09 ޖެނުއަރީ 2025
ޕާކިސްތާނުގައި ބައްޕައަކު ދެ އަންހެން ދަރިން ރޭޕްކުރާ ކަމަށް ތުހުމަތުކޮށް އެ ދެކުދިން ބައިވެރިވެގެން ބައްޕަގެ ގައިގައި ރޯކޮށް މަރާލައިފި އެވެ.
ޕާކިސްތާނުގައި ބައްޕައަކު ދެ އަންހެން ދަރިން ރޭޕްކުރާ ކަމަށް ތުހުމަތުކޮށް އެ ދެކުދިން ބައިވެރިވެގެން ބައްޕަގެ ގައިގައި ރޯކޮށް މަރާލައިފި އެވެ.
މި މަހުގެ އެއްވަނަ ދުވަހު ޕަންޖާބީ ސިޓީއެއް ކަމަށްވާ ގުޖްރަންވާލާގައި ބައްޕައަށް ހަމަލާދީ ރޯކޮށްލުމާ ގުޅިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އަންގާރަ ދުވަހު ވަނީ މަރުވެފަ އެވެ. މި މައްސަލައިގައި މިހާރު ވަނީ އޭނާގެ ދެ އަންހެން ކުދިން ހައްޔަރުކޮށްފަ އެވެ.
މީގެ ތެރެއިން އެއް ކުއްޖަކީ ފިރިހެން މީހާގެ ކުރީގެ ކައިވެންޏަކަށް ލިބިފައިވާ ދަރިއެކެވެ. އަނެއް ކުއްޖާ އަކީ ފިރިހެން މީހާގެ ދެ އަނބިންގެ ތެރެއިން އަންބެއްގެ ދަރިއެކެވެ.
"އެ ކުދިން ބުނީ މިއީ އެ ދެ ކުދިން ރާވައިގެން، ބައްޕަގެ ގޯނާއިން ދާއިމީ ގޮތެއްގައި ސަލާމަތްވާން ހިންގި އަމަލެއް ކަމަށް،" ފުލުހުންގެ އިސް އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި އެވެ.
ފުލުހުން ބުނީ ބައްޕަ ގައިގައި ރޯކޮށްލާފައިވަނީ ސައިކަލަކުން ޕެޓްރޯލް ނަގައިގެން ގޮސް، ބައްޕަ ނިދާފައި އޮއްވައި ކަމަށެވެ.
ހައްޔަރުކޮށްފައިވާ ކުދިންނާ ހަވާލާދީ ފުލުހުން ބުނީ ދޮށީ އަންހެން ކުއްޖާ ރޭޕްކުރާތާ އަހަރެއް ވެއްޖެ ކަމަށާއި ހަގު ކުއްޖާ ރޭޕްކުރަން އެތައް ފަހަރަކު މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި މިކަން މަންމަމެންނަށް އެނގޭނެ ކަމަށާއި އެކަމަކު އަޅާނުލި ކަމަށް ވެސް ބުނެފައިވެ އެވެ.
މަރުވި މީހާގެ ދެ އަނބިންނަށް، ދަރިންގެ ރޭވުން ކުރިން އެނގިފައި ނެތް ކަމަށާއި އެކަމަކު އޭގެ ތެރެއިން އެކަކާ ފުލުހުން ސުވާލުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
ޒައިނަބް މަރާލި އިމްރާން ދަންޖެއްސުންް ބުދަ ދުވަހު
ޒައިނަބުގެ ގާތިލް ކުޑަކުދިން ހައްލާފައި ވަނީ މެޓާ ދީގެން
ޒައިނަބުގެ ބައްޕަ ބޭނުން ވަނީ ގާތިލް ދަންޖައްސަން
ޒައިނަބުގެ ގާތިލް ކަމަށް ބެލެވޭ މީހާ ހައްޔަރު ކޮށްފި
ޒައިނަބުގެ ތަހުގީގު ނިންމަން ސުޕްރީމް ކޯޓުން މުހުލަތެއް ދީފި
ޒައިނަބުގެ ގާތިލުން ކަމަށް ބެލެވޭ ދެ މީހުން ހައްޔަރުކޮށްފި
ޕާކިސްތާނުގައި ހަތަރު އަހަރުގެ ކުއްޖެއް ރޭޕްކޮށް މަރާލައިފި
ޒައިނަބުގެ މަރުގެ މައްސަލާގައި ފުލުހުން ސީރިއަސްއެއް ނޫން
ޒައިނަބުގެ މަރާ ގުޅިގެން ބައެއް މީހުން ހައްޔަރު ކުރަނީ
ޒައިނަބް ކިޑްނެޕްކުރި ކަމަށް ބެލެވޭ މީހާގެ އާ ވީޑިއޯއެއް