އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ދަރިކަލުން ހަންޓާ ބައިޑަންގެ މައްޗަށް ހިންގި ތަހުގީގަށް ފާޑު ވިދާޅުވަމުން ރައީސް އޭނާއަށް މާފު ދެއްވާފައިވަނީ އަދުލު އިންސާފުގެ ނިޒާމާ މެދު އާންމުންގެ އިތުބާރު ގެއްލޭ ގޮތަށް ކަމަށް އެ މައްސަލައިގެ ހާއްސަ ވަކީލް ތުހުމަތު ކުރައްވައިފަ އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ދަރިކަލުން ހަންޓާ ބައިޑަންގެ މައްޗަށް ހިންގި ތަހުގީގަށް ފާޑު ވިދާޅުވަމުން ރައީސް އޭނާއަށް މާފު ދެއްވާފައިވަނީ އަދުލު އިންސާފުގެ ނިޒާމާ މެދު އާންމުންގެ އިތުބާރު ގެއްލޭ ގޮތަށް ކަމަށް އެ މައްސަލައިގެ ހާއްސަ ވަކީލް ތުހުމަތު ކުރައްވައިފަ އެވެ.
ސްޕެޝަލް ކައުންސެލް ޑޭވިޑް ވައިސް ހުށަހެޅުއްވި މައްސަލަތަކުގައި ހަންޓާ ބައިޑަން، 54، ގެ މައްޗަށް ވަނީ ހުއްދަ ނެތި ބަޑި ގެންގުޅުމާއި ޓެކްސް އަށް މަކަރު ހެދުމުގެ ކުށް ސާބިތުވެފަ އެވެ. ނަމަވެސް އޭނާގެ ބައްޕަ، ރައީސް ބައިޑެން ވަނީ މިދިޔަ ޑިސެމްބަރު މަހު މި ކަންކަމަށް މާފު ދެއްވައިފަ އެވެ.
މި މައްސަލައާ ގުޅޭ ގޮތުން ވެއިސް ނެރުއްވި ފައިނަލް ރިޕޯޓުގައި ވިދާޅުވެފައިވަނީ މާފު ދެއްވިކަން އިއުލާނު ކުރެއްވުމުގައި ރައީސް ވަނީ ދަރިކަލުންގެ މައްޗަށް ދައުވާ އުފުލުމަކީ ވަކި މީހަކަށް ވީތީ އަދި ބޭއިންސާފުން ސިޔާސީ ބޭނުމުގައި ކުރި ދައުވާއެއް ކަމަށް ވިދާޅުވެފައި ކަމަށެވެ.
"މިއީ ހަގީގަތާ ހިލާފު އަދި ގޯސް ވާހަކަތަކެއް،" ވައިސް ވިދާޅުވި އެވެ. "އެހެން ރައީސުން ވެސް އާއިލާގެ މެންބަރުންނަށް މާފު ދެއްވާފައިވޭ. ނަމަވެސް އެކަން ކުރުމުގައި އެއްވެސް ބޭފުޅަކު ހަމައެކަނި ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ޑިޕާޓްމަންޓް އޮފް ޖަސްޓިސްގައި ތިއްބެވި ދައުލަތުގެ މުވައްޒަފުންގެ އަގު ވައްޓާލަން ލިބޭ ފުރުސަތެއްގެ ގޮތުގައި ބޭނުމެއް ނުކުރޭ."
ސްޕެޝަލް ކައުންސެލް ވިދާޅުވީ ހަންޓާ ބައިޑަންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ "ފުރިހަމަ، އިންސާފުވެރި ތަހުގީގެއްގެ ނިމުން ކަމަށާއި އެއީ ވަކި ފަރާތަކަށް ނުޖެހޭ އަދި ސިޔާސީ ކަމެއް ވެސް ނޫން ކަމަށެވެ.
ހަންޓާގެ މައްޗަށް މިދިޔަ އަހަރުގެ ޖޫން މަހު ވަނީ 2018 ވަނަ އަހަރު ބަޑިއެއް ގަތް އިރު، އޭނާ އަކީ ކޮކެއިން އަށް އެޑިކްޓުވެފައިވާ މީހެއް ނޫން ކަމަށް ބުނެ ދޮގު މައުލޫމާތު ދިނުމާއި އެ މައްސަލައާ ގުޅޭ އިތުރު ދެ ކުށެއް ވެސް ސާބިތުވެފަ އެވެ. މިއީ އެމެރިކާގެ ރައީސަކު މަގާމުގައި ހުންނަވަނިކޮށް ދަރިއެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ. މި މައްސަލައިގެ ތެރެއަށް ނުވަންނާނެ ކަމަށް ބައިޑެން ކުރިން ވިދާޅުވިޔަސް ފަހުން އެ ވާހަކަ ބަދަލުކުރެއްވި އެވެ.
"ހަމަ ވިސްނޭ ކޮންމެ މީހަކު ވެސް ގަބޫލުކުރާނެ ހަންޓާގެ އެ މައްސަލަ ބަލައި ކުށް ސާބިތުވީ އެއީ އެކަނި އަޅުގަނޑުގެ ދަރިފުޅަށް ވީތީކަން. އެއީ ރަނގަޅު ގޮތެއް ނޫން،" އިންސާފުން އެއްކިބާވެ ނިންމާފައިވާ ނިންމުމެއް ކަމަށް ސިފަކޮށް ބައިޑެން ނެެރުއްވި ބަޔާނުގައިވެ އެވެ.
"ޖަސްޓިސް ޑިޕާޓްމަންޓުގެ ނިންމުންތަކަށް ނުފޫޒު ނުފޯރުވާނެ ކަމަށް އަޅުގަނޑު ބުނިން، އަޅުގަނޑުގެ ދަރިފުޅަށް ސިލެކްޓިވްކޮށް، ބޭއިންސާފުން ދައުވާކުރާ ތަން ފެނުނު އިރު ވެސް އަޅުގަނޑު ގެ ބަހެއް ނުބުނެ ހުރީ،" ރައީސް ބައިޑެންގެ ބަޔާނުގައިވެ އެވެ.
"އޭނާގެ މައްސަލަތަކުގައި ދައުވާކުރަން ފެށީ ކޮންގްރެސްގައި ތިއްބެވި އަޅުގަނޑުގެ ސިޔާސީ ވާދަވެރިންގެ ތެރެއިން ގިނަ ބަޔަކު އަޅުގަނޑާ ދެކޮޅުވެ، އަޅުގަނޑުގެ އަލުން އިންތިހާބުކުރުމާ ދެކޮޅު ހެދުމަށް ހިތްވަރު ދިނުމުން،" އޭނާ ވިދާޅުވި އެވެ.
ބައިޑެން އެ ބަޔާނުގައި ވިދާޅުވެފައިވަނީ އަދުލު އިންސާފުގެ ނިޒާމު ގަބޫލުކުރައްވާ ކަމަށާއި އެކަމަކު އެކަމަކު އެ ކަމުގެ ތެރެއަށް ވަންނަން ޖެހުނީ "މައްސަލައިގެ ތެރެއަށް ސިޔާސީ ކަންކަން ވަދެ އެކަމުގެ އަސަރުކޮށް، އެކަމުގެ ސަބަބުން އަދުލު އިންސާފު ގެއްލިފައިވާތީ" ކަމަށެވެ.
ބައިޑެންއަށް އިންޓެލިޖެންސް މައުލޫމާތު ދިނުން މަނާކޮށްފި
މަހުޖަނުންގެ ނުފޫޒުން ގައުމު ސަލާމަތްކުރާތި: ބައިޑެން
އެމެރިކާގެ ކުރިއަށް ޗައިނާއަކަށް ނޭރޭނެ: ބައިޑެން
ބައިޑެންގެ ވެރިކަމުގެ ފަހު ވަގުތު ދަރިފުޅަށް މާފު ދީފި
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ
"އިންތިހާބުން ވަކިވީ ޒުވާން ޖީލަށް ފުރުސަތު ދޭން"
ބައިޑެން އިންތިހާބުގައި ވާދަ ނުކުރަން ނިންމަވައިފި
ރިޔާސީ ރޭހުން ވަކިވުމެއްނެތް، މަންޒަރު ސާފު: ބައިޑެން
ބައިޑެންއާ މެދު އޮބާމާ ވެސް ސުވާލު އުފައްދަވައިފި
ބައިޑެން އަށް ކޮވިޑް ޖެހި ކެމްޕެއިން މަޑުޖެހިއްޖެ