ރާއްޖެ އިން މި އަހަރު އުމްރާގެ ހުއްދަ ދިން ކުންފުންޏަކުން މީހުން އުމްރާއަށް ނުގެންގޮސް އޮޅުވާލައިގެން އެމްއެމްއޭ އިން ޑޮލަރު ގަތް މައްސަލައެއް ފެންމަތިވެއްޖެ އެވެ.
14 ޖެނުއަރީ 2025
ރާއްޖެ އިން މި އަހަރު އުމްރާގެ ހުއްދަ ދިން ކުންފުންޏަކުން މީހުން އުމްރާއަށް ނުގެންގޮސް އޮޅުވާލައިގެން އެމްއެމްއޭ އިން ޑޮލަރު ގަތް މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން އަންނަނީ މި ކުންފުނީގެ މައްސަލަ ބަލަމުންނެވެ.
މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އުމްރާއަށް މީހުން ގެންދަން ހުއްދަ ދިން ކުންފުންޏަކުން އުމްރާއަށް ފުރަން ކަމަށް ހަދައި އެމްއެމްއޭ އިން ޑޮލަރު ނަގާފައިވާ ކަމަށެވެ.
މިއީ ކޮން ކުންފުންޏެއް ކަމެއް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.
އުމްރާ އަށް ފުރާ މީހުންނަށް ވެސް ޑޮލަރު ދޫކުރަނީ ފުރުމުގެ ޓިކެޓާއި ޑޮކިއުމެންޓްސް ހުށަހެޅުމުންނެވެ. އެ ކުންފުނިން ޑޮލަރު ނެގީ ފޭކު ޑޮކިއުމެންޓް ހުށަހަޅައިގެން ކަމަށް މިނިސްޓްރީން ތުހުމަތު ކުރެ އެވެ.
އެ މައްސަލަ އިތުރަށް ބަލައި މިނިސްޓްރީއަށް އެކަން ސާބިތު ވެއްޖެ ނަމަ އެކުންފުނި 30،000ރ. އިން ޖޫރިމަނާކޮށް ހުއްދަ ހިފަހައްޓައި އެ މައްސަލަ ތަހުގީގު ކުރަން ޕޮލިހަށް ވެސް ފޮނުވަން ވަނީ ނިންމައިފަ އެވެ.
އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ މައްސަލަ ފާހަގަވެފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ އުމްރާއަށް އަލް-ހިޖްރަ ޓްރެވެލްސް އެންޑް ޓުއާސް އިން މީހުން ގެންގޮސް ހާލުގައި ޖެއްސި މައްސަލަ ބެލުމުގެ ތެރޭގަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ގެޒެޓްކޮށްފައިވާ އުސޫލާ އެއްގޮތަށް އަމަލުކޮށްފައި ނުވާ އެހެން ކުންފުނިތައް ފާހަގަވެ މިއަދު ވަނީ އެ ކުންފުނިތަކަށް ފިޔަވަޅު އަޅަން ވެސް ނިންމައިފަ އެވެ. އެގޮތުން އެ އުސޫލާ ހިލާފުވި 19 ކުންފުންޏެއް 5،000ރ. އިން ޖޫރިމަނާ ކުރަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
ހާލުގައި ޖެހުނު 23 އުމްރާވެރިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިދިޔަ ހޮނިހިރު ދުވަހު ވަނީ ރާއްޖެ ގެނެސްފަ އެވެ.
ޓީއެމްއޭއިން މުސާރަ ރުފިޔާއިން ދެނީ
ޔުނިވާސަލްއިން ސާވިސް ޗާޖު ރުފިޔާއިން ދޭން ނިންމައިފި
ޑޮލަރު ނަގާ އަދަދު މަތިކުރީ ވިޔަފާރިތަކަށް ދޫކުރަން
މާރުކުރާ ޑޮލަރުގެ 90 ޕަސެންޓް އެމްއެމްއޭއަށް ނަގަނީ
އުމްރާއަށް ނުގެންދިޔަ މައްސަލާގަ އަސްކޮއި ޖޫރިމަނާކޮށްފި
ރޯދަމަހު އުމްރާވެރިންނަށް އެއް މިލިއަން ޑޮލަރު ދޫކުރި
ބޭންކްތަކަށް 150 މިލިއަން ޑޮލަރު މާރުކޮށްފި: ރައީސް
އުމްރާއަށް ނުގެންދިޔަ މައްސަލަ ބަލައި ފިޔަވަޅު އަޅާނަން
ފައިސާ ދެއްކިފަހުން އުމްރާއަށް ނުގެންދެވޭކަން އަންގައިފި
މަނީ ޗޭންޖަރުންނަށް އެދި 98 ފަރާތެއް،ޕްރޮސެސް ކުރަނީ