Roadha Mihaaru

ސައުދީ ފަންޑުގެ ސީއީއޯ، ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރާތެއް ކުރައްވައިފި

ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓް (ސައުދީ ފަންޑު) ގެ އެންމެ އިސްވެރިޔާ ސުލްތާން އަބްދުއްރަހްމާން އަލް މުރްޝިދު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރާތެއް ކުރައްވައިފި އެވެ.

ސައުދީ ފަންޑުގެ ސީއީއޯ ރައީސް އަރިހަށް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

14 އެޕްރީލް 2025

ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓް (ސައުދީ ފަންޑު) ގެ އެންމެ އިސްވެރިޔާ ސުލްތާން އަބްދުއްރަހްމާން އަލް މުރްޝިދު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރާތެއް ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަަސްމިއްޔާތެއްގައި ވަނީ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް ވެސް މިއަދު އަރުއްވައިފަ އެވެ.

ދިވެހި ސަރުކާރުން އެ ޝަރަފު ސައުދީ ފަންޑުގެ އިސްވެރިޔާއަށް އަރުވާފައި ވަނީ އެ މަނިކުފާނުގެ އިސްނެންގުމުގެ ދަށުން އެ ފަންޑުން ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް ކޮށްދީފައިވާ މުހިއްމު ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ސީއީއޯ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތް ކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް

ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ސީއީއޯ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތް ކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ގައުމީ ތަރައްގީގެ މުހިއްމު ބައެއް މަޝްރޫއުތަކުގެ ގޮތުގައި ފާހަގަކޮށްލެވޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމާއި ސިއްހީ ދާއިރާ އާއި ބޯހިޔާވަހިކަމުގެ ދާއިރާގެ ތަަރައްގީއަށް ދެއްވަމުންދާ އެހީތެރިކަން ފާހަގަކުރައްވައިފަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ މެދުގައި އޮތް ދޭދޭ ގުޅުންތައް ބަދަހިކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ.

‎ދެ ބޭފުޅުން ވަނީ މިހާރު ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް ތާރީހަށް ނިންމުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރައްވައިފަ އެވެ.

އާ ޓާމިނަލް ނިންމަން ދިވެހި ސަރުކާރަށް ސައޫދީ ފަންޑުން ވަނީ 17 މިލިއަން ޑޮލަރު (262 މިލިއަން ރުފިޔާ) ގެ ލޯނެއް ދީފަ އެވެ.

ސައޫދީ ފަންޑު މެދުވެރިކޮށް މިދިޔަ އަހަރުތަކުގައި 17 ލޯނަކަށް 488 މިލިއަން ޑޮލަރު (7.5 ބިލިއަން ރުފިޔާ) ރާއްޖެ އަށް ފޯރުކޮށްދީފައިވެ އެވެ.