އިންޑިއާގައި އަންހެން ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ އުމުރަށް ޖަލަށް ލާން މިއަދު ހުކުމްކޮށްފި އެވެ.
އިންޑިއާގައި އަންހެން ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ އުމުރަށް ޖަލަށް ލާން މިއަދު ހުކުމްކޮށްފި އެވެ.
އަނިޔާވެރި ހާދިސާގައި މަރާލި 31 އަހަރުގެ ޑޮކްޓަރުގެ މައިންބަފައިން ބުނީ ގާތިލްގެ މައްޗަށް އަންނާނީ ދަންޖައްސައި މެރުމުގެ ހުކުމެއް ކަމަށް އުންމީދުކުރި ކަމަށާއި ޖަލު ހުކުމެއް އައުމުން ވަރަށް ބޮޑު ހައިރާންކަމެއް ލިބި ހިތާމަކުރާ ކަމަށެވެ.
އަންހެނުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް ގިނަ އިންޑިއާގައި ބޮޑެތި މުޒާހަރާތައްކޮށް، ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިން މަސައްކަތް ހުއްޓާލައި ހަޅުތާލު ކުރި ހާދިސާގެ ހުކުމް އިއްވަވަމުން ފަނޑިޔާރު އަނިރްބަން ދާސް ވިދާޅުވީ މިއީ "މަދުން ނޫނީ ނުފެންނަ މައްސަލަތަކުގެ ތެރެއިން އެންމެ ނާދިރު މައްސަލަ" އެއް ނޫން ކަމަށާއި އެހެންވެ މަރުގެ އަދަބު ހައްގު ނޫން ކަމަށެވެ. ފަނޑިޔާރު ވިދާޅުވީ ގާތިލް ސަންޖޯއި ރޯއީގެ އުމުރު ހޭދަކުރަން ޖެހޭނީ ޖަލުގައި ކަމަށެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހު، އިރުމަތީގެ ސިޓީއެއް ކަމަށްވާ ކަލްކަތާގައި ޑޮކްޓަރުގެ ހަށިގަނޑު ފެނުނީ ސަރުކާރުގެ ހޮސްޕިޓަލެއްގެ ތެރެއިންނެވެ. ހަށިގަނޑު ފެނުމާ އެކު މުޅި ގައުމުގައި ވަނީ ނުރުހުން ފާޅުކޮށް މުޒާހަރާތައް ކޮށްފަ އެވެ. އަދި އަންހެނުންނަށް ކުރާ އަނިޔާތަކުގެ މައްސަލައިގެ އަޑު އަލުން ގަދަވި އެވެ.
ހޮސްޕިޓަލުގެ ސިވިކް ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތްކުރި ރޯއީ، 33، ހައްޔަރުކުރީ ޑޮކްޓަރު މަރާލާފައި އޮއްވައި ފެނުނުތާ އެއް ދުވަސް ފަހުންނެވެ.
ރޭޕްކޮށް މެރި އެތައް ބަޔަކު ވަޅުލި ކަމަށް ބުނާ މީހެއް
އިންޑިއާގެ ސިޔާސީ މީހަކު ރޭޕްގެ ކުށަށް އުމުރަށް ޖަލަށް
އަބްދުއްރަހުމާންގެ މަރު: އޮޓޮޕްސީ ހަދަން އިންޑިއާއަށް
މަރުގެ ކުށް 60 އަހަރުން ސާބިތުވި އިރު އުމުރު 92
އިޒްރޭލު ޓޫރިސްޓަކާއި އިންޑިއާ އަންހެނަކު ރޭޕްކޮށްފި
އިންޑިއާގައި ޓޫރިސްޓަކު ރޭޕްކޮށް މަރާލުމުން ޖަލަށް
އިންޑިއާގައި އަނެއްކާވެސް ރޭޕްގެ ބޮޑު މައްސަލައެއް!
ރޭޕްކުރާތީ ދެ ދަރިން ބައްޕަ ގައިގައި ރޯކޮށް މަރާލައިފި
އިންޑިއާގައި ނޫސްވެރިއެއްގެ އަނިޔާވެރި މަރެއް
ޑޮކްޓަރު ރޭޕްކޮށް މަރާލުމުގެ ދައުވާއަށް އިންކާރުކޮށްފި