އުމްރާއަށް ގެންދަން ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު އުމްރާއަށް ނުގެންދިޔަ ގްރޫޕްގެ މައްސަލަ ބަލައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
13 މާޗް 2025
އުމްރާއަށް ގެންދަން ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު އުމްރާއަށް ނުގެންދިޔަ ގްރޫޕްގެ މައްސަލަ ބަލައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އުމްރާއަށް ތައްޔާރުވި ފަހުން ނުގެންދެވޭނެ ކަން އެންގީ އަސްކޮއި ހައްޖު ގްރޫޕްގެ ހަވާލުގައި ދާން އުޅުނު ހަ މީހަކަށެވެ. މައިންބަފައިންނާއި އާއިލާގެ އިތުރު ބަޔަކާ އެކު އުމްރާއަށް ދާން ތައްޔާރުވި އެ އާއިލާއިން "މިހާރު"އާ ވާހަކަދެއްކި ހަލީމަތު ސިފްނީ ބުނީ މި ރޯދައިގެ ފަހު 15 އާއި ޝައްވާލު މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް އުމްރާއަށް ދިއުމަށް އަސްކޮއި ގްރޫޕަށް މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ފައިސާ ދައްކަމުން ގޮސް މިދިޔަ ޖެނުއަރީ 24 ގައި އެއްކޮށް ފައިސާ ދައްކައި ނިންމާފައިވާ ކަމަށެވެ.
އެ ގްރޫޕަށް ފައިސާ ދެއްކީ މީހަކަށް 42،000ރ. ގެ ރޭޓުން ޖުމްލަ 252،000ރ. އެވެ.
ފުރަން 10 ދުވަހަށް ވެފައި އޮއްވައި، ދަތުރު ކުރެވެން ނެތް ކަން އެންގީ ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެވެ. އޭރު އެ އާއިލާ އިން ތިބީ މާލެ އައުމުގެ އިންތިޒާމް ވެސް ހަމަޖައްސައިގެންނެވެ.
ޝަހީމް "މިހާރު"އަށް ވިދާޅުވީ ފައިސާ ދެއްކި ފަހުން އުމްރާއަށް ނުގެންދެވޭނެ ކަމަށް އެންގި ޖަމާއަތުގެ މައްސަލަ ބަލައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
އަސްކޮއިގެ ހަވާލުގައި ރޯދައިގެ ފަހު 15 ގައި އުމްރާއަށް ދާން ފައިސާ ދެއްކި އެހެން މީހުންނަށް ވެސް ނުދެވޭނެ ކަމަށް އެންގި ކަމަށްވެ އެވެ. އެކަމަކު، އެ އަދަދެއް ސާފެއްނުވެ އެވެ.
މިނިސްޓަރު ވިދާޅުވީ އެ ޖަމާއަތުގެ ވެރިން މައްކާގައި އުޅޭތީ ފައިސާ ދައްކައި އުމްރާއަށް ނުދެވުނު މީހުންގެ އަދަދު އަދި ސާފުނުވާ ކަމަށެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަޝީދު ސިފްނީއަށް ފޮނުވި މެސެޖުގައި ވަނީ އެ ކޮޅުން ދިމާވި ކަމެއްގެ ސަބަބުން ދަތުރަށް ވަރަށް ބޮޑަށް ބުރޫއަރައިގެން އެކަން ރަނގަޅުކުރެވޭތޯ ވަރަށް މަސައްކަތްކުރިއަސް އެކަން ހައްލުނުކުރެވޭތީ ދަތުރު ކުރެވިދާނެ ކަމުގެ އުއްމީދު ކުޑަ ކަމަށެވެ. "ތަކުރާރުކޮށް މައާފަށް އެދުނަސް ތިބޭފުޅުންނަށް ގަބޫލުކުރައްވަން އުނދަގޫވާނެ ތި ބޭފުޅުންގެ ފައިސާ ދެވޭނެ އެހެނަސް ދަތުރު ނުކުރެވުމުން ލިބޭ މާޔޫސްކަން ބޮޑުވާނެ ކަން ގަބޫލުކުރަން. އޭޕްރީލް 15 އަށް ވުރެ ފަސްވެދާނެ ރުފިޔާ ހަވާލުކުރަން. މައާފާއެކު އެދެން ހިތާމައާ އެކު މިކަން ގަބޫލުކޮށް ދެއްވުމަށް. ހިތާ ދެކޮޅަށް ވެސް ގަބޫލުކުރައްވައިފި ނަމަ ފަސޭހަ ކަމާއެކު ރުފިޔާ ދެވޭނެ ވާހަކަ ދަންނަވަން. ވަރަށް މައާފާއެކު ގަބޫލުކޮށް ދެއްވުން އެދެން." އެ މެސެޖުގައިވެ އެވެ. ސިފްނީ ބުނީ ދަތުރުކުރެވެން ނެތް ކަމަށް އަސްކޮއި ގްރޫޕުން އެންގުމާ އެކު ރިފަންޑު ހަމަޖައްސައިދިނުމަށް ވެސް އެދިފައިވާ ކަމަށެވެ. އަދި ރިފަންޑު ދީފިނަމަ އެހެން ގްރޫޕެއްގެ ހަވާލުގައި ހަ މީހުންނަށް މި ރޯދަ މަހު އުމްރާއަށް ދެވެން އެބައޮތެވެ. އެކަމަކު، އަވަހަށް ފައިސާ ލިބޭނެ ގޮތެއް ނެތުމުން އެ އާއިލާއިން ވަނީ ޕޮލިހާއި އިސްލާމިކް މިނިސްޓްރީއަށް ވެސް މައްސަލަ ހުށަހަޅައިފަ އެވެ.
ފައިސާ ދެއްކިފަހުން އުމްރާއަށް ނުގެންދެވޭކަން އަންގައިފި
މިހާތަނަށް ޖޫރިމަނާ ދެއްކީ 3 ކުންފުނިން: މިނިސްޓްރީ
އުމްރާއަށް ދިޔަ 24 މީހަކު ރާއްޖެ ނާދެވިފައި
ހައްޖާއި އުމްރާ ކުންފުނިތަކަށް އެވޯޑް ދޭން ފަށަނީ
އަގު ހެޔޮ އުމްރާ ޕެކޭޖް ތައާރަފްކުރަން އެދިވަޑައިގެންފި
މަޝްއަރު ޓުއާސްގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅައިފި
މަޝްއަރު ޓުއާސްގެ މައްސަލަ ފުލުހަށް ރިޕޯޓްކުރަނީ
ހުޅުމާލެ 2 ގައި މިސްކިތެއް އަޅަން ބިން ހަވާލުކޮށްފި
މަދީނާގެ ހަރަމްފުޅުގެ އިމާމު ރާއްޖެ ވަޑައިގަންނަވަނީ
ޒަކާތު ފަންޑުން ސްކޮލަޝިޕަށް ހުޅުވާލަނީ