ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް (ސިޑްސް) ކުރިމަތިވެފައިވާ ދަރަނީގެ ގޮންޖެހުންތަކުން އަރައިގަތުމަށް، ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސާވިސް (ޑީއެސްއެސްއެސް)އަށް މުހިންމު ދައުރެއް އަދާކުރެވޭނެކަމަށް ގަބޫލުކުރައްވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް (ސިޑްސް) ކުރިމަތިވެފައިވާ ދަރަނީގެ ގޮންޖެހުންތަކުން އަރައިގަތުމަށް، ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސާވިސް (ޑީއެސްއެސްއެސް)އަށް މުހިންމު ދައުރެއް އަދާކުރެވޭނެކަމަށް ގަބޫލުކުރައްވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސިޑްސްގެ ސްޓްރެޓެޖިކް އެޑްވައިޒަރީ ގްރޫޕްގެ ކޯ ޗެއާގެ ހައިސިއްޔަތުން އެ ބައްދަލުވުން އިފްތިތާހު ކޮށްދެއްވައި ވާހަކަ ދައްކަވަމުން، ރައީސް ވިދާޅުވި ގޮތުގައި، ޑީއެސްއެސްއެސްގެ މަސައްކަތްތައް ފަށައިގަތުމަކީ ކުދި ޖަޒީރާ ގައުމުތަކަށް ދެމެހެއްޓެނެވި ތަރައްގީ ގެނައުމުގެ މުޅިން އާ މަގެއް ފަހިވެގެންދާނެ ކަމެކެވެ.
ކުދީ ޖަޒީރާ ގައުމުތަކުގެ ތެރެއިން ގިނަ ގައުމުތަކަށް ދަރަނި އަނބުރާ ދެއްކުމަށް ދަތިވެފައިވާއިރު، އެކަމާ ކުރިމަތިލަމުންދަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމުގެ ތެރެއިން ކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ދެއްކުމުގެ ގާބިލުކަން ކަށަވަރުކުރުމަކީ، އެންޓިގާ އެންޑް ބާބޫޑާ އެޖެންޑާ ފޯ ސިޑްސް (އޭބީއޭއެސް)ގައި ބަޔާންކޮށްފައިވާ ވިލުންވެރި ތަރައްގީގެ އުންމީދުތައް ހާސިލްކުރުމަށް ވަރަށް މުހިންމު ކަމެކެވެ.
އެއާއެކު އެ މަނިކުފާނު ވަނީ، ޑީއެސްއެސްއެސްގެ މަސައްކަތްތައް ވީއެންމެ އަވަހަކަށް ފަށައިގަތުމުގެ މުހިންމުކަން ތަކުރާރުކުރައްވައިފަ އެވެ.
މިގޮތުން، ކުދި ޖަޒީރާ ގައުމުތަކުގެ ދަރަނީގެ މައްސަލަ ހައްލުކުރުން ދެމެހެއްޓެނިވި ތަރައްގީގެ އިތުރުން، މޫސުމީ ގެއްލުންތަކުން އަރައިގަތުމާއި ތިމާވެށި ހިމާޔަތްކުރުމާ ވެސް ގުޅިފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.
އަދި ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ކުއްލި ބަދަލުތަކާއެކު، ތަރައްގީގެ ގޮންޖެހުންތަކަށް ގިނަ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތައް ބައިވެރިވެގެން، ހައްލުތަކެއް ބޭނުންވާކަމަށް ރައީސް ވިދާޅުވި އެވެ.
މިގޮތުން، މުސޫމީ ބަދަލުތަކަށް ވިލުންވެރި ތަރައްގީއަށް އިންވެސްޓު ކުރާ ގައުމުތަކުގެ ދަރަނި ލުއި ކޮށްދިނުމަށް ރާއްޖޭން ހުށަހަޅާފައިވާ ހުށަހެޅުމަށް އެ މަނިކުފާނު މިއަދު ވެސް ބާރު އެޅުއްވި އެވެ. އަދި ކޮންމެ ގައުމެއްގެ ހާލަތަށް ވަކިން ރިއާއަތްކޮށްގެން، ދަރަނި ލުއި ކޮށްދިނުމުގެ ނިޒާމެއްގެ މުހިންމު ކަމުގެ މައްޗަށް ވެސް ރައީސް އަލިއަޅުވައިލެއްވި އެވެ.
އެ ބައްދަލުވުމުގެ ނިންމުމުގައި ރައީސް ވިދާޅުވީ، ކުރިއަށް އޮތް ބައިނަލްއަގްވާމީ ކޮންފަރެންސް އޮން ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ ހަތަރު ވަނަ ބައްދަލުވުމަކީ (އެފްއެފްޑީ4) ކުދި ޖަޒީރާ ގައުމުތަކުގެ ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް މުހިންމު ވަސީލަތެއްގެ ގޮތުގައި ޑީއެސްއެސްއެސް ޕްރޮމޯޓްކޮށް ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރާ މިންވަރަށް ގެނައުމަށް ލިބޭ "ރަން ފުރުސަތެއް" ކަމަށެވެ.
މި އިސްނެގުމަށް ގިނަ ގައުމުތަކުން މިހާރުވެސް މަރުހަބާ ކިޔާފައިވާއިރު، ދަރަނި ލުއި ކުރުމުގެ އީޖާދީ ވިސްނުންތަކާއި ލުއި ގޮތަކަށް ފައިނޭންސިން ހޯދުމުގެ މަސައްކަތް އާ ހަރުފަތަކަށް ގެންދިޔުމަށްޓަކައި ބައިނަލްއަގްވާމީ އެއްބާރުލުމާއި ބައިވެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ދަރަނި ދެމެހެއްޓެނިވި މިންގަނޑަކަށް ގެނައުމަކީ ހަމައެކަނި ހިސާބު އަދަދުތަކެއް ނޫނެވެ.
އެއީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ރައްޔިތުންގެ ފުރާނަ ހިމާޔްތަކުރުމާއި ދިރިއުޅުމާއި، މުސްތަގުބަލް ރައްކާތެރިކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) އަކީ އެކުވެރި ދައުލަތްތަކުގެ 38 ގައުމާއި، އެކުވެރި ދައުލަތްތަކުގެ ތެރޭގައި ނުހިމެނޭ ނުވަތަ އެސޯސިއޭޓް މެންބަރުންގެ ގޮތުގައި ހިމެނޭ 20 ގައުމެއްގެ މައްޗަށް އެކުލެވިފައިވާ ޖަމިއްޔާއެކެވެ. ރާއްޖެއާއި އެންޓީގާ އެންޑް ބާބިއުޑާ އަކީ ސިޑްސްގެ އެސްއޭޖީގެ ކޯޗެއާ އެވެ.
މޫސުމީ ގެއްލުންތަކަށް އެހީ ދޭން ރައީސްގެ ހުށަހެޅުމެއް
މޫސުމީ ކާރިސާއާ ބައްދަލު ފިޔަވަޅު އަޅަންޖެހޭ: ރައީސް
ކާރިސާތަކުގެ ގެއްލުމުން ރައްކާތެރިވުމަށް ސްޓްރެޓަޖީއެއް
މޫސުމީ ގެއްލުންތަކާ ބައްދަލު އެހީ ކަނޑައަޅަންޖެހޭ
ތެލަށް 65 މިލިއަން ޑޮލަރު ހޭދަވެއްޖެ:ރައީސް
މޫސުމީ ގެއްލުންތަކާ ގުޅިގެން ދޭ އެހީ އިތުރުކުރަންޖެހޭ
"ސިޑްސްގައި ރައީސުން ބައިވެރިނުވެ އޮތުމަކީ ދެރައެއް"
ރާއްޖޭގެ ނާޒުކުކަން ބަލިޔަފަކަށް ނުހަދާ: ރައީސް
ކަރަންޓުގެ 33 ޕަސެންޓް އިއާދަކުރަނިވި ހަކަތައަށް
ރައީސް، ކޮޕް ސަމިޓަށް ދުބާއީ އަށް ވަޑައިގަންނަވަނީ