އެކައުންޓްތަކުން ފައިސާ ފޭރުމުގައި ސްކޭމަރުން އާ އުކުޅެއް ބޭނުންކުރަމުންދާތީ ސަމާލުވާން ފުލުުހުން އެދިއްޖެ އެވެ.
އެކައުންޓްތަކުން ފައިސާ ފޭރުމުގައި ސްކޭމަރުން އާ އުކުޅެއް ބޭނުންކުރަމުންދާތީ ސަމާލުވާން ފުލުުހުން އެދިއްޖެ އެވެ.
ފުލުހުން ބުނީ ވަން-ޓައިމް-ޕާސްވޯޑު (އޯޓީޕީ)ގެ ބަދަލުގައި ފްލޭޝް ކޯލްސް ބޭނުން ކުރުން އިތުރުވަމުން އަންނައިރު، މަކަރާއި ހީލަތުން އެ ކޯޑު ހޯދައި އެކައުންޓްތައް ހިސޯރުކުރަމުންދާ ކަމަށެވެ.
އޯޓީޕީގެ ބަދަލުގައި މިހާރު އާންމުވަމުން އަންނަ އޮތަންޓިކޭޝަން މެތަޑެއް ކަމަށްވާ ފްލޭޝް ކޯލްސް އޮތަންޓިކޭޝަން މެތަޑް ގިނަ ކުންފުނިތަކުން ވަނީ ބޭނުންކުރަން ފަށައިފަ އެވެ. މި މެތަޑުގައި ކަސްޓަމަރުގެ ފޯނަށް ހިދުމަތްދޭ ކުންފުނިން ގުޅާ ނަންބަރު ނުވަތަ މިސް ކޯލް ލިބޭ ނަންބަރުގެ ފަހު ހަތަރު އަކުރަކީ އޮތަންޓިކޭޝަން ކޯޑެވެ.
ފުލުހުން ބުނި ގޮތުގައި އެ ކޯޑު އިތުރު އެއްވެސް ފަރާތަކާ ހިއްސާކޮށްފި ނަމަ ހިއްސާކުރެވެނީ ހަމަ އޯޓީޕީއާ އެއްވަރުގެ ކޯޑެކެވެ. އެ ކޯލުން ލިބޭ ކޯޑް އެހެން ފަރާތްތަކާ ހިއްސާ ނުކުރަން ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.
އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް - ސަމާލުވާންޖެހޭ ކަމެއްhttps://t.co/APrCS1YzEO pic.twitter.com/cpfrIGgcEc
— Maldives Police (@PoliceMv) January 27, 2025
"ޓެކްނޮލޮޖީއަށް މިއައި ބަދަލާ އެކު އެތައް ކުންފުންޏަކުން އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް ބޭނުންކުރަން ފަށާފައިވާއިރު، ސްކޭމަރުން ސްކޭމްކުރަން ގެންގުޅޭ އުކުޅު ވެސް ވަނީ ބަދަލުކޮށްފައި. އެކިއެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފްލޭޝް ކޯލްގެ ނަންބަރު ސްކޭމަރުން ހޯދައި އެކައުންޓުތައް ހިސޯރުކުރަން ވަނީ ފަށާފައި،" ފުލުހުން ބުންޏެވެ.
އެހެންކަމުން ފްލޭޝް ކޯލްސްއަކީ ކޮބައިކަމާއި، ފްލޭޝް ކޯލްސް މަސައްކަތްކުރާ ގޮތް ދެނެގަންނާނެ ގޮތްތައް ދިރާސާކޮށް ހޭލުންތެރިވުމަށް ފުލުހުން އިލްތިމާސްކުރި އެވެ. އަދި އިތުރު އެއްވެސް ފަރާތަކަށް، ތިމާގެ ފޯނަށް ލިބޭ ކޯޑެއް ވެސް އަދި ގުޅާފައި އޮތް ނަންބަރެއް ވެސް އަދި މިސްކޯލެއް ލިބިފައި އޮތް ނަންބަރެއް ވެސް ހިއްސާ ނުކުރުމަށް ވެސް އެދުނެވެ.
ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވަނީ
އެއް އެކައުންޓުން އިތުރު ބައެއް ސްކޭމްގައި ނުޖެއްސޭނެ
އަހަރެން މީ ކާކުކަން އެނގޭތަ؟
"ކެލާ އަހައްމަދު" އިތުރު ބަަޔަކަށް ލަނޑުދިންތޯ ބަލަނީ
ދިވެހިބަސް ނޭނގޭ ދިވެއްސަކަށް ތަރުޖަމާނެއްގެ އެހީ
ސްކޭމެއްގައި ބައިވެރިކުރުވީ ބިރުދައްކައިގެން ކަމަށްބުނެފި
މަޝްއަރު ޓުއާސްގެ ވެރިންނަށް ދައުވާކުރަން ފޮނުވައިފި
ފްލެޓަށް ހުޅުވާލި ކަމަށް ބުނެ ފޭކްމެސެޖުތަކެއް ފޮނުވަނީ
ނިންމުން ބަދަލުކޮށް ބައްސާމްގެ އެޕާޓްމަންޓް އަތުލަނީ
ދުވަސްވީ މީހުންގެ އަތުން ފޭރޭ މައްސަލަތައް އިތުރުވަނީ