ކުރިއަށް އޮތް ރޯދަމަހަށް ހާއްސަކޮށް އުރީދޫން އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފި އެވެ.
27 ފެބުރުއަރީ 2025
ކުރިއަށް އޮތް ރޯދަމަހަށް ހާއްސަކޮށް އުރީދޫން އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފި އެވެ.
އެ ކުންފުނިން މިދިޔަ ދެ އަހަރު އުރީދޫ ސުޕަ އެޕް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ހަދިޔާ ފޮށި ޕްރޮމޯޝަނުގެ ބަދަލުގައި މި ފަހަރު ފެންނާނީ "ކަރާ ފެޅުން" ކަމަށެވެ. މިއީ އުރީދޫގެ ކޮންމެ ކަސްޓަމަރަކަށް ވެސް ސުޕަ އެޕަށް ވަދެގެން، އެ އިން ފެންނަ ކަރަލުގައި ޓެޕްކޮށްކޮށް ފެޅުމުން ހަދިޔާ ލިބޭ ޕްރޮމޯޝަނެކެވެ.
ކޮންމެ ދުވަހަކަށް ވެސް އަގުހުރި އިނާމުތަކެއް ހުށަހަޅާފައި ވާއިރު، އެ އިނާމުތަކުގެ ތެރޭގައި ކޮންމެ ދުވަހަކު ލިބޭ ހިލޭ ޑޭޓާ އެޑް އޮންސްގެ އިތުރުން އެއާފްރަޔާ، ވެކިއުމް ކްލީނާ، ނިންޓެންޑޯ ސްވިޗް، އެޕަލް ވޮޗް ހިމެނެ އެވެ.
މި އަހަރު މި ޕްރޮމޯޝަނުގެ އެންމެ އަގުހުރި އިނާމަކަށް ހުށަހަޅާފައި ވަނީ އެޕަލްގެ 10 ޕްރޮޑަކްޓު ހިމެނޭ ބޮޑު ބަންޑަލްއެކެވެ. އެޕަލް އައިފޯން 16 ޕްރޯ އާއި މެކްބުކް އެއާ އާއި އެއާޕޮޑްސް 4 އާއި އެޕަލް ވޮޗާއި އެޕަލް ޓީވީ އާއި އެޕަލް ހޯމްޕޮޑާއި އެޕަލް އައިޕެޑާއި އެޕަލް ޕެންސިލާއި އެއާޕޮޑްސް މެކްސް އަދި 65 އިންޗީގެ އެޕަލް ޓީވީއެއް އެ ޕްރޮމޯޝަންގައި ހިމެނެ އެވެ. އެއީ ނަސީބުވެރި އެއް ކަސްޓަމަރަކަށް ލިބޭނެ އިނާމެކެވެ.
އުރީދޫ ސުޕަ އެޕް މެދުވެރިކޮށް ކޮންމެ ދުވަހަކު ވެސް ކަރާ ފެޅުމުގެ ފުރުސަތު ލިބޭނެ އެވެ. އެ ފުރުސަތު އެޕުގައި ހުޅުވާލާނީ ރޯދަމަހުގެ ފުރަތަމަ ދުވަހު އެވެ.
މި ޕްރޮމޯޝަނުގެ އިތުރުން ރޯދަމަހަށް އުރީދޫން ވަނީ ކަނޑައެޅިފައިވާ ވަކި ޕެކޭޖުތަކެއް ހިޔާރުކުރުމުން 20 ޖީބީގެ ބޯނަސް ޑޭޓާ ލިބޭ އޮފާ އަކާއި ދަންވަރަށް ހާއްސަކޮށް 10 ޖީބީ ޑޭޓާ ލިބޭ "އާޗާ ދަން ދަން" ޑޭޓާ ޕެކު ވެސް ތައާރަފު ކޮށްފަ އެވެ. މުޅި އާއިލާއަށް ބޭނުން ކުރެވޭނެ "ފެމިލީ ޝެއަރިން ޑޭޓާ"ގެ ނަމުގައި 799ރ. އަށް 150 ޖީބީ ޑޭޓާ ލިބޭ ޕެކޭޖެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އެ ޕެކޭޖުގެ 100 ޖީބީ ކަސްޓަމަރު ބޭނުން ކޮށް 25 ޖީބީ އެހެން މީހުންނަށް ދެވޭނެ އެވެ. އެ ގޮތަށް ދެވޭނީ ދެ މީހުންނަށެވެ.
އުރީދޫން ކޮންމެ އަހަރަކު ވެސް ރޯދަމަހަށް ހާއްސަ އޮފާތައް ތައާރަފްކުރެ އެވެ. އަދި އެމްފައިސާ މެދުވެރިކޮށް އިފްތާރު ޕެކު ހަދިޔާ ކުރުމާއި ޒަކާތް ދެއްކުމުގެ ފުރުސަތު ވެސް ދެ އެވެ. މި އަހަރު ވެސް އެ ފުރުސަތު އެމްފައިސާ ކަސްޓަމަރުންނަށް ލިބޭނެ އެވެ.
ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް ކުރިއަށް ދަނީ
އުރީދޫން އައިފޯން 17 ޕްރީ އޯޑަރަށް މިރޭ ހުޅުވާލަނީ
ކްލަބް ޕްރިިމިއާ ކަސްޓަމަރުންނަށް ނަސަންދުރާއިން އޮފާއެއް
އުރީދޫ ކަލަންޑަރުން ރަންނަމާރި އާއެކު ޗެޓުކޮށްލެވޭނެ
އުރީދޫގެ އުމްރާ ދަތުރުގެ 7 ވަނަ ނަސީބުވެރިޔާ ހޮވައިފި
ރަތްކަނޑުގެ ކޭބަލް ކެނޑުނަސް އިންޓަނެޓަށް ބުރުލެއްނާރާ
އުރީދޫ އެޕަށް އުރީދޫ ޑިޖިޓަލް މަސް ރޭސް!
އުރީދޫ ނޭޝަންގެ އެޓޯލް ލީގު ފޯރިގަދަކޮށް ކުރިއަށް ދަނީ
އުރީދޫ މަސް ރޭހުގެ ޗެމްޕިއަން ޓީމަކީ "ބާކީ"
އުރީދޫގެ ހިދުމަތުގެ އަގު ވަޒަންކޮށް ގައުމީ އިނާމު ދީފި