ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާ ގުޅޭގޮތުން ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާދަމް ޝާމިލްގެ މައްސަލަ ތަހުގީގުކޮށްދޭން ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ފުލުހަށް ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ފުލުހުން އަންގައިފި އެވެ.
08 އެޕްރީލް 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާ ގުޅޭގޮތުން ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާދަމް ޝާމިލްގެ މައްސަލަ ތަހުގީގުކޮށްދޭން ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ފުލުހަށް ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ފުލުހުން އަންގައިފި އެވެ.
އޭސީސީން ތަހުގީގެއް ފަށާފައި ނުވަނީސް، ފަނޑިޔާރު އަޒްމިރަލްދާގެ މައްޗަށް ތަހުގީގެއް ކުރަމުންދާ ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ޝާމިލް ސިޓީއެއް ފޮނުވުމަކީ ދޮގު މައުލޫމާތު ދިނުން ކަމަށް ބުނެ އެ މައްސަލަ ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު އެވެ.
އެ މައްސަލާގެ އިތުރުން ފަނޑިޔާރު އަޒްމިރަލްދާއަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރި މައްސަލައިގައި ވެސް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް ވެސް އޭނާގެ ފަރާތުން އެދިފައިވެ އެވެ.
ނަމަވެސް، އެ ދެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ބެލެން ނެތް ކަމަށް ފުލުހުން އަންގާފައިވާ ކަމަށް އަޒްމިރަލްދާގެ ވަކީލުން މިއަދު ވަނީ ބުނެފަ އެވެ.
ފުލުހުން ވަނީ އަޒްމިރަލްދާ ހުށަހެޅި މައްސަލަތަކުގައި ޖިނާއީ ކުށުގެ އަމަލެއް ހިންގާފައިވާ ކަމަށް ބަލަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތް ކަމަށް ބުނެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލާގެ އަޑުއެހުމެއް ފަށަން ތައްޔާރުވެފައި ވަނިކޮށް، ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަޒްމިރަލްދާ ހިމެނިވަޑައިގަންނަވާ ގޮތަށް އިތުރު ދެ ފަނޑިޔާރުން މިދިޔަ ފެބްރުއަރީ 26 ވަނަ ދުވަހު ސަސްޕެންޑުކުރީ އޭސީސީން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެވެ.
އެކަމަކު، އެ ކޮމިޝަނުން ބަލަނީ ކޮން މައްސަލައެއް ކަމެއް މިހާތަނަށް އަދި ހާމައެއް ނުކުރެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅުމުން ވެސް، ފަނޑިޔާރުންނަށް ތުހުމަތުކޮށް އޭސީސީން ތަހުގީގު ކުރަމުން ދަނީ ކޮން މައްސަލައެއް ކަމެއް ނުބުނެ އެވެ.
އެހެންވެ، ފަނޑިޔާރު އަޒްމިރަލްދާ ވަނީ ޝާމިލް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ދޮގު މައުލޫމާތު ހިމެނި ކަމަށް ތުހުމަތު ކުރައްވައި، އޭސީސީއަށް ވެސް މިދިޔަ މަހު މައްސަލަ ހުށަހަޅައިފަ އެވެ. އެ ކޮމިޝަނުން އެ މައްސަލަ ވަނީ ބަލައިގެންފަ އެވެ.
ދޮގުހެކި ދިން ކަމަށް ބުނެ ޝާމިލްގެ މައްސަލަ ފުލުހަށް
ޝާމިލްގެ މައްސަލަ އޭސީސީން ބަލައިގެންފި
އޭސީސީގެ ރައީސް ނުފޫޒު ބޭނުންކުރި މައްސަލަ އޭސީސީއަށް
ގާޒީންނަށް ނުފޫޒު ފޯރުވި މައްސަލާގައި ބަޔާން ނަގަނީ
"ތުހުމަތަކީ ނުފޫޒު ފޯރުވަން އުފައްދާފައިވާ ހާލަތެއް"
އޭސީސީގެ އެންގުމަށް ތަބާނުވާތީ ކަންބޮޑުވެއްޖެ!
ހައިލަމްގެ ތުހުމަތު ނުބަލާ ދޫކޮށްލާ ވަރެއް ނޫން!
ޑީޑީގެ މައްސަލައެއް ނުބަލާ ކަން ޕޮލިހުން އަންގާފައިވޭ
ސިޔާސީ ނުފޫޒުން މިންޖުކުރަންވީ ސިފައިން އެކަންޏެއް ނޫން
ދެ ފަނޑިޔާރުންގެ މައްސަލާގެ ތަހުގީގު ރިޕޯޓް ކޮމިޝަނަށް