނަން އަންގައިފި
މަރުވިމީހާގެ ފޮޓޯ، މަންޒަރު އާންމު ނުކުރަން އެެދިއްޖެ