14 މާޗް 2017
މޮގަދިޝޫ (މާޗް 14) - ސްރީ ލަންކާގެ ދިދަ ނަގާފައިވާ ތެޔޮ ޓޭންކަރެއް ސޮމާލިއާގެ ބޭރުން ކަނޑުފޭރިވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
މޮގަދިޝޫ (މާޗް 14) - ސްރީ ލަންކާގެ ދިދަ ނަގާފައިވާ ތެޔޮ ޓޭންކަރެއް ސޮމާލިއާގެ ބޭރުން ކަނޑުފޭރިވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
މިއީ ވޭތުވެދިޔަ ފަސް އަހަރެއްހާ ދުވަހުތެރޭ ހިންގި މި ބާވަތުގެ ފުރަތަމަ ހާދިސާ އެވެ. ކަނޑުފޭރެން އުޅޭ ކަމުގެ ސިގްނަލް ތެޔޮ ބޯޓުން ދިނީ އިއްޔެ ހަވީރެވެ. ބޯޓުން އަންގާފައި ވަނީ ހައި ސްޕީޑް ބޯޓުތަކުން އެ ބޯޓާ ގާތްވަމުންދާ ކަމަށެވެ. އޭރު ތެޔޮ ބޯޓު ދިޔައީ ޖިބޫތީން ސޯމާލިއާގެ ވެރިރަށް މޮގަދިޝޫ އަށް ދަތުރު ކުރަމުންނެވެ. ކަނޑުފޭރޭ މީހުން ބިރު ދައްކައިގެން ބޯޓު ވަނީ ސޯމާލިއާގެ އުތުރުގެ ހިސާބަކަށް ގެންގޮސްފަ އެވެ. އަދި ބޯޓުގެ ޓްރެކިން ސިސްޓަމް ވަނީ ނިއްވާލައިފަ އެވެ.
ބޯޓު ގެންދިޔަ ސޯމާލިއާގެ އަލޫލާ ސަރަހައްދުގެ ޑިސްޓްރިކްޓް ކޮމިޝަނާ އަލީ ޝިރީ މުހައްމަދު ވިދާޅުވީ ހަތިޔާރާ އެކު ތެޔޮ ބޯޓަށް އެރި މީހުން ބުނެފައި ވަނީ އެ މީހުންނަކީ މަސްވެރިން ކަމަށެވެ. އަދި އެއީ މަސްވެރިންތޯ ނުވަތަ ކަނޑުފޭރޭ މީހުންތޯ ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޯޓަށް އެރި މީހުން ބުނަނީ އެ މީހުންގެ މަސްވެރިކަމުގެ ސާމާނުތައް ވަނީ ގަވާއިދާޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ބަޔަކު ހަލާކުކޮށްފައި ކަމަށް. އެ މީހުންނަކީ ކަނޑުފޭރޭ މީހުންނަށްވާ ނަމަ ވަގުތުން ބޯޓުން ފޭބުމަށް ވަނީ އަންގާފައި،" އޭނާ ވިދާޅުވި އެވެ.
ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ ކިބައިން ސަލާމަތްވުމަށް ޔޫރަޕިއަން ޔޫނިއަން ނޭވަލް ފޯސް އިން ތަމްރީނުތަކެއް ހަދަނީ.
ބާރަހާސް ޓަނުގެ ބޯޓަށް އަށް މީހަކު އަރާފައިވާ ކަމަށްވެ އެވެ. އެ ބޯޓުގައި ލަންކާގެ ދިދައެއް ހުރި ނަމަވެސް އެއީ ޔޫއޭއީ ބޯޓެކެވެ.
ސްރީ ލަންކާގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ އެ ގައުމުގެ އަށް މީހުން އެ ބޯޓުގައި ތިބި ކަމަށެވެ.
ސޯމާލިއާ ސަރަހައްދުގައި ކަނޑު ފޭރުން ހުއްޓުވުމުގެ އޮޕަރޭޝަންތައް ހިންގާ ޔޫރަޕިއަން ޔޫނިއަން ނޭވަލް ފޯސް އިން ބުނީ ސޯމާލިއާގެ އުތުރުން ކަނޑު ފޭރުނު ބޯޓަށް ކަނޑު ފޭރޭ މީހުން އަރާފައިވާ ކަމަށް ބުނާ ވާހަކަތައް ޔަގީންކޮށްދޭން އަދި މާއަވަސް ކަމަށެވެ. ތެދު ޚަބަރެއް ނަމަ މިއީ 2012 ވަނަ އަހަރުގެ ފަހުން ސޯމާލިއާގެ ކަނޑުފޭރޭ މީހުން ވިޔަފާރި މުދާ އުފުލާ ބޯޓެއް ހައިޖެކްކުރި ފުރަތަމަ ފަހަރެވެ.
އީޔޫގެ ނޭވަލް ފޯސް އިން ބުނީ މި ހާދިސާގެ މައުލޫމާތު ލިބުމާ އެކު މިލިޓަރީ މެރިޓައިމް ޕެޓްރޯލް މަތިންދާ ބޯޓެއް އެ ސަރަހައްދަށް ފޮނުވާފައިވާ ކަަމަށެވެ.
އޯޝަންސް ބިއޮންޑް ޕައިރެސީ ގްރޫޕުގެ ޖޯން ސްޓީޑް ރޮއިޓާސް ނިއުސް އެޖެންސީ އަށް ބުނީ ކުޑަ ދެ އުޅަނދަކުން ބޯޓަށް އިއްޔެ ފާރަލަމުން ދިޔަ ކަމަށާއި އޭގެ ފަހުން އެ ބޯޓުތައް ގެއްލިފައިވާ ކަމަށެވެ.
ފޭރޭ މީހުންގެ އަތްދަށުން ލަންކާގެ ބޯޓު ސަލާމަތްކޮށްފި
ލަންކާގެ ފޭރުނު ބޯޓު ހޯދަން އިންޑިއާގެ މަނަވަރެއް
ކަނޑުފޭރޭ މީހުން ލަންކާގެ މަސްބޯޓެއް އަތުލައިގެންފި
އިންޑިއާ ސިފައިން އަނެއްކާވެސް ބޯޓެއް ސަލާމަތްކޮށްފި
"ރާއްޖޭގެ ސަރަހައްދުން ފެނުނީ ކަނޑުފޭރޭ ބައެއް"
ކަނޑުފޭރޭ މީހުން ގެންދިޔަ ފަޅުވެރިން ސަލާމަތްކޮށްފި
ފަޅުވެރިން ގޮވައިގެން ކަނޑުފޭރޭ މީހުން ފިލައިފި
ހައިޖެކް ކުރި ބޯޓުގެ ފަޅުވެރިން ސަލާމަތްކޮށްފި
އިންޑިއާގެ ބޯޓެއް ސޯމާލިއާގެ ބޭރުން ކަނޑު ފޭރިއްޖެ
ހައިޖެކްކުރި ބޯޓު ޝަރުތެއް ނެތި ދޫކޮށްލައިފި