25 ޖެނުއަރީ 2018
އިސްލާމްއާބާދު (ޖެނުއަރީ 25) - ޕާކިސްތާނުގައި ރޭޕް ކުރުމަށް ފަހު ރަހުމް ކުޑަ ގޮތަކަށް މަރާލާފައިވާ އުމުރުން ހަތް އަހަރުގެ ޒައިނަބް އަންސާރީގެ ގާތިލް މީގެ ކުރިން ވެސް ވަނީ އެތައް ކުދިންނެއް ރޭޕްކޮށްފައި ކަމަށާއި އޭނާ އެކަން ކޮށްފައި ވަނީ ކުޑަ ކުދިން ހައްލުވާލަން މެޓާ ދީގެން ކަމަށް ޕްރޮސެކިއުޓަރުން ކޯޓުގައި ބުނެފި އެވެ.
އިސްލާމްއާބާދު (ޖެނުއަރީ 25) - ޕާކިސްތާނުގައި ރޭޕް ކުރުމަށް ފަހު ރަހުމް ކުޑަ ގޮތަކަށް މަރާލާފައިވާ އުމުރުން ހަތް އަހަރުގެ ޒައިނަބް އަންސާރީގެ ގާތިލް މީގެ ކުރިން ވެސް ވަނީ އެތައް ކުދިންނެއް ރޭޕްކޮށްފައި ކަމަށާއި އޭނާ އެކަން ކޮށްފައި ވަނީ ކުޑަ ކުދިން ހައްލުވާލަން މެޓާ ދީގެން ކަމަށް ޕްރޮސެކިއުޓަރުން ކޯޓުގައި ބުނެފި އެވެ.
ޒައިނަބުގެ މަރުގެ ތުހުމަތުގައި ހައްޔަރު ކުރި 24 އަހަރުގެ އިމްރާން އަލީ ވަނީ ކުށަށް އިއުތިރާފްވެފައި ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ޕާކިސްތާނުގެ އެންޓި-ޓެރަރިޒަމް ކޯޓަށް އިއްޔެ ގެންދިއުމުން ކޯޓުން މިހާރު ވަނީ 14 ދުވަސް ޖަހައިފަ އެވެ. ޕަންޖާބު އެލީޓް ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ކޯޓަށް ހާޒިރުކުރި އިރު ހުރީ މޫނު ނިވާކޮށްފަ އެވެ.
ސްޓޭޓް ޕްރޮސެކިއުޓާ އަބްދުލް ރައޫފް ވައްތޫ ކޯޓުގައި ވިދާޅުވީ އިމްރާން ވަނީ މީގެ ކުރިން ވެސް އެތައް ކުދިންނެއް ރޭޕްކޮށް މަރާފައި ކަމަށާއި އެހެންވެ އޭނާއާ ސުވާލުކޮށް ތަހްގީގު ފުރިހަމަ ކުރަން 15 ދުވަސް ބޭނުންވާ ކަމަށެވެ. އަދި ކުޑަ ކުދިން ހައްލުވާފައި ވަނީ މެޓާފަދަ އެއްޗެހި ގަނެދޭނެ ކަމަށް ބުނެގެން ކަމަށް ވެސް ވައްތޫ ކޯޓުގައި ވިދާޅުވި އެވެ.
އެކަމުގެ ހެއްކަކީ ކޮބައިތޯ ގާޒީ ސުވާލު ކުރުމުން ވައްތޫ ވިދާޅުވީ ޕޮލިގްރާފް ޓެސްޓަަށް ފަހު ގާތިލް ވަނީ އެކަމަށް އެއްބަސްވެފައި ކަމަށެވެ. ޒައިނަބު ގޮވައިގެން ދިޔަ، ސީސީޓީވީން ފެންނަ މީހާގެ ތުނބުޅި ހުރި އިރު އިމްރާން ތުނބުޅި ނެތީ ކީއްވެތޯ ގާޒީ ސުވާލު ކުރުމުން ވައްތޫ ވިދާޅުވީ އޭނާ ވަނީ މީހުންނަށް އޮޅުވާލުމުގެ ގޮތުން ތުނބުޅި ބާލާފައި ކަމަށެވެ. އަދި ކުށުގެ ވެށިން ނެގި ސާމްޕަލްއާ އިމްރާންގެ ޑީއެންއޭ ގުޅޭ ކަމަށް ވެސް ކޯޓުގައި ވައްތޫ ވިދާޅުވި އެވެ. މީގެ ކުރިން ހިންގި ރޭޕްތަކާއި ގަތުލްތަކާ ގުޅޭ ޑީއެންއޭ ސާމްޕަލްއާ އިމްރާންގެ ޑީއެންއޭ ގުޅޭތޯ ޓެސްޓް ކުރަން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ޖަނަވާރުގެ ޑީއެންއޭ އާއި ޕޮލިގްރާފް ޓެސްޓް ދިމާވޭ،" ޕަންޖާބުގެ ޗީފް މިނިސްޓަރު ޝަހްބާޒް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުޑަކުދިން ރޭޕްކޮށް މަރާ ގާތިލުން އާއްމުން ތެރޭ ދަންޖައްސަން ގާނޫނުތައް ބަދަލު ކުރަން ހުށަހަޅުއްވާނެ ކަމަށެވެ. ޒައިނަބުގެ ބައްޕަ ވެސް ބުނެފައި ވަނީ އޭނާ ބޭނުން ވަނީ ގާތިލް އާއްމުން ތެރޭ ދަންޖައްސަން ކަމަށެވެ.
ޗީފް މިނިސްޓަރު ވިދާޅުވީ ޒައިނަބުގެ ގާތިލް ކުރިން ވެސް ވަނީ ހައްޔަރުކޮށްފައި ކަމަށާއި އޭނާ ދޫކޮށްލީ ހިތުގެ މައްސަލަ ހުންނަ ކަމަށް ބުނުމުން ކަމަށެވެ.
ޒައިނަބް ރޭޕްކޮށް މަރާލީ އޭނާގެ މަންމަ އާއި ބައްޕަ އުމްރާއަކަށް ގޮސް އުޅެނިކޮށެވެ.
ރޭޕްކުރާތީ ދެ ދަރިން ބައްޕަ ގައިގައި ރޯކޮށް މަރާލައިފި
ޒައިނަބް މަރާލި އިމްރާން ދަންޖެއްސުންް ބުދަ ދުވަހު
ޒައިނަބުގެ ބައްޕަ ބޭނުން ވަނީ ގާތިލް ދަންޖައްސަން
ޒައިނަބުގެ ގާތިލް ކަމަށް ބެލެވޭ މީހާ ހައްޔަރު ކޮށްފި
ޒައިނަބުގެ ތަހުގީގު ނިންމަން ސުޕްރީމް ކޯޓުން މުހުލަތެއް ދީފި
ޒައިނަބުގެ ގާތިލުން ކަމަށް ބެލެވޭ ދެ މީހުން ހައްޔަރުކޮށްފި
ޕާކިސްތާނުގައި ހަތަރު އަހަރުގެ ކުއްޖެއް ރޭޕްކޮށް މަރާލައިފި
ޒައިނަބުގެ މަރުގެ މައްސަލާގައި ފުލުހުން ސީރިއަސްއެއް ނޫން
ޒައިނަބުގެ މަރާ ގުޅިގެން ބައެއް މީހުން ހައްޔަރު ކުރަނީ
ޒައިނަބް ކިޑްނެޕްކުރި ކަމަށް ބެލެވޭ މީހާގެ އާ ވީޑިއޯއެއް