މާލެ ފިޔަވައި އެހެން ރަށްރަށުގައި ކުރަންޖެހޭ މަރާމާތުތަކަށް ހާއްސަ ކޮށްގެން ކޮންމެ އަތޮޅެއްގައި ޕަބްލިކްސް ވޯކްސް ޔުނިޓެއް ގާއިމްކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
23 ޖެނުއަރީ 2025
މާލެ ފިޔަވައި އެހެން ރަށްރަށުގައި ކުރަންޖެހޭ މަރާމާތުތަކަށް ހާއްސަ ކޮށްގެން ކޮންމެ އަތޮޅެއްގައި ޕަބްލިކްސް ވޯކްސް ޔުނިޓެއް ގާއިމްކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅުގެ 11 ރަށަކަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލް، މާކުރަތުގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރަށްރަށުގައި އިންފްރަސްޓްރަކްޗާތައް ގާއިމްކުރަނީ ބޮޑު ހަރަދެއް ކޮށްގެން ކަމަށެވެ. ނަމަވެސް، ރަނގަޅަށް މަރާމާތު ނުކުރެވޭތީ އެ ކަންކަން ރަނގަޅުކުރަން ބޮޑު ހޭދައެއް ކުރަން ޖެހޭތީ، ޕަބްލިކް ވޯކްސް ސައިޓެއް ގާއިމްކުރުމަކީ ބޭކާރު ކަމަކަށް ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އޭގެ ސައިޓުތައް މިހާރު ވެސް ބައެއް ރަށްރަށުގައި އެބަހުއްޓެވެ. އެކަމަކު، އެ ތަންތަން ބާ ވިއަސް، މިހާރު ވެސް ބައެއް މަރާމާތުތަކަށް ސާމާނާއި މީހުން ފޯރުކޮށްދެ އެވެ.
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި ރ. އަތޮޅުގެ ޕަބްލިކް ވޯކްސް ސައިޓު ގާއިމް ކުރާނީ މާކުރަތުގަ އެވެ. އޭގެ އިތުރުން މަރާމާތުގެ މަސައްކަތްތައް ކުރަން އުތުރާއި ދެކުނުގައި މޮބައިލް ދެ ޔުނިޓު ހަދަން ދައުލަތުގެ މި އަހަރުގެ ބަޖެޓުން ކަނޑައަޅާފައިވާ ކަމަށް ވިދާޅުވި އެވެ.
"އޭރުން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރުތަކުގައި އަބަދު ބޮޑު ހަރަދުކޮށްފައި މަރާމާތު ނުކޮށް ހުރުމުގެ ސަބަބުން ބޮޑު ހަރަދެއް ކުރަން ޖެހުމުން އަލުން ތަންތަން ހަދަން ޖެހުން ކުޑަވެގެންދާނެ. މިއީ ހަގީގަތުގައި ވެސް ވަރަށް ބޮޑު އިންވެސްޓްމަންޓެއް، ބޭކާރުވާ ހަރަދެއް ނޫން ޕަބްލިކް ވޯކްސްއަށް ހަރަދު ކުރުމަކީ،" ރައީސް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ތަނުގައި ލޯންގު ޓާމުގައި މިހެން ރަށެއްގައި ހުންނަ ހުރިހާ އިންފްރަސްޓްރަކްޗާ ތަންތަން ބެލެހެއްޓުމުގައި ވަރަށް ބޮޑު ތަނުން ހަރަދު ކުޑަވާނެ ޕަބްލިކް ވޯކްސް ނިޒާމު ގާއިމްކުރެވުނީމަ."
ރައީސް ވިދާޅުވީ މާކުރަތުގެ ތަރައްގީގައި ކުލަޖައްސަން ބައިވަރު ކަންތައްތައް އެބަހުރި ކަމަށެވެ. ނަމަވެސް، ފާއިތުވި ދުވަސްތަކުގައި ސަބަބުތަކާ ހެދި ހަގީގަތަކަށް ނުވި ކަމަށް ވިދާޅުވި އެވެ. އެ ރަށަށް ކޮށްދޭނެ ކަމަށް ވައުދުވެވަޑައިގެންނެވި ބައެއް ކަންކަމަކީ، ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު މަސައްކަތްޕުޅު ކުރައްވާފައި ހުރި ކަންތައް ކަން ފާހަގަކުރެއްވި އެވެ.
President Dr @MMuizzu meets with the residents of Maakurathu, North Maalhosmadulu Atoll.
— The President's Office (@presidencymv) January 23, 2025
During the meeting, the President emphasised the Government’s commitment to addressing community needs and expediting development. pic.twitter.com/RZ9ozcjfdu
އޭގެ ތެރޭގައި ޕަބްލިކް ވޯކްސް ޔުނިޓު ގާއިމްކުރުމާއި ބަނދަރުގެ ދަތިކަން ހައްލުކުރުން ހިމެނެ އެވެ.
ރައީސް ވަނީ މާކުރަތުގެ ބަނދަރު އަދި ރަށް ގިރުމުގެ މައްސަލަ ހައްލު ކޮށްދިނުމަށް ވައުދުވެވަޑައިގެންފަ އެވެ. އެކަންކަމުގެ އިތުރުން
- ހެލްތު ސެންޓަރު ތަރައްގީކުރުން
- ސްކޫލަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުން
- ޒުވާނުން ކުޅިވަރު ކުޅޭނެ ވަސީލަތްތައް ގާއިމްކުރުން
- ގެދޮރުގެ މައްސަލަ ހައްލުކުރުން
ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފެށުމަށް މި އަހަރަށް ކަނޑައަޅާފައިވާ ރަށްރަށުގައި އެ މަސައްކަތްތައް ކުރާނެ ބަޔަކު ހޯދަން މި މަހު އިއުލާންކުރާނެ ކަމަށާއި މާކުރަތުގައި ހައުސިން މަޝްރޫއު ފެށުމަށް އަންނަ އަހަރު ބަޖެޓުގައި ހިމަނައިދޭނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މަޑުއްވަރިއަށް އުފުލަންދޫ އަދި މީދު އަށް ތާވަތާ ދީފި
"މިއަހަރު މުޅި ރާއްޖެއަށް ފެރީގެ ހިދުމަތް ދެވޭނެ"
ރަސްމާދޫ އެންޓަނާ މި ފަހަރު ރައީސްގެ ސަމާލުކަމަށް!
މަސައްކަތްކުރަނީ އުއްމީދުތައް ހާސިލްކޮށްދޭން: ރައީސް
"އުނގޫފާރުގައި 500 ހައުސިން ޔުނިޓު އަޅައިދޭނަން"
އުނގޫފާރުގައި އައިޑީކާޑު ޕްރިންޓްކުރަން ފަށައިފި
ރ. އަތޮޅުގެ 11 ރަށަކަށް ރައީސް ފުރާވަޑައިގެންފި
މާކުރަތުގައި ތިން ތަނެއް ފަޅާލި ބަޔަކު ހައްޔަރުކޮށްފި
އިލްމުވެރިން ފަރުވާކުޑަކޮށްފިނަމަ ގައުމު ދާނީ ފަހަތަށް
ޝައިހު އިސްމާއިލަށް އައިޔޫއެމްގެ އޮނަރަރީ ޑޮކްޓަރޭޓްކަން