ސިހުރާ ގުޅޭ ކަންކަން ސޯޝަލް މީޑިއާގައި ފާޅުކަން ބޮޑު ގޮތެއްގައި އިޝްތިހާރުކުރުން އާންމުވާން ފަށައިފި އެވެ.
ސިހުރާ ގުޅޭ ކަންކަން ސޯޝަލް މީޑިއާގައި ފާޅުކަން ބޮޑު ގޮތެއްގައި އިޝްތިހާރުކުރުން އާންމުވާން ފަށައިފި އެވެ.
ފޯނު ނަމްބަރާއި ރަށުގެ ނަން ޖަހައިގެން ސޯޝަލް މީޑިއާގައި މިފަހުން ވެސް ވަނީ މިފަދަ އެކައުންޓެއް ހުޅުވައިފަ އެވެ. ފަންޑިތަ އާއި ސިހުރާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަމްބަރު ވެސް އާންމުކޮށްގެން ޕޯސްޓަރުތައް ދަނީ ފޭސްބުކްގައި އާންމުކުރަމުންނެވެ.
އޭގެ ތެރޭގައި ލޯބި ހޯދުމާއި ސިހުރު ބާތިލުކުރުމާއި ފާލު ބެލުން ފަދަ ކަންކަން ކޮށްދޭ ކަމަށް މި ޕޯސްޓުތަކުގައިވެ އެވެ.
އިސްލާމް ދީނުގައި ހަރާމްކުރައްވާފައިވާ މިފަދަ ކަންކަމާ ގުޅޭ ޕޯސްޓުތައް އާންމުކުރަމުންދާއިރު، އެ ޕޯސްޓުތަކުގައި ބުނާ ކަންކަމަށް ޝައުގުވެރިވެގެން ކޮށްފައިވާ ކޮމެންޓުތައް ވެސް ވަރަށް ގިނަ އެވެ. އަދި މިފަދަ ކަންކަން އިޝްތިހާރުކުރާ ޓެލެގްރާމް ގްރޫޕްތައް ހަދައިގެން ވެސް އުޅެ އެވެ.
ނަމަވެސް ބައެއް މީހުން ވަނީ ސިހުރު ފަންޑިތައިގެ ނަމުގައި މީހުން އަތުން ފައިސާ ހޯދައިގެން ހަރާމް ކަމެއް ކުރަމުން ދާއިރު އެ ކަންކަން ހުއްޓުވަން މަސައްކަތް ނުކުރާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ސިހުރަކީ މާތް ﷲ ހަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައިވާ ބޮޑު ފާފައެއް ނަމަވެސް ސިހުރު ހެދުމާއި ފަންޑިތައިގެ ކަންކަމަކީ ރާއްޖޭގައި ވަރަށް ބޮޑަށް އާންމުވެފައިވާ ކަމެކެވެ. އިނދެގެން އުޅޭ މީހުން ދުރުކުރުމާއި މީހުންގެ ވިޔަފާރިތައް ހަލާކު ކުރުން ފަދަ ކަންކަމަށް ސިހުރު ހެދުން ގިނަކަން ބައެއް މީހުން ފާހަގަކުރެ އެވެ.
ސިހުރުގެ މައްސަލަތަކާ ގުޅިގެން މީގެ ކުރިން ބައެއް ރަށްރަށުގެ ގެތައް ވެސް ބަލައިފާސްކޮށް، ބައެއް ތަކެތި ވެސް ގޭގެއިން ގެންގޮސްފައިވެ އެވެ. އަދި ބައެއް މީހުން ހައްޔަރު ވެސް ކުރެ އެވެ. ނަމަވެސް މިފަދަ މައްސަލަތަކުގައި ހެކި ހޯދުމާއި ގާނޫނީ ގޮންޖެހުންތަކާ ހެދި ޝަރީއަތަކާ ހިސާބަށް ނުގޮސް ނިމެނީ އެވެ.
ސޯޝަލް މީޑިއާގައި ސިހުރު އިޝްތިހާރުކުރާ މައްސަލައިގައި ފުލުހުންނާ ސުވާލުކުރުމުން ވެސް އެކަމަށް ޖަވާބެއް ނުލިބުނެވެ.
ބްލެކްމެއިލް ކުރުމުގައި އުޅޭ ދެ މީހަކު ހައްޔަރުކޮށްފި
ޓިކްޓޮކްގައި ކުޑަކުއްޖަކު ވިއްކާލަން ޖެހި މައްސަލައެއް
ތަކެތި ވިއްކާކަމަށް ބުނެ ސްކޭމް ހިންގި މީހަކު ހައްޔަރު
ހަމަނުޖެހުމަށް ހިތްވަރު ދިންކަމަށް ބުނެ ހައްޔަރު
ސިހުރު ޕްރޮމޯޓްކުރަމުންދާ ޕޭޖުތަކެއްގެ މައްސަލަ ބަލަނީ
ރައީސަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި
ރައީސަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަން ފަށައިފި
ސޯޝަލް މީޑިއާގެ ޖަރީމާ ހުއްޓުވަން ބޭއްވި ކޮމިޓީ ސިއްރު
ސިހުރުގެ ތުހުމަތުގައި ބާރަށުގެ 8 ތަނެއް ފާސްކޮށްފި
ޓިކްޓޮކްގައި ޔުމްނުއަށް 700،000ރ. ގެ އެހީ