09 ޖެނުއަރީ 2025
އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް ސާބިތުވެފައިވާ ޖިނާއީ ކުށަށް އަދަބު ކަނޑައެޅުން މި ހަފްތާއަށް ތާވަލްކޮށްފައި ވާއިރު އެކަން ހުއްޓުވައިދޭން އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް ސާބިތުވެފައިވާ ޖިނާއީ ކުށަށް އަދަބު ކަނޑައެޅުން މި ހަފްތާއަށް ތާވަލްކޮށްފައި ވާއިރު އެކަން ހުއްޓުވައިދޭން އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ބަރަހަނާ ފިލްމު ކުޅޭ މީހަކާ އެކު ބޭއްވި ނަހަމަ ގުޅުން ސިއްރުކޮށްދޭން ޝަރުތުކޮށް، ކެމްޕެއިން ފައިސާއިން އެ މީހާއަށް ހަރަދުކޮށް އެކަން ފޮރުވަން ވިޔަފާރީގެ ހިސާބުތައް އޮޅުވާލި މައްސަލައިގައި މީގެ ކުރިން ވަނީ ކުށް ސާބިތުވާ ކަމަށް ޖޫރީން ނިންމައިފަ އެވެ.
ޓްރަމްޕުގެ ވަކީލުންގެ ހުށަހެޅުންތައް ބަލައިގަނެވެން ނެތް ކަމަށް ނިންމަވައި ހުކުމް ދަމަހައްޓާފައި ވާއިރު ކުށަށް އަަދަބު ކަނޑައަޅަން، އެ މައްސަލަ ބައްލަވާ ފަނޑިޔާރު ހުއާން މާޗަން މި މަހުގެ 10 ވަނަ ދުވަހަށް ތާވަލް ކުރައްވާފައި ވާއިރު އެއީ ޓްރަމްޕް އަލުން ވެރިކަމާ ހަވާލުވެ ވަޑައިގަތުމުގެ 10 ދުވަސް ކުރިއެވެ.
ޓްރަމްޕުގެ ވަކީލް ވިދާޅުވެފައިވާ ގޮތުގައި، ޓްރަމްޕަށް އަދަބު ކަނޑައަޅައިފި ނަމަ ރައީސް އޮފީހާއި ފެޑެރަލް ސަރުކާރު ހިންގުމަށް ބޮޑެތި ހުރަސްތައް ކުރިމަތިވެ ގެއްލުންތައް ވާނެ އެވެ. އެހެންވެ އަދަބު ކަނޑައެޅުން ފަސްކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
އުމުރުން 78 އަހަރުގެ ޓްރަމްޕަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވޭ ގޮތަށް ގާނޫނުތައް ހުރި ނަމަވެސް، ނޮވެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުގެ ކުރިން ވެސް ގާނޫނީ މާހިރުން ލަފާކުރައްވާފައި ވަނީ ޖަލު ހުކުމެއް ނާންނާނެ ކަމަށެވެ.
ފަނޑިޔާރު މިކަމުގައި ގޮތް ކަނޑައަޅުއްވައި އާންމުކުރެއްވި 18 ސަފުހާގެ ނިންމުމުގައި ވެސް ވިދާޅުވެފައި ވަނީ ކުށުގެ އަދަބަކަށް ޖަލަށް ލުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި އެހެންވެ ޓްރަމްޕް ކޯޓަށް ވަޑައިގެންނެވިޔަސް ނުވަތަ އޮންލައިންކޮށް ބައިވެރިވެ ވަޑައިގަތް ނަމަވެސް މައްސަލައެއް ނެތް ކަމަށެވެ.
"ޖަލު ހުކުމެއް ނުކުރަން ނިންމާ ސަބަބު ހާމަކުރުމަކީ މިދަނޑިވަޅުގައި ރަނގަޅު ގޮތް ކަމަށް ދެކެން،" ޖަލު ހުކުމެއް ޓްރަމްޕުގެ މައްޗަށް ތަންފީޒުކުރުމަކީ މިވަގުތު ކުރެވޭ ގޮތަށް އޮތް ކަމެއްގެ ގޮތުގައި ޕްރޮސެކިއުޓަރުން ވެސް ގަބޫލު ނުކުރައްވާކަން ފާހަގަކުރައްވަމުން ފަނޑިޔާރު ވިދާޅުވެފައިވެ އެވެ.
ކިތަންމެ ލުއިކޮށް އަދަބު އައި ނަމަވެސް ޓްރަމް ވާނީ ޖިނާއީ ކުށެެއް ސާބިތުވެ ހުރެ އެމެރިކާގެ ރައީސް ކަމަށް ވަޑައިގަންނަވާ ފުރަތަމަ ލީޑަރަށެވެ.
ޓްރަމްޕުގެ އިންޒާރެއް: ޕެނަމާ ކެނަލް އަތުލަންޖެހިދާނެ
ޑޮލަރަށް ބަރޯސާވުން ކުޑަކުރާތީ ޓްރަމްޕްގެ އިންޒާރެއް
ޓްރަމްޕަށް ކުރި ދައުވާއެއް އަނބުރާ ގެންދަނީ
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ
ޓްރަމްޕުގެ ދައުވާއާ މެދު ގޮތް ނިންމުން ފަސްކޮށްފި
ޓްރަމްޕަށް ސާބިތުވި ދައުވާ ބާތިލްކުރާނެތޯ ނިންމަނީ
ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މީހުންނަށް ދައުވާކޮށްފި
ޓްރަމްޕު އެނބުރި އައުމުން ޔޫރަޕުގައި ހާސްކަން
ޓްރަމްޕް ކާމިޔާބީ އިއުލާނުކުރައްވައިފި!
ފުރަތަމަ ލިބުނު ނަތީޖާތަކުން ޓްރަމްޕް ކުރީގައި