ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހިންގާ އަނިޔާވެރިކަމާ ދެކޮޅަށް މުޒާހަރާކޮށް އަދި އެ މުޒާހަރާތަކުގައި ޔަހޫދީ ދަރިވަރުންނަށް ކުރާ ފުރައްސާރަ ނުހުއްޓުވާތީ ކަމަށް ކަމަށް ބުނެ ކޮލަމްބިއާ ޔުނިވަސިޓީގެ 400 މިލިއަން ޑޮލަރުގެ އެހީ އެމެރިކާ ސަރުކާރުން ކަނޑާލައިފި އެވެ.
ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހިންގާ އަނިޔާވެރިކަމާ ދެކޮޅަށް މުޒާހަރާކޮށް އަދި އެ މުޒާހަރާތަކުގައި ޔަހޫދީ ދަރިވަރުންނަށް ކުރާ ފުރައްސާރަ ނުހުއްޓުވާތީ ކަމަށް ކަމަށް ބުނެ ކޮލަމްބިއާ ޔުނިވަސިޓީގެ 400 މިލިއަން ޑޮލަރުގެ އެހީ އެމެރިކާ ސަރުކާރުން ކަނޑާލައިފި އެވެ.
ސަރުކާރުގެ ހަތަރު އެޖެންސީއަކުން ވަނީ ހިލޭ އެހީ އާއި ކޮންޓްރެކްޓްތައް ހިމެނޭ ގޮތުން ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އެހީ ވަގުތުން ކެންސަލްކޮށްފައިވާކަން އިއުލާނުކޮށްފަ އެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ޔަހޫދީ ދަރިވަރުންނަށް ފުރައްސާރަކުރުމުގެ އަމަލުތައް ނުހުއްޓި ކުރިއަށް ދިއުމެވެ.
ޓްރަމްޕް މިދިޔަ ހަފްތާގައި ވަނީ "ޣައިރު ގާނޫނީ މުޒާހަރާތައް" ކުރުމަށް ފުރުސަތު ދޭ ސްކޫލްތަކަށް ސަރުކާރުގެ އެހީ ކަނޑާލާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.
އޮކްޓޯބަރު 7، 2023 ގައި ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާއަށް ފަހު ޣައްޒާގައި އިޒްރޭލުން ދޭން ފެށި ހަމަލާތަކާ ދެކޮޅަށް ކޮލަމްބިއާ ޔުނިވަސިޓީތަކުގެ ކެމްޕަސްތަކުގައި ބޮޑެތި މުޒާހަރާތައް ކޮށްފައިވެ އެވެ. މި މުޒާހަރާތައް ފުޅާވެ އެހެން ޔުނިވަސިޓީތަކުގައި ވެސް މުޒާހަރާކޮށްފައި ވާއިރު މިއީ ޔަހޫދީންނާ ދެކޮޅު އަމަލުތަކުގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.
ބައެއް މުޒާހަރާތަކުގައި ޔުނިވަސީޓިތަކުގެ އިމާރާތްތައް މުޒާހަރާގެ ބައިވެރިންގެ ބާރުގެ ދަށަށް ގެންގޮސް ލެކްޗާތަކަށް ހުރަސްއެޅުމާ އެކު ހަމަނުޖެހުން ވެސް ހިނގާފައިވެ އެވެ. އަދި އިޒްރޭލަށް ތާއީދުކޮށް އަޑު އުފުލި މީހުންނާ ދެމެދު ކުރިމަތިލުންތައް ވެސް ހިނގާފައިވެ އެވެ. އިޒްރޭލަށް ތާއީދުކޮށް ތެދުވި ގިނަ މީހުންނަކީ ޔަހޫދީންނެވެ.
ޔުނިވަސިޓީގެ ތަރުޖަމާނަކު ވިދާޅުވީ އެހީ ކަނޑާލި ކަމަށް ކޮށްފައިވާ އިއުލާނާ ގުޅިގެން މައުލޫމާތު ސާފުކުރަމުން އަންނަ ކަމަށާއި އެހީ އަލުން ލިބޭ ގޮތް ފަހިކުރުމަށް ސަރުކާރާ އެކު މަސައްކަތްކުރާނެ ކަމަށެވެ.
ކޮލަމްބިއާ ޔުނިވަސިޓީގައި މި ހަފުތާގައި ވެސް މުޒާހަރާކުރި އެވެ. ފަލަސްތީނަށް ތާއީދުކުރާ 200 އަށް ވުރެ ގިނަ މީހުން މުޒާހަރާކުރީ އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް އެ ޔުނިވަސިޓީގައި ވާހަކަ ދެއްކުމަށް އައުމާ އެކުގަ އެވެ.
ޣައްޒާ ރައްޔިތުން ލީބިޔާއަށް ގެންދާ ވާހަކަ ދޮގުކޮށްފި
ހާވާޑް ޔުނިވަސިޓީގެ 2 ބިލިއަނުގެ ބަޖެޓް ހިފަހައްޓައިފި
އިޒްރޭލާ ދެކޮޅު މުޒާހަރާގެ ލީޑަރު އެމެރިކާއިން ހައްޔަރު
ޣައްޒާއިން މީހުން ބޭލުމަކީ ނަސްލު ނައްތާލުން: އދ
ޣައްޒާ ހުސްކުރަން ޓްރަމްޕް ސީސީއަކަށް ނުގުޅާ: މިސްރު
ޓްރަމްޕުގެ ވިސްނުމަކީ "ޣައްޒާ ސާފުކޮށްލުން"
"އިޒްރޭލް-އިރާން ހަނގުރާމައަށް އެމެރިކާ ވަދެފާނެ"
ފަލަސްތީނުގެ ދައުލަތް އެހެން ގައުމެއްގައި ހަދަން ބުނެފި
ބައެެއް ގައުމުތަކުގެ މީހުން އެމެރިކާއަށް ވަނުން މަނާ
ހަމާސްގެ ޖަވާބު އެމެރިކާއަށް ކަމަކުނުދިޔަ