Roadha Mihaaru

ޗީފް ހަމީދު އެނބުރި ހާރިޖީ ދާއިރާ އަށް

ފޮރިން މިނިސްޓްރީގެ އިސް މަގާމުތަކުގައި ގިނަ އަހަރުތަކެއް ވަންދެން ކުރިން ހިދުމަތް ކުރައްވާފައިވާ އަބްދުﷲ ހަމީދު (ޗީފް ހަމީދު) އެ ދާއިރާގައި ދުރުގައި އެތައް އަހަރެއް ހޭދަކުރެއްވުމަށް ފަހު، ހާރިޖީ ދާއިރާއަށް އެނބުރި ވަޑައިގެންފި އެވެ.

އެނގިފައިވާ ގޮތުގައި، އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް ޗީފް ހަމީދު މި ފަހުން އައްޔަން ކޮށްފައި ވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.

ހަމީދު އެންމެ ފަހުން ހާރިޖީ ދާއިރާއަށް ހިދުމަތް ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ޔާމީންގެ ވެރިކަމުގައި 2015 އަހަރުން ފެށިގެން އެ ވެރިކަން 2018 ގައި ނިމުމާ ހަމައަށް ހަމީދު ހުންނެވީ ސައުދީ އަރަބިއްޔާގައި ހުންނެވި ރާއްޖޭގެ ސަފީރުގެ މަގާމުގަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހަމީދު ވަނީ 1991 ވަނަ އަހަރުން ފެށިގެން 15 އަހަރު ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު އަދާކުރައްވައިފަ އެވެ.

އޭގެ ފަހުން 2006 އާއި 2008 ވަނަ އަހަރާ ދެމެދު ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި ސްޓޭޓް މިނިސްޓަރުގެ މަގާމު ވެސް ފޮރިން މިނިސްޓްރީގައި ފުރުއްވި އެވެ.