Roadha Mihaaru

އެންމެންނަށް މި މިސްކިތުން ތަފާތު ރީތިކަމެއް

މިހާރު އުމުރުން 91 އަހަރު ވެފަައިވާ، ބ. އޭދަފުށީ ޑޭޒީވިލާ މުހައްމަދު އަލީ އެންމެ ބޭނުންވި އެއްކަމަކީ އުފަން ރަށުގައި މިސްކިތެއް ބިނާކޮށްދެއްވުމެވެ. މި ހުވަފެން ހަގީގަތަކަށް ހެދުމުގެ އުންމީދުގައި މީގެ ހަތަރު އަހަރު ކުރިން ބިންގާ އެޅި މިސްކިތުގެ މަސައްކަތް ނިންމައި އަންނަ ހުކުރު ދުވަހު ހުޅުވާއިރު މުހައްމަދު އަލީ އާއި އޭނާގެ އާއިލާ އަށް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ މުޅި ރާއްޖޭގެ އެންމެ ކަހަލަ ގޮތަކަށް އެ މިސްކިތުގެ ރީތިކަމުގެ ވާހަކަ ދައްކާތީ އެވެ. މުޅިން ތަފާތު ކޮންސެޕްޓަކަށް އެކި ގައުމުތަކުގެ މިސްކިތްތަކުގެ ޑިޒައިންތައް އަސްލަކަށް ބަލައިގެން ހެދި މި ތަނުގެ ޑިޒައިނާއި ކުރެހުން ވަރަށް ތަފާތެވެ. އޮމާނާއި އުޒްބަކިސްތާނާއި ތުރުކީ ފަދަ ތަންތަނުން ފެންނަ މިސްކިތްތަކާ އެއްވެސް ތަފާތެއް ނެތެވެ.---ފޮޓޯތައް: އައިމާން ހަބީބު

މަސްޖިދުލް މުހައްމަދު އަލީ ޑިޒައިން ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން އުޅުނީ އެ ދާއިރާގެ ތަޖުރިބާކާރުން ކަމަށްވާ އައިމާން ހަބީބާއި ހަސަން ޒިޔާދާއި މިނީ ކޮންސެޕްޓްގެ މީފައު ރަޝީދު އަދި އަލާފް ޕްރައިވެޓް ލިމިޓެޑްގެ އަޝްރަފް ހަމީދެވެ. އެ ޑިޒައިންތަކާ އެއްގޮތަށް މިސްކިތުގެ ކުރެހުން ކުރެހީ ތުރުކީ އާއި އީރާނުން ހާއްސަ ޓީމެއް ގެނެސްގެންނެވެ.

މި މިސްކިތުގެ އެންމެ ތަފާތު ކަމަކީ މިސްކިތްތައް ޑިޒައިންކުރުމުގައި މަޝްހޫރު ސެންޓްރަލް އޭޝިއާގެ ސަރަހައްދުތަކުގެ ކޮންސެޕްޓް ގެނެސްފައިވާތީ އެވެ. މިއީ އާންމުކޮށް ރާއްޖޭގެ މިސްކިތްތަކުން ފެންނަ ކަމެއް ނޫނެވެ. އޭދަފުށީ މި ރީތި މިސްކިތް ބިނާކުރުމަށްޓަކައި މުހައްމަދު އަލީގެ ބައެއް ބޭފުޅުން ވަނީ އޮމާން، އުޒްބަކިސްތާން، ދުބާއީ، ސައޫދީ އަރަބިއްޔާ އަދި ތުރުކީ އަށް ޒިޔާރަތްކޮށް އެ ތަންތަނުގެ މިސްކިތްތައް ޑިޒައިން ކޮށްފައިވާ ގޮތް ބަލައި ދިރާސާކޮށްފަ އެވެ. ހާއްސަކޮށް ތުރުކީގެ މިސްކިތްތަކުން އެ ފެންނަ ޗާލު ކުރެހުންގަނޑުތައް ވަނީ އޭދަފުށީގެ މިސްކިތްތަކަށް ގެނެސްފަ އެވެ.

މަސްޖިދުލް މުހައްމަދު އަލީގެ ޕްރޮޖެކްޓް މެނޭޖަރަކީ މުހައްމަދު އަލީގެ ބޭފުޅެއް ކަމަށްވާ ޔާސީން ރަފީއު އެވެ. ފާޑުކިޔުމާއި ކޮންސެޕްޓްތައް ގެނައުމުގައި ވެސް އިސްކޮށް އުޅުއްވީ މުހައްމަދު އަލީގެ ބޭފުޅުންނެވެ. އަދި ޑިޒައިންގެ މަސައްކަތްތަކުގައި އުޅުއްވި ދެ ބޭފުޅުންގެ ތެރެއިން އައިމާން ހަބީބަކީ ވެސް އާއިލީ ބޭފުޅެކެވެ. ބައްޕަ އަށް މިހާރު 91 އަހަރު ވެފައި ވާތީ އާއިލާ އިން ބޭނުންވީ ބައްޕަ އެންމެ ބޮޑަށް ބޭނުންވި ކަންތައް ކޮށްދޭށެވެ.

މި މިސްކިތުގެ ކޮންމެ ތަނަކުން ވެސް ދައްކުވައިދެނީ ތަފާތު ކަމެވެ. ކޮންމެ ކުރެހުމެއްގައި ވެސް ހިތްދަމައިގަންނަ ގޮތްތައް އެބަހުއްޓެވެ.

މި މިސްކިތުން ފެންނަނީ އިސްލާމީ އާކިޓެކްޗާގެ ތަފާތުކަމާއި މުއްސަނދިކަމެވެ. ބޭރު ގައުމުތަކުން އަހަރެމެންނަށް ފެންނަ އިސްލާމީ އާކިޓެކްޗާގެ ބައިތައް އޭދަފުށީ މިސްކިތައް ގެނެސްފައި ވުމަކީ އެ ރަށަށް ވެސް ލިބޭ ބޮޑު ފަހުރެކެވެ. ކެލިގްރަފީގެ ތަފާތު އާޓުތައް މި ތަނުން ދައްކައިދެ އެވެ.

މުހައްމަދު އަލީގެ އާއިލާ އިން ބުނީ، ބުރަ މަސައްކަތްތަކާ އެކު ވެސް މަސައްކަތްކުރީ ތަފާތު، ރީތި ކޮންސެޕްޓަކަށް މިސްކިތް ބިނާކުރުމަށް ކަމަށެވެ.

މި މިސްކިތުން އެ ފެންނަ ފާރިސީ ސްޓައިލްގެ ޗާލު ޑިޒައިންތަކުން ދިވެހިންގެ ހިތްތަކާ ވަރަށް ބޮޑަށް ކުޅެލަ އެވެ.

މިސްކިތުގެ ނަމާދުކުރާ ބައި ނުވަތަ ޑޯމްގެ ކުރެހުންތައް ވަރަށް ތަފާތެވެ.

ދެ ބުރިއަށް އިމާރާތްކޮށްފައި މި މިސްކިތުގެ ތަފާތު ކުރެހުމެއް.

މަސްޖިދުލް މުހައްމަދު އަލީގައި އެއްފަހަރާ 1،200 މީހުންނަށް ނަމާދު ކުރެވޭނެ އެވެ. ދެ ޖިންސުގެ މީހުންނަށް ނަމާދު ކުރެވޭ ގޮތަށް ހަދާފައިވާ މި މިސްކިތާ އެކު އޭދަފުށީގެ ތާރީހު ވެސް ބަދަލުކޮށްލާނެ އެވެ.

ފޮޓޯ އިން އެ ފެންނަނީ މިސްކިތުގެ ބާނީ މުހައްމަދު އަލީ، އެ މިސްކިތުގެ މަސައްކަތްތައް ބަލައްވާލައްވާ ތަނެވެ. މުހައްމަދު އަލީއަކީ އޭދަފުށީގައި އަމިއްލަ ވިޔަފާރި ކުރަމުން އައި ބޭފުޅެކެވެ. ދޯނި ގެންގުޅުއްވުމާއި ފިހާރަ ހިންގުމުގައި ގިނަ ދުވަސްވަތަކެއް ވަންދެން މަސައްކަތް ކުރެއްވި އެވެ. މިހާރު އުމުރުން ދުވަސްވެ، ފުރޮޅުލީ ގޮނޑިއެއްގައި އިންނަވަން ޖެހިވަޑައިގަތަސް އެއީ ޒުވާން ދުވަސްވަރު އަމިއްލަ މަސައްކަތުން ކުރިއަރައިގެން އައި ބޭފުޅެކެވެ. ތައުލީމީ ބޭފުޅުންތަކެއް ބިނާކުރެއްވި ޝަހުސިއްޔަތެކެވެ. އޭނާގެ އެންމެ ބޭނުންވި ކަންތައް މިއަދު މި ވަނީ ހާސިލްވެފަ އެވެ.