ހުއްޓިފައިވާ މަޝްރޫއުތައް ހިމެނޭ ގޮތަށް، 75 ރަށެއްގެ ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމާއި އަޕްގްރޭޑްކުރުމުގެ މަސައްކަތް ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
16 މާޗް 2025
ހުއްޓިފައިވާ މަޝްރޫއުތައް ހިމެނޭ ގޮތަށް، 75 ރަށެއްގެ ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމާއި އަޕްގްރޭޑްކުރުމުގެ މަސައްކަތް ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އެ މަޝްރޫއުތައް އެމްްޓީސީސީ އާއި ފެނަކަ އަދި އާރުޑީސީއާ ހަވާލުކޮށްފައި ވަނީ ޓޫރިޒަމް އެންޑް އެންވަޔަރްމެންޓް މިނިސްޓްރީން ކުރިއަށް ގެންދާ "މަގޭ ސާފު ރާއްޖެ ޕްރޮގްރާމު" ގެ ދަށުންނެވެ.
މަސައްކަތް ހަވާލުކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ރައްކާތެރިކަމާ އެކު ކުނި މެނޭޖްކުރުމަކީ ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ. އެކަމުގެ ސަބަބުން ލޯކަލް ޓޫރިޒަމަށް ވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓްރީން ވަނީ މިދިޔަ ހަފްތާގައި ވެސް 34 ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމަށް ވެމްކޯއާ ހަވާލުކޮށްފަ އެވެ.
އިއްޔެ ބޭއްވި ރަސްމިއްުޔާތެއްގައި 75 ރަށެއްގެ އެ މަޝްރޫއުތައް ހަވާލުކުރި އިރު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 26 ރަށެއްގައި ކުރިއަށްދާ މަޝްރޫއު އަޕްގްރޭޑުކުރާށެވެ. އަދި ފެނަކައާ ހަވާލުކޮށްފައި ވަނީ 22 ރަށެއްގައި ހިނގަމުންދާ މަޝްރޫއު އަޕްގްރޭޑްކުރުމާއި ތިން ރަށެއްގައި މުޅިން އަލަށް އެ ހިދުމަތް ފެށުމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި އާރުޑީސީއާ ހަވާލުކޮށްފައި ވަނީ 20 ރަށެއްގެ މަޝްރޫއު އަޕްގްރޭޑްކުރުމާއި ހަތަރު ރަށެއްގައި އަލަށް އެ ހިދުމަތް ގާއިމުކުރާށެވެ.
ރަށްރަށުގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
މިނިސްޓްރީން ބުނީ އެ ޕްރޮގްރާމުގެ ތެރެއިން ކުނި މެނޭޖްކުރުމުގެ އިންފްރާސްޓްރަކްޗާ ގާއިމުކުރާ 109 ރަށެއްގެ އިތުރުން ބާކީ ހުރި ރަށްރަށުގައި ވަނީ އެފަދަ މަޝްރޫއުތައް، މިނިސްޓްރީން ގަބޫލުކުރާ މިންގަނޑަށް ގާއިމުކޮށްފައި ކަމަށެވެ.
އެ މަސައްކަތް މިއަހަރުގެ ފަހުކޮޅު، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ރަށްރަށުގައި ގާއިމުކުރާ ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތަކަށް ބޭނުންވާ ސާމާނާއި ކުނި އުފައްދާ އުޅަނދުތައް ވެސް މިއަހަރުގެ ތެރޭގައި ފޯރުކޮށްދޭނެ އެވެ.
ތިލަފުށީގައި ކުނިން ހަކަތަ އުފެއްދުން އަންނަ އަހަރު
ޓޫރިޒަމް މިނިސްޓަރު ތޯރިގަށް މަޖިލީހުން ރުހުން ދީފި
ޑޮލަރުގެ މައްސަލަ ހައްލުވާން ފަށައިފި، ބަދަލު ފެންނާނެ
ދެ މިނިސްޓްރީ ރަނގަޅަށް ބެލެހެއްޓޭނެ: ތޯރިގް
ޓޫރިޒަމާއި ތިމާވެށި އެއްކޮށްލުން: ރަނގަޅު ނިންމުމެއް؟
ޓޫރިޒަމް މިނިސްޓަރަކަށް ތޯރިގު
100 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ހަދަނީ
"އީކޯޓޫރިޒަމާ އެކު ޓޫރިސްޓުން އަންނަ ސަބަބުތައް އިތުރު ކުރެވޭނެ"
ރާއްޖޭގައި ކުނީގެ 1 ޕަސެންޓަކީ ޕްލާސްޓިކް ފުޅި
ކުނި ނައްތާލުމުގެ ނިޒާމު ހަދަން 33 މިލިއަން ޑޮލަރު