09 ޖެނުއަރީ 2025
މާލެއަށް މިދިޔަ ހަފްތާ ބަންދުގައި ކުރި ގަދަ ވިއްސާރާގައި ގެތަކަށް ވެފައިވާ ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށާއި މިއީ މިހާތަނަށް ވިއްސާރާގައި މާލެއަށް އެންމެ ގެއްލުން ބޮޑު ފަހަރު ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
މާލެއަށް މިދިޔަ ހަފްތާ ބަންދުގައި ކުރި ގަދަ ވިއްސާރާގައި ގެތަކަށް ވެފައިވާ ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށާއި މިއީ މިހާތަނަށް ވިއްސާރާގައި މާލެއަށް އެންމެ ގެއްލުން ބޮޑު ފަހަރު ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
މާލެއަށް ހުއްޓާނުލައި ވެހުނު ބޯ ވާރޭގައި މުޅި މާލޭގައި ފެންބޮޑުވެ، ހިފައިގެންގުޅޭ ސާމާނާއި އުޅަނދުތަކަށް ވެސް ވަރަށް ބޮޑަށް ގެއްލުންވި އެވެ.
ފެން ބޮޑުވުމާ ގުޅިގެން ލިބުނު ގެއްލުންތަކުގެ އެސެސްމަންޓް ހެދުމަށް ފަހު އެންޑީއެމްއޭ އިން ބުނީ މާލެއިން 145 ގެއަކަށް ގެއްލުންވި ކަމަށެވެ. އޭގެ ތެރެއިން 115 ގެއެއްގެ އެސެސްމަންޓް ވަނީ ހަދައިފަ އެވެ. އެކަމަކު 13 ގެއަކުން އެސެސްމަންޓް ހަދަން ބޭނުން ނުވާތީ އެ ގެތަކުގެ އެސެސްމަންޓެއް ނުހަދަ އެވެ.
ވެރިފަރާތަށް ނުގުޅިގެންނާއި ގެއަށް ނުވަދެވިގެން އަދި އިތުރު ސަބަބުތަކާ ހުރެ 17 ތަނެއްގެ އެސެސްމަންޓް ނުހެދެ އެވެ.
ފެންބޮޑުވުމުގެ ހާދިސާގައި ދެ މިލިއަނަށް ވުރެ ބޮޑު ގެއްލުމެއް ލިބުނުއިރު މީގެ ތެރޭގައި ވިޔަފާރިކުރާ ތަންތަނާއި ގުދަން ފަދަ ތަންތަނަށް ލިބުނު ގެއްލުން ނުހިމެނޭ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
"މިއީ މާލެއަށް ބޯކޮށް ވާރޭ ވެހިގެން މިހާތަނަށް ހިންގުނު އެންމެ ބޮޑު އޮޕަރޭޝަން އަދި އެންމެ ބޮޑު ގެއްލުމެއްވެ، އެންމެ ގިނައިން މީހުން ރައްކާތެރި ތަންތަނަށް ބަދަލުކުރަންޖެހުނު ފަހަރު،" އެންޑީއެމްއޭ އިން ބުންޏެވެ.
މާލޭގައި ފެންބޮޑުވެ، ފިހާރައަކަށް ފެން ވަދެގެން، ފެން ހިއްކުމަށް މަސައްކަތް ކުރަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު
އެންޑީއެމްއޭ އިން ބުނީ ފެންބޮޑުވުމުގެ އޮޕަރޭޝަނަށް 61،000ރ. ހަރަދުވި ކަމަށެވެ. ރިލީފްގެ ގޮތުގައި، ހާލުގައި ޖެހުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން ބުއިމަށް 200،000ރ. ގެ އެހީތެރިކަން ފޯރުކޮށްދިނެވެ.
- އުދަ އަރައިގެން ރ. އިނގުރައިދޫ އާއި ނ. ނަރުދޫން ރިޕޯޓްކުރި
- ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން ރިޕޯޓްކުރީ އަށް ރަށަކުން (ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ދ. މީދޫ، ފ. މަގޫދޫ، އދ. މާމިގިލި، ކ. ގުރައިދޫ، ފ. ފީއަލި، އަދި ކ. ހިންމަފުށި).
- އޭގެ ތެރެއިން ހަތަރު ރަށެއްގެ 73 ގެއަކަށް ގެއްލުންވެގެން އެސެސްމަންޓް ފޯމު ހުށަހެޅި. އެއީ ދ. މީދޫ އިން 43 ފޯމު، އދ. މާމިގިލިން 3 ފޯމު، ފ. މަގޫދޫ އިން 5 ފޯމު އަދި ފ. ނިލަންދޫ އިން 22 ފޯމު.
- ރަށްރަށުގެ މީހުން އުޅޭ ގެތަކަށް ލިބުނު ގެއްލުން އަށް ލައްކަ ރުފިޔާއަށް އަރާ. އޭގެ ތެރޭގައި ދަނޑުބިންތަކާއި ވިޔަފާރިތަކާއި ގުދަންތަކަށް ލިބުނު ގެއްލުން ނުހިމެނޭ.
މާާލެއަށް ބޯކޮށް ވާރޭވެހެ ފެންބޮޑުވިއިރު، ގެއަކަށް ވަތް ފެންތަކެއް ހިއްކަނީ --.ފޮޓޯ ނިޝާން އަލީ | މިހާރު
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖެނުއަރީ 3 ވަނަ ދުވަހުން ފެށިގެން 4 ވަނަ ދުވަހުގެ ނިޔަލަށް 24 ގަޑިއިރުގެ ތެރޭގައި 161.9 މިލިމީޓަރުގެ ވާރޭ ވެހުނުވެ. އެއީ 24 ގަޑިއިރުގެ ތެރޭގައި މާލެއަށް މިހާ ބޯކޮށް ވާރޭވެހުމުގެ ފުރަތަމަ ފަހަރެވެ. ތިން ވަނަ ދުވަހު މެންދުރު ފަހު 3:00 އިން ފެށިގެން 6:00 އާ ހަމައަށް ތިން ގަޑިއިރުގެ ތެރޭގައި 109.8 މިލިމީޓަރުގެ ވާރޭވެހުނެވެ. އެއީ އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިހާ ބޯކޮށް ވާރޭވެހުމުގެ ވެސް ރެކޯޑެކެވެ.
މާލެއިން ބޮޑަށް ގެއްލުންވި ގެތަކުން މީހުން ބަދަލުކުރަނީ
ގެއްލުންވި 57 ގެއެއްގެ ޑެމޭޖް އެސެސްމަންޓު ހަދައިފި
ވިއްސާރާގައި 13 ރަށެއްގެ 77 ގެއަކަށް ގެއްލުން
މާލޭގެ 11 ގެއަކުން 54 މީހަކު ވަގުތީ ތަންތަނަށް!
ވިއްސާރާގައި ވި ގެއްލުމަށް 1.4 މިލިއަނުގެ އެހީ
މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވާން އެދިއްޖެ
ވިއްސާރާގައި ގެއްލުން ލިބުނު ގޭގޭގެ ހާލަތު ބަލައިފި
މަގުތަކުން ފެން ހިންދަން އިތުރު ޕަމްޕުތަކެއް ގެންނަނީ
36 ގޭބީސީއެއްގެ 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
އެންމެ ބޮޑު ގެއްލުމެއް ނިލަންދު އާއި ހިންމަފުއްޓަށް