މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅުމުން ވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ތުހުމަތުކޮށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުން އަންނަނީ ކޮން މައްސަލައެއް ކަން ހާމަކުރަން އެ ކޮމިޝަނުން އިންކާރުކޮށްފި އެވެ.
06 އެޕްރީލް 2025
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅުމުން ވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ތުހުމަތުކޮށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުން އަންނަނީ ކޮން މައްސަލައެއް ކަން ހާމަކުރަން އެ ކޮމިޝަނުން އިންކާރުކޮށްފި އެވެ.
ގާނޫނުއަސާސީއަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލް ކުރުމުގެ މައްސަލަ ފަށަން ތައްޔާރުވެފައި ވަނިކޮށް، އެންމެ މަތީ ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއް ސުއޫދު މިދިޔަ ފެބްރުއަރީ 26 ވަނަ ދުވަހު ސަސްޕެންޑުކުރީ އޭސީސީން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެވެ.
ނަމަވެސް، މިހާތަނަށް ވެސް އެ ފަނޑިޔާރުންނަށް ކުރާ ތުހުމަތެއް އޭސީސީން ނުބުނެ އެވެ. އަދި އެ ފަނޑިޔާރުންނާ ސުވާލެއް ވެސް ނުކުރެ އެވެ.
އެހެންވެ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ ތަފްސީލުތައް ހޯދަން "މިހާރު" އިން މިދިޔަ މަހުގެ 4 ވަނަ ދުވަހު ވަނީ އެ ކޮމިޝަނަށް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ފަނޑިޔާރުންނަށް ކުރާ ތުހުމަތުތަކާއި އެކަމާ ގުޅިގެން އެ ބޭފުޅުންނާ އެއްވެސް ސުވާލެއް ކޮށްފައިވޭތޯ ބަލަން އެދިފައިވާނެ އެވެ.
އޭސީސީން މިއަދު ދިން ޖަވާބުގައި ބުނީ "ތަހުގީގަށް ހުރަސްއެޅިދާނެތީ" އެދިފައިވާ މައުލޫމާތުތައް ހިއްސާކުރެވެން ނެތް ކަމަށެވެ.
ފަނޑިޔާރުންނަށް ތުހުމަތުކޮށް މައްސަލައެއް ބަލަން ފެށީ އޭސީސީން އިސްވެ ކަމެއް ނުވަތަ އަމިއްލަ ފަރާތަކުން ހުށަހަޅައިގެން ކަމެއް ވެސް މިހާތަނަށް ހާމައެއް ނުކުރެ އެވެ.
އެ ފަނޑިޔާރުންނަށް ކުރާ ތުހުމަތުތަކާ ގުޅިގެން ޖޭއެސްސީއަށް ވަނީ ހާޒިރުކޮށްފަ އެވެ. ޖުޑީޝަރީއަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ ސުއޫދު އިސްތިއުފާ ދެއްވުމުން އޭނާގެ މައްސަލައެއް ކުރިއަކަށް ނުގެންދެ އެވެ.
ގާޒީންނަށް ނުފޫޒު ފޯރުވި މައްސަލާގައި ބަޔާން ނަގަނީ
މައްސަލަތައް ބެލުމުގައި އެއްވެސް ނުފޫޒެއް ނެތް: އޭސީސީ
ޖުޑީޝަރީގެ މިނިވަންކަމާ މެދު އދ.ގެ ކަންބޮޑުވުން
ފަނޑިޔާރުން ވަކިކުރުމާ މެދު ކުރީގެ ޕީޖީގެ އިލްތިމާސެއް
ފަނޑިޔާރުންގެ މައްސަލައިގެ އިޖުރާއީ ގޯހެއް ނެތް:ކޮމިޓީ
ފަނޑިޔާރުންގެ މައްސަލައިގެ ބަހުސަށް ޖުމްލަ ދެ ގަޑިއިރު
ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފި
ފަނޑިޔާރުންގެ މައްސަލަ ތަޅުމަށް ފޮނުވައިފި
ފަނޑިޔާރުންގެ މައްސަލަ ގާނޫނާ ހިލާފު: ފިލްޒާ
"ފަނޑިޔާރުން ވަކިކުރަން ނިންމިގޮތުން ކަންބޮޑުވޭ"