01 ނޮވެމްބަރ 2020
މިޝިގަން (ނޮވެމްބަރު 1) - މިއީ އެމެރިކާގެ ރައީސްގެ މަގާމުގައި ހުންނެވި ޑޮނަލްޑް ޓްރަމްޕް "ފޮށި ބަންދުކޮށް" ވައިޓް ހައުސް އިން ނުކުމެވެޑައިގަންނަވަން ޖެހޭ ވަގުތު ކަމަށް ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.
މިޝިގަން (ނޮވެމްބަރު 1) - މިއީ އެމެރިކާގެ ރައީސްގެ މަގާމުގައި ހުންނެވި ޑޮނަލްޑް ޓްރަމްޕް "ފޮށި ބަންދުކޮށް" ވައިޓް ހައުސް އިން ނުކުމެވެޑައިގަންނަވަން ޖެހޭ ވަގުތު ކަމަށް ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.
މިޝިޗަންގައި ކެމްޕޭން ކުރައްވަމުން ބައިޑަން ވިދާޅުވީ ގައުމު ބޮއްސުންލައިގެން ދިއުމާއި ޒިންމާ އަދާނުކުރުމުގެ މަންޒަރު ފެނި، އެ ޗެޕްޓާ މިހާރު ނިމިއްޖެ ކަމަށެވެ. ކުރީގެ ރައީސް ބަރަކް އޮބާމާއާ އެކު ކެމްޕޭނަށް އެއް ސްޓޭޖަކަށް ނުކުންނަވައި ބައިޑަން ވިދާޅުވީ ޑޮނަލްޑް ޓްރަމްޕުގެ ނާކާމިޔާބު އެމެރިކާ އަށް މިހާރު ފުދިއްޖެ ކަމަށެވެ.
ޕެންސިލްވޭނިއާގައި ކެމްޕޭންގައި އުޅުއްވަމުން ޓްރަމްޕް ވިދާޅުވީ ރިޕަބްލިކަންގެ ކާމިޔާބީގެ "ރަތް ރާޅު" ވަރަށް އަވަހަށް ފެންނާނެ ކަމަށެވެ.
ޕެންސިލްވޭނިއާގައި ރައީސް ޓްރަމްޕް އިއްޔެ ކެމްޕޭން ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
ޚިޔާލު ހޯދުމުގެ ވޯޓުތައް ދައްކާ ގޮތުން ބައިޑަން ކުރީގައި އުޅުއްވި ނަމަވެސް، އިންތިޚާބު ކާމިޔާބު ކުރާ ފަރާތެއް ކަނޑައަޅާ ސްވިންގް ސްޓޭތަކުގައި ބައިޑަން އަށް ތަފާތު ބޮޑު އަޣުލަބިއްޔަތެއް ނެތެވެ. ބައިޑަންގެ ކެމްޕޭން އިވެންޓްތައް ވެސް ބާއްވަނީ މަދު ބަޔަކާ އެކު އެވެ. އެކަމަކު ޓްރަމްޕް ގެންދަވަނީ ގައިދުރު ކަމަށް ބެލުމެއް ނެތި ބޮޑެތި ރެލީތައް ބާއްވަމުންނެވެ.
އެންމެ ފަހުން 2016 ގައި ބޭއްވި އިންތިޚާބުގައި މިޝިގަންގެ ވޯޓު ކާމިޔާބު ކުރެއްވީ ޓްރަމްޕެވެ.
އެމެރިކާގެ އިންތިޚާބުގައި މިހާތަނަށް ވަނީ 85 މިލިއަން މީހުން ވޯޓުލައިފަ އެވެ. އޭގެ ތެރޭން 55 މިލިއަން މީހުން ވޯޓުލީ ޕޯސްޓް މެދުވެރިކޮށެވެ.
އިންތިޚާބުގެ ފަހު ދެ ދުވަހު ޓްރަމްޕް ވަނީ 10 ރެލީއެއް ބޭއްވުމަށް ނިންމަވައިފަ އެވެ.
"ކޮވިޑުގެ މީޑިއާ ކަވަރޭޖާ މެދު ޓްރަމްޕް ހަސަދަވެރިވޭ"
ބައިޑަން އަށް ކެމްޕޭން ކުރައްވަން އޮބާާމާ ނުކުންނަވައިފި
ބައިޑަން ހުވާކުރައްވާއިރު ޓްރަމްޕް ވޮޝިންޓަނުން ބޭރުގައި
ހުވާކުރާ ހަފުލާގައި ޓްރަމްޕް ބައިވެރިނުވުމަކީ ރަނގަޅެއް
ކޮންގްރެސްގެ ނިންމުމާ އެކު ޓްރަމްޕް ދޫދެއްވައިފި
ވޯޓު "ހޯދުމަށް" އޮފިޝަލަކަށް ޓްރަމްޕް އެންގެވި
އެމެރިކާގެ އިންތިޚާބު މިފަހަރު ތަފާތުވި ގޮތް
ނަތީޖާ ރަސްމީވެއްޖެ، މިއީ އާ ސަފުހާއެއްގެ ވަގުތު
ނަތީޖާ ބަދަލުވާވަރު ކަމެއް ނެތް: އެޓާނީ ޖެނެރަލް
ބައިޑަންއަށް ވައިޓްހައުސްއަށް ވަދެވޭނީ ސައްހަ ވޯޓާއެކު