Roadha Mihaaru
ފޯނު އަޑުއެހިކަމަށް ބުނާ ވާހަކައިގެ ރާގު ބަދަލުވެއްޖެ

ފޯނު އަޑުއެހިކަމަށް ބުނާ ވާހަކައިގެ ރާގު ބަދަލުވެއްޖެ

14 މާޗް 2017

ވޮޝިންޓަން (މާޗް 14) - ޓްރަމްޕް ޓަވަރުގައި ހުންނަ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އޮފީހުގެ ފޯނުތައް، ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އަޑު އެހިމަށް ޓްރަމްޕް ވިދާޅުވި ބަހުގެ ލަފްޒީ މާނައަކީ އެއީ ނޫން ކަމަށާއި އެއީ އެމަނިކުފާނަށް ފާރާލާފައިވާކަން ދޭހަކޮށް ދިނުމަށް ބޭނުން ކުރެއްވި އިބާރާތެއް ކަމަށް ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޝޯން ސްޕައިސާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ސްޕައިސާ ވިދާޅުވީ މީހަކަށް ފާރަލުމަށް އެތައް ގޮތެއް ބޭނުން ކުރެވިދާނެ ކަމަށާއި ފޯނު އަޑު އެހުމަކީ އޭގެ ތެރޭން އެއް ގޮތް ކަމަށެވެ. ފޯނު އަޑުއެހި ކަމަށް ވިދާޅުވެ ޓްރަމްޕް ކުރެއްވި ޓްވީޓްތަކުގައި އޮބާމާގެ ނަން ސީދާ ގެނެސްފައި ނުވާނެ ކަމަށް ވެސް ސްޕައިސާ ވިދާޅުވި އެވެ. އަދި ޓްރަމްޕް އިޝާރާތް ކުރައްވާފައި ވަނީ އޮބާމާ ސަރުކާރަށް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ޓްރަމްޕުގެ ޓްވީޓްތަކުގައި ވަނީ "އޮބާމާ، ފޯނު އަޑުއެހިކަން އެނގިއްޖެ" ކަމަށް ވިދާޅުވެފަ އެވެ.

ވައިޓް ހައުސްގެ ތަރުޖަމާން ޝޯން ސްޕައިސާ. --ފޮޓޯ:އޭއެފްޕީ

ވައިޓް ހައުސްގެ ތަރުޖަމާން ޝޯން ސްޕައިސާ. --ފޮޓޯ:އޭއެފްޕީ

ރިޔާސީ އިންތިޚާބުގެ ތެރޭގައި ފޯނު އަޑުއެހިމަށް ވިދާޅުވެ މި މަހު ކުރީކޮޅު ޓްރަމްޕް ވަނީ ސިލްސިލާ ޓްވީޓްތަކެއް ކުރައްވައިފަ އެވެ. އަަދި އެ މައްސަލަ ބެލުމަށް ކޮންގްރެސްގައި ވަނީ އެދިވަޑައިގެންފަ އެވެ. ކޮންގްރެސްގެ ކޮމިޓީން ވަނީ ޓްރަމްޕް ކުރެއްވި ތުހުމަތާ ގުޅޭ ހެކި ހުށަހެޅުމަށް ޖަސްޓިސް ޑިޕާޓްމަންޓަށް އަންގައިފަ އެވެ. ކޮންގްރެސްގެ އިންޓަލިޖެންސް ކޮމިޓީން ވަނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހެކި ހުށަހަޅަން މުހުލަތު ދީފަ އެވެ. ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެފަ އެވެ.

ޓްރަމްޕް ކުރެއްވި ތުހުމަތާ ގުޅޭ ހެކި ހުށަހެޅުމަށް ޑިމޮކްރެޓިކް ޕާޓީގެ އިތުރުން ރިޕަބްލިކަން ޕާޓީގެ އިސް ބައެއ ފަރާތްތަކުން ވެސް ވަނީ ގޮވާލައިފަ އެވެ. ނަމަވެސް ވައިޓް ހައުސް އިން މިހާތަނަށް އެއްވެސް ހެއްކެއް ދައްކައިފައެއް ނުވެ އެވެ. ވައިޓް ހައުސްގެ އެޑްވައިޒަރު ކެލީއާން ކޮންވޭ ވިދާޅުވީ ފޯނު އަޑުއެހިކަމުގެ ހެކި ނެތް ނަމަވެސް ފޯނުންނާއި ޓީވީ މެދުވެރިކޮށް ވެސް މީހަކަށް ފާރަލެވިދާނެ ކަމަށެވެ.

ޓްރަމްޕުގެ ތުހުމަތު ވަނީ އޮބާމާގެ ތަރުޖަމާން ވެސް ދޮގު ކުރައްވައިފަ އެވެ.

ޑިމޮކްރެޓިކް ޕާޓީގެ އޮފިޝަލުން ބުނީ މިއީ ރިޔާސީ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވި މައްސަލަ ކޮންގްރެސް އިން ތަހުގީގު ކުރާތީ އެކަމުގެ ސަމާލުކަން އަނބުރާލަން ޓްރަމްޕް ދައްކަވާ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ.