21 ޖެނުއަރީ 2018
އިސްލާމްއާބާދު (ޖެނުއަރީ 21) - ޕާކިސްތާނުގައި ރޭޕް ކުރުމަށް ފަހު ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އުމުރުން ހަތް އަހަރުގެ ޒައިނަބް އަންސާރީގެ ތަހުގީގު ނިންމަން ޕާކިސްތާނުގެ ސުޕްރީމް ކޯޓުން 72 ގަޑިއިރުގެ މުހުލަތެއް ތަހުގީގު ޓީމަށް ދީފި އެވެ.
އިސްލާމްއާބާދު (ޖެނުއަރީ 21) - ޕާކިސްތާނުގައި ރޭޕް ކުރުމަށް ފަހު ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އުމުރުން ހަތް އަހަރުގެ ޒައިނަބް އަންސާރީގެ ތަހުގީގު ނިންމަން ޕާކިސްތާނުގެ ސުޕްރީމް ކޯޓުން 72 ގަޑިއިރުގެ މުހުލަތެއް ތަހުގީގު ޓީމަށް ދީފި އެވެ.
ޒައިނަބު ގެއްލިފައި ވަނީ މި މަހު 4 ވަނަ ދުވަހު އެވެ. އެ ކުއްޖާ މަރާލުމަށް ފަހު ކުނިގޮނޑަކަށް އެއްލާލާފައި ވަނިކޮށް ފެނިފައި ވަނީ މި މަހު 9 ވަނަ ދުވަހު އެވެ.
ސު މޮޓޯގެ ދަށުން ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލައިގެ ބެންޗުގައި އިސްކޮށް އިންނަވަނީ އުއްތަމަ ފަނޑިޔާރު މިއާން ސާގިބު ނިސާރެވެ. ކޯޓުގެ އެންމެ ފަހު އަޑު އެހުމުގައި ވަނީ ޒައިނަބުގެ މަރުގެ މައްސަލަ ތަހުގީގު ކުރާ ޖޮއިންޓް އިންވެސްޓިގޭޝަން ޓީމުގެ މެންބަރުންނާއި ޕަންޖާބު ފޮރެންސިކް އެޖެންސީގެ ވެރިޔާ ހާޒިރުކޮށްފަ އެވެ. ތަހުގީގު ކުރިއަށްދާ ގޮތާ ބެހޭ ގޮތުން އިންވެސްޓިގޭޝަން ޓީމުން ވަނީ ކޯޓަށް މައުލޫމާތު ދީފަ އެވެ.
ޒައިނަބުގެ މަރުގެ ތަހުގީގު ކުރިއަށްދާ ގޮތާ މެދު ހިތްހަމަޖެހިވަޑައި ނުގެން އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ވަނީ ފުލުހުން މިހާރު އެކަން ކުރާ ގޮތުން ޕާކިސްތާނުގެ 210 މިލިއަން މީހުންގެ ޑީއެންއޭ ނަގަން ޖެހޭނެ ކަމަށެވެ.
ޕަންޖާބު ފުލުހުން ދާދި ފަހުން ވަނީ ޒައިނަބުގެ ގާތިލުން ކަމަށް އެންމެ ބޮޑަށް ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެފަ އެވެ.
ރޭޕްކުރާތީ ދެ ދަރިން ބައްޕަ ގައިގައި ރޯކޮށް މަރާލައިފި
ޒައިނަބް މަރާލި އިމްރާން ދަންޖެއްސުންް ބުދަ ދުވަހު
ޒައިނަބުގެ ގާތިލް ކުޑަކުދިން ހައްލާފައި ވަނީ މެޓާ ދީގެން
ޒައިނަބުގެ ބައްޕަ ބޭނުން ވަނީ ގާތިލް ދަންޖައްސަން
ޒައިނަބުގެ ގާތިލް ކަމަށް ބެލެވޭ މީހާ ހައްޔަރު ކޮށްފި
ޒައިނަބުގެ ގާތިލުން ކަމަށް ބެލެވޭ ދެ މީހުން ހައްޔަރުކޮށްފި
ޕާކިސްތާނުގައި ހަތަރު އަހަރުގެ ކުއްޖެއް ރޭޕްކޮށް މަރާލައިފި
ޒައިނަބުގެ މަރުގެ މައްސަލާގައި ފުލުހުން ސީރިއަސްއެއް ނޫން
ޒައިނަބުގެ މަރާ ގުޅިގެން ބައެއް މީހުން ހައްޔަރު ކުރަނީ
ޒައިނަބް ކިޑްނެޕްކުރި ކަމަށް ބެލެވޭ މީހާގެ އާ ވީޑިއޯއެއް