13 މާޗް 2017
މާފުށީ ޖަލުގައި ގައިދީން ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމުން ކަމަށާއި އެކަން އިތުރަށް ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.
މާފުށީ ޖަލުގައި ގައިދީން ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމުން ކަމަށާއި އެކަން އިތުރަށް ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.
އެޗްއާރުސީއެމްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަންގެ ނައިބު ރައީސް ޝިފާގް މުފީދު ވިދާޅުވީ، މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދާ ގައިދީންތަކެއް ހަޅުތާލު ކުރުމުގެ ގޮތުން، އެއް އިރެއްގެ ކެއުން ދޫކޮށްލި ކަމަށެވެ. ނަމަވެސް ޖަލުގެ ކަންކަން މިހާރު އާންމު ހާލަތަކަށް ބަދަލުވެ، އެއްވެސް ގައިދީއަކު އެ ހަޅުތާލުގައި ބައިވެރި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިފާގު ވިދާޅުވި ގޮތުގައި ގައިދީން ހަޅުތާލު ކުރި ސަބަބެއް ކަމަށް ވަނީ ގޮޅިތަކަށް ދޭތެރެ ދޭތެރެއިން މަނާ ތަކެތި ވައްދާތީ، ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަރަންޓު ވަޔަރުތައް ދަނގަނޑު ހޮޅިއެއްގެ ތެރެއަށް ލުމުންނެވެ. އެކަން ކުރީ ކަރަންޓު ޝޯޓެއްވެ، އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ފުރުސަތު ނުދިނުމަށާއި ގައިދީން ފޯނު ޗާޖު ކުރަން ފުރުސަތު ނުދޭން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަން ކުރުމާއެކު ފޯނު ޗާޖު ކުރުމުގެ ފުރުސަތު ބަންދުވީ. އެއާ ވިދިގެން އައި ހިތްހަމަނުޖެހުމެއްގެ ތެރެއިން މިކަން ހިނގީ. މިހާރުގެ ހާލަތު ރަނގަޅު. ހަޅުތާލެއް ހިނގަމުން ނުދާ ކަމަށް ވަނީ،" ޝިފާގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައްސަލަ އިތުރަށް ބެލުމުގެ ގޮތުން ގައިދީންނާ ވަކިވަކިން ބައްދަލު ކުރާނެ ކަމަށާއި އެ ބައްދަލުވުންތަކުގައި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން ބައިވެރި ނުކުރާނެ ކަމަށެވެ.
ޝިފާގް ވިދާޅުވި ގޮތުގައި ގައިދީންނަށް ތަފާތު ބަލިތައް ޖެހިފައި ތިބި ކަމުގެ މައުލޫމާތު ލިބެމުންދާތީ އެ މައްސަލަ ބަލައި ޑޮކްޓަރަށް ދެއްކި ބައެއް ގައިދީން، ވަނީ އެކަހެރި ކޮށްފަ އެވެ. އަދި ޑޮކްޓަރަށް ދެއްކުމުގައި ގައިދީންނަށް ދިމާވާ ދަތިތަކާ މެދު މަޝްވަރާކޮށް ހައްލު ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމައެއާއެކު، ގައިދީން މާލެ އަށް ގެނައުމުގައި ލަސްތަކެއް ދިމާވަނީ ވަސީލަތްތަކުގެ ދަތިކަމުން ކަމަށާއި އެކަން ހައްލު ކުރަން ކަމާ ބެހޭ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރާ ކަމަށް ވެސް ޝިފާގް ވިދާޅުވި އެވެ.
އެޗްއާރުސީއެމްގެ އަހަރީ ރިޕޯޓުގައި، ކޮމިޝަންގެ ރައީސާ އައިމިނަތު އީނާސް ވިދާޅުވީ މިދިޔަ އަހަރަކީ އިންސާނީ ހައްގުތައް ހިމާޔަތްކޮށް ދެމެހެއްޓުމަށް ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތުގައި ބޮޑު ކާމިޔާބެއް ހާސިލް ކޮށްފައިވާ އަހަރެއް ކަމަށެވެ. ކޮމިޝަނުން 1،190 މައްސަލަ ބަލައި ނިންމިއިރު، މިއީ ކޮމިޝަންގެ ތާރީހުގައި މިހާ ގިނަ އަދަދެއްގެ މައްސަލަ ބެލި ފުރަތަމަ ފަހަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީނާސް ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ އިންސާނީ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ހުރި ގޮންޖެހުންތައް ގިރާކޮށް، ރާއްޖޭގައި އިންސާނީ ހައްގުތަކުގެ ހާލަތު މިހާރަށް ވުރެ ރަނގަޅުމެވެ.
އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި އިންސާނީ ހައްގުތަކާ ގުޅޭ 533 މައްސަލައެއް ކޮމިޝަނަށް ހުށަހެޅިއިރު، 309 މައްސަލައެއް ވަނީ ބަލައި ނިންމައިފަ އެވެ.
އެޗްއާރުސީއެމަށް މިދިޔަ އަހަރު އެންމެ ގިނަ އިން ހުށަހެޅީ ބޯހިޔާވަހިކަމުގެ ހައްގާ ގުޅުން ހުރި މައްސަލަ ތަކެވެ. ކޮމިޝަނަށް އެ ބާވަތުގެ 138 މައްސަލައެއް ހުށަހަޅާފައިވާއިރު، އެކަށީގެންވާ ސިއްހީ ފަރުވާއެއް ނުލިބިގެން 68 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. އަދި ގައިދީންގެ ހައްގުތަކާ ގުޅުން ހުރި 64 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ވެސް އަހަރީ ރިޕޯޓުގައިވެ އެވެ.
އެޗްއާރުސީއެމުން މިހާރު ބަލަމުން އަންނަނީ ކުޑަކުދިންގެ ހައްގުތަކާ ގުޅުން ހުރި 125 މައްސަލައަކާއި ގައިދީންގެ ހައްގުތަކާ ގުޅޭ 75 މައްސަލައަކާއި އެކަށީގެންވާ ފަރުވާ ނުލިބުމުގެ 72 މައްސަލަ އެކެވެ. އަދި އެހެން ބައެއް މައްސަލަތައް ވެސް ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.
ގައިދީންގެ ބޯ ބޭލުން މަޖުބޫރު ނުކުރަން ހުށަހަޅައިފި
ޖަމީލުގެ މަރުގެ މައްސަލަ އެބަ ބަލަން:އެޗްއާރުސީއެމް
ގައިދީން ހޫނުން ރައްކާތެރިވެވޭނެގޮތް ހަމަޖައްސަން އެދެފި
ކަރެކްޝަންސްގެ އަމަލުތަކާ މެދު އެޗްއާރުސީއެމް ނުރުހިއްޖެ
އެޗްއާރުސީއެމުން އަމަލުކުރި ގޮތުން މުނާޒް ނުރުހުންވެއްޖެ
ފުލުހުން އިސްލާހުކުރުން ކުރިއަށް ދަނީ ލަހުން: ނަޝީދު
"ޖަލުތަކާ ގުޅޭގޮތުން ނެރެފައިވަނީ ޒިންމާދާރުކަން ކުޑަ ރިޕޯޓެއް"
ހަމްޒަތު މަރުވި މައްސަލަ އެޗްއާރުސީއެމުން ތަހުގީގުކުރަނީ
ޖަލުތަކުގެ މަރު: އިހުމާލުގެ ބޮޑެތި ތުހުމަތުތަކެއް!
ހައްގުތަކުގެ މައްސަލަ ސީރިއަސްކޮށް ބަލަން:އެޗްއާރުސީއެމް