ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ކާޖޮލް އާއި އަޖޭ ދޭވްގަންގެ ދޮށީ ދަރިފުޅު ނީސާ ދޭވްގަން ބޮލީވުޑްގައި މަސައްކަތްކުރަން ބޭނުން ނުވާ ކަމަށް ކާޖޮލް ބުނެފި އެވެ.
ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ކާޖޮލް އާއި އަޖޭ ދޭވްގަންގެ ދޮށީ ދަރިފުޅު ނީސާ ދޭވްގަން ބޮލީވުޑްގައި މަސައްކަތްކުރަން ބޭނުން ނުވާ ކަމަށް ކާޖޮލް ބުނެފި އެވެ.
ކާޖޮލް މިފަހުން އިންޑިއާގެ ޓީވީއެއް ކަމަށްވާ "ނިއުސް 18" އަށް ދިން އިންޓަވިއުއެއްގައި، އޭނާގެ ދަރިފުޅު ބޮލީވުޑް ފިލްމަކުން ފެންނާނީ ކޮންއިރަކުންތޯ އެހުމުން ބުނީ ނީސާ ބޮލީވުޑްގައި މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށެވެ.
"ޔަގީނުން ވެސް ނުފެންނާނެ. އޭނާއަށް މިހާރު 22 އަހަރުވާން އެ އުޅެނީ. އަހަންނަށް ހީވަނީ މިހާރު އޭނާ ބޭނުންވާ ގޮތަށް ނިންމައިފިހެން، ބޮލީވުޑްގައި މަސައްކަތް ނުކުރަން މި ވަގުތު،" ކާޖޮލް ބުންޏެވެ.
ބޮލީވުޑްގެ މަޝްހޫރު އެތައް ތަރިންނެއްގެ ކުދިން މިފަހުން ވަނީ ބޮލީވުޑަށް ތައާރަފުވެފަ އެވެ. އެހެންވެ، ގިނަ ބަޔަކު ހީކޮށްގެން ތިބީ ނީސާ ވެސް ވަރަށް އަވަހަށް ބޮލީވުޑްގެ ފިލްމަކުން ފެންނާނެ ކަމަށެވެ.
ކާޖޮލް އާއި އަޖޭގެ ދެ ކުދިން ތިބެ އެވެ. ނީސާއަކީ އެ ދެމަފިރިންގެ ދޮށީ ދަރިފުޅެވެ. ދެން ހުންނަނީ 14 އަހަރުގެ ޔުގް ދޭވްގަން އެވެ.
ހުނަރުވެރި އެކްޓަރުން ތިއްބާ އެ މީހުންނަށް ފުރުސަތު ނުދީ، ތަރިންގެ ދަރިންނަށް ފިލްމުތަކުން ފަސޭހައިން ފުރުސަތު ދޭތީ ބޮލީވުޑްގައި އެކަމަށް އޮންނަ ފާޑުކިޔުން ވެސް މިފަހުން ވަނީ ވަރަށް ބޮޑުވެފަ އެވެ. އަދި މިފަހުން ތައާރަފުވި ބޮލީވުޑްގެ ބައެއް ތަރިންގެ ކުދިންނަށް އެކްޓުކުރަން ނޭނގޭތީ ވެސް ގިނަ ބަޔަކު ފާޑުކިޔާފައިވެ އެވެ.
ކާޖޮލް އާއި ކްރިތީގެ "ދޯ ޕައްތީ" އަންނަ މަހު
"ކުޗު ކުޗު ހޯތާ ހޭ" ލަވައެއްގެ އާ ވާޝަންއެއް ނެރެނީ
އިބްރާހިމް ބޮލީވުޑަށް ނުކުންނަ ފިލްމުގައި ކާޖޮލް
"ޑުޕްލިކޭޓް" އަކީ އާލިއާ އަށް ދައްކަން ހެދި ފިލްމެއް
އަޖޭގެ އަސްލު ނަމަކީ ވިޝާލް
ރަޖީވް އެނބުރި އަންނަ ފިލްމުގައި ސަލްމާން
ޝާހްރުކާއި ކާޖޮލްގެ "ޑީޑީއެލްޖޭ" ބްރޯޑްވޭއަކަށް
ކާޖޮލްގެ އާ ފިލްމަކީ "ދަ ލާސްޓް ހުރާ"
ކާޖޮލް ފެނުނީ ފޫހި، ބޮޑާ މީހެއްގެ ގޮތުގައި: އަޖޭ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް